Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހަމާސް އަށް އައު ލީޑަރެއް

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާގެ މަގާމަށް ޔަހްޔާ ސިންވާރް އިސްކޮށްފި

ޔަހްޔާ ސިންވާރް މަަގާމަށް އިސްކުރީ ޖުލައި މަހުގެ 31 ވީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް އަވަހާރަކޮށްލުމާ ގުޅިގެން

ރާއްޖެ އެމްވީ | 6 އޯގަސްޓު 2024 | އަންގާރަ 18:39
ޔަހްޔާ ސިންވާރް

ޔަހްޔާ ސިންވާރް

ހުސްވި ހަފްތާގައި އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަވަނިކޮށް ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން ގާޒާ ގައި ހުންނަ އެ ޖަމާއަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ޕޮލިޓިކަލް ބިއުރޯގެ ލީޑަރުގެ ގެ މަގާމަށް ޔަހްޔާ ސިންވާރް އިސްކޮށްފައިވާ ކަމަށް އަންގާރަ ދުވަހު ހަމާސް އިން ބުނެފިއެވެ.

ޖުލައި މަހުގެ 31 ވީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހަނިއްޔާ އަވަހާރަކޮށްލީ، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގެން އުޅުވަނިކޮށްނެވެ.

ޔަހްޔާ ސިންވާރް އަކީ ހަމާސްގެ އަސްކަރީ ގޮފީގައިވެސް ޚިދުމަތް ކުރައްވާފައިވާ އަދި އިޒްރޭލުގެ ޖަލުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ފަރާތެކެވެ.

އިޒްރޭލުން ޔަހްޔާ ސިންވާރް ދޫކޮށްލީ 2011 ވަނަ އަހަރު ކުށްވެރިން ބަދަލު ކުރުމުގެ ތެރޭގައެވެ.

2017 ވަނަ އަހަރުން ފެށިގެން ގާޒާގައި ހުންނަ ހަމާސްގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި ޔަހްޔާ ސިންވާރް އަކީ އިޒްރޭލުގެ "މޯސްޓް ވޯންޓެޑް ލިސްޓް" ގެ އެންމެ ކުރީގައި ހިމެނޭ ފަރާތެވެ. އިޒްރޭލުން ދެކޭ ގޮތުގައި އޮކްޓޯބަރ 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ މާސްޓަރމައިންޑް އަކީ ސިންވާރް އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޮކްޓޯބަރ 7 ގެ ހަމަލާގެ ފަހުން އޭނާ އާންމު އެއްވެސް ތާކުން ފެނިފައެއް ނުވެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެފައިވަނީ ސިންވާރް އުޅުއްވަނީ ބިމު އަޑީގައި ހަދާފައިވާ ދިހަބުރީގެ އިމާރާތެއްގައެވެ.

2015 ވަނަ އަހަރު އެމެރިކާ އިން "އިންޓަރނޭޝަނަލް ޓެރަރިސްޓް" ލިސްޓް ގައި ސިންވާރް ހިމަނާފައިވެއެވެ.

އުމުރުން 61 އަހަރުގެ ސިންވާރު އުފަންވެވަޑައިގަތީ ގާޒާގެ ޚާން ޔޫނިސްގެ ރެފިއުޖީ ކޭމްޕެއްގައެވެ.

އޭނާ އަކީ ކުރިން އަލް-މަޖްދް ސެކިއުރިޓީ ގްރޫޕްގެ ވެރިޔާއެވެ. އެ ގްރޫޕްގެ މައިގަނޑު މަސައްކަތަކީ އިޒްރޭލަށް ވާގިވެރިވާ ފަލަސްތީން މީހުން ދެނެގަނެ އެމީހުން ނައްތާލުމެވެ.

ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ހައްޔަރު ކުރުމުގެ އަމުރު ހޯދުމަށް ހުށަހަޅަން ބޭނުންވާ ފަލަސްތީނުގެ އިސް އޮފިޝަލުންގެ ތެރޭގައި ސިންވާރް ހިމަނާފައިވާކަން ފާހަގަ ކުރެވެއެވެ.

އިޒްރޭލުން ގާޒާ ގައި ހިންގަމުންދާ ހަނގުރާމަ އަށް 8 މަސް ފުރި ފަލަސްތީނުން ޝަހީދު ކޮށްލި މީހުންގެ އަދަދު 40،000 އާ ގާތް ކޮށްފައި ވާއިރު އަދި ލައްކަ އަކާ ގާތް ކުރާ އަދަދަކަށް މީހުން ޒަޚަމްވެ، 2.3 މިލިއަން މީހުން ވަޒަނުން ބޭރުކޮށް ލުމުގެ އިތުރުން ހަމާސް ނައްތާލާނެ ކަމަށް ބުނެ އެ ޖަމާއަތުގެ އިސް އޮފިޝަލުންނަށް މަރުގެ ހަމަލާތައް ދެމުން ދިޔަ ނަމަވެސް ހަމާސް ގެ ހިތްވަރަށް ބަދަލެއް ނައިސް ގެންދަނީ އިޒްރޭލުގެ ސިފައިންނާ ކުރިމަތިލާ ހަރަކާތްތެރި ވަމުންނެވެ. އެ ހިތްވަރުގެ ފަހަތުގައި ހުންނެވި އެންމެ މުހިންމު އެއް ފަހުލަވާނަކީ ޔަހްޔާ ސިމްވާރް ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2018

ތަހްރީކީ ތާލިބާން ޕާކިސްތާނުގެ ވެރިޔާގެ ދަރި މަރާލައިިފި

08 މާރިޗު 2018
ތަހްރީކީ ތާލިބާން ޕާކިސްތާނުގެ ވެރިޔާގެ ދަރި މަރާލައިިފި
31 ޖެނުއަރީ 2018

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަކީ ޓެެރެރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި

31 ޖެނުއަރީ 2018
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަކީ ޓެެރެރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި
19 ޖެނުއަރީ 2018

މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމުން ފައުޒީ ވަކި ކުރައްވައިފި

19 ޖެނުއަރީ 2018
މިސްރުގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމުން ފައުޒީ ވަކި ކުރައްވައިފި
17 ޖެނުއަރީ 2018

މިނިސްޓަރ ފޯ ލޯންލިނެސް ގެ މަގާމަށް އިނގިރޭސި ވިލާތުގައި ވަޒީރަކު ހަމަޖައްސައިފި

17 ޖެނުއަރީ 2018
މިނިސްޓަރ ފޯ ލޯންލިނެސް ގެ މަގާމަށް އިނގިރޭސި ވިލާތުގައި ވަޒީރަކު ހަމަޖައްސައިފި
02 ނޮވެމްބަރު 2017

އިސްތިއުފާ ދެއްވި ކުވެއިތުގެ ބޮޑުވަޒީރު އަލުން އެ މަގާމަށް

02 ނޮވެމްބަރު 2017
އިސްތިއުފާ ދެއްވި ކުވެއިތުގެ ބޮޑުވަޒީރު އަލުން އެ މަގާމަށް
07 އޮކްޓޯބަރު 2017

ގެއްލިގެން ހޯދަމުންދާ ސްވިޑްންގެ ނޫސްވެރިޔާގެ ބޯ ފެނިއްޖެ

07 އޮކްޓޯބަރު 2017
ގެއްލިގެން ހޯދަމުންދާ ސްވިޑްންގެ ނޫސްވެރިޔާގެ ބޯ ފެނިއްޖެ
28 ޖުލައި 2017

ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި

28 ޖުލައި 2017
ޕާކިސްތާނުގެ ސްޕްރީމް ކޯޓުން ބޮޑު ވަޒީރު ޝަރީފު މަގާމަށް ޝަރުތު ހަމަނުވާކަމަށް ކަނޑައަޅައިފި
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
30 މާރިޗު 2017

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު