Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައްޔިތުންގެ މަޖިލިސް

އަބްދުއްރަހީމެވެ، އެއީ ރައްޔިތުންގެ މަޖިލީހެވެ

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރުމަށް ހޮވާ މެންބަރުންތަކެކެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ރައްޔިތުން ތަމްސީލުކުރަން އިންތިޚާބު ކުރާ މެންބަރުންތަކެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2024 | ބުދަ 13:26
20 ވަނަ ރައްޔިތުން މަޖިލީހުގެ ތެރެއިން

20 ވަނަ ރައްޔިތުން މަޖިލީހުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރުމަށް ހޮވާ މެންބަރުންތަކެކެވެ. ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، ރައްޔިތުން ތަމްސީލުކުރަން އިންތިޚާބު ކުރާ މެންބަރުންތަކެވެ. އެ މެންބަރުން މަޖިލީހަށް އިންތިޚާބު ވަނީ ވެސް ގިނަ ރައްޔިތުންތަކެއް ވޯޓުލައިގެންނެވެ. އެއީ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުންތަކެއް ނޫނެވެ. ނަމަވެސް މިސަރުކާރަށް މިކަން އޮޅޭހެން ހިވާ ކަހަލައެވެ.

މިމަހުގެ 6 ވީ އަންގާރަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ރައްޔިތުން ޕީއެންސީގެ މެންބަރުން ހޮވީ ރައީސް މުއިއްޒުގެ ވެރިކަން ހިމާޔަތް ކުރުމަށް ކަމަށެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވިއިރު، މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުން ވޯޓުލައިގެންކަން އެމަނިކުފާނު ހަނދުމަފުޅުނެތީ ކަމަށް ވެދާނެއެވެ.

ދިވެހިރާއްޖޭގެ ފެހި ގާނޫނު އަސާސީން އެއްބާރު އަނެއްބާރާއި ވަކިކޮށްފައި އޮންނަ މައިގަނޑު އެއްސަބަބަކީ އެއްބާރުން އަނެއް ބާރަށް ފާރަވެރިވުމަށެވެ. ކޮރަޕްޝަނަށާއި، އެހެނިހެން ނޭއްގާނީ ކަންކަމަށް ސަރުކާރުގެ ތެރެއިން ފުރުސަތު ނުދިނުމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ވެސް ސަރުކާރަށް ފާރަވެރިވާންޖެހެއެވެ. މަޖިލީހުގެ މެންބަރުން ގައުމުގެ ކަންކަން ކުރިއަށްދާ ގޮތާ މެދު ސުވާލުކޮށް، ސަރުކާރު ޒިންމާދާރު ކުރުވަން މަސައްކަތް ކުރަންޖެހެއެވެ. ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތް ކުރަންޖެހެއެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ހައްލަން ވަރަށް މަސައްކަތް ކުރާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ. ޕީއެންސީގެ މަޖިލީސް މެންބަރުންގެ މެދުގައި ހިތްހަމަ ނުޖެހުންތައް އިތުރުވަމުންދާ ކަމަށް އަޑު ފެތުރިފައިވަނިކޮށް، މަޖިލީހުގެ ރައީސް މިވަނީ މެންބަރުންގެ ގާބިލްކަމާ ނަޒާހަތްތެރިކަމާމެދު ވެސް ސުވާލު އުފައްދާފައެވެ. އެމަނިކުފާނުގެ ނަޒަރުގައި މިއީ ރައީސް މުއިއްޒު ދިފާއު ކުރެއްވުން ކަމަށް ވެދާނެއެވެ.

މަޖިލީހުގައި ތިއްބެވި ޕީއެންސީގެ 75 މެންބަރުން މަސައްކަތް ކުރައްވަން ވާނީ ރައީސް މުއިއްޒަށް އެހީތެރިވެދީ ރައްޔިތުންނަށް ތަރައްގީއާ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް މަގުފަހި ކުރަން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ނަމަވެސް މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.

ރައްޔިތުން މިއަދު ވެސް އެދެމުންދަނީ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށާއި ރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމަށެވެ. ރައްޔިތުންތަކެއް ނުކުމެ ކެންޑިޑޭޓުތަކަކަށް ވޯޓުލައިގެން މެންބަރުން އިންތިޚާބުކުރަނީ ފޮނި އުންމީދުތަކާއެކުއެވެ. ގައުމާ މުސްތަގުބަލުގެ ކުރިމަގަށެވެ. ސަރުކާރުން ގައުމާއި، ދައުލަތް ގަޑުބަޑުކުރާއިރު، ހިމޭނުން ތިބޭ މެންބަރުންތަކެއް މަޖިލީހުގައި ތިބޭކަށް އެއްވެސް ރައްޔިތެއް ބޭނުންމެއްނުވާނެއެވެ. އެއީ ރައްޔިތުން އެދޭ ރައްޔިތުންގެ މަޖިލީހެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު
07 އޯގަސްޓު 2017

ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟

07 އޯގަސްޓު 2017
ނިޔާވުމުން މޫނު ދެކިލަން ވެސް ނުދިޔަ، އެއީ އިންސާނުންތަ؟
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު