Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގައި ކާފިއު އިއުލާންކުރުން

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އިސްތިއުފާ އަށް ގޮވާ ކުރަމުންދާ މުޒާހަރާ އިތުރަށް ހޫނުވެ، 27 މީހުން މަރުވެ، ކާފިއު އިއުލާން ކޮށްފި

މުޒާހަރާ އިތުރަށް ހޫނު ވުމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ އާދިއްތަ ދުވަހުގެ 6:00ން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފައެވެ.

ރާއްޖެ އެމްވީ | 4 އޯގަސްޓު 2024 | އާދީއްތަ 12:55
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާއަށް ގޮވާލައި ކުރާ މުޒާހަރާގެ ތެރެއިން

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާއަށް ގޮވާލައި ކުރާ މުޒާހަރާގެ ތެރެއިން

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާގެ އިސްތިއުފާއަށް ގޮވާ ކުރަމުންދާ މުޒާހަރާ އިތުރަށް ހޫނުވެ ހިނގި ކުރިމަތިލުން ތަކުގައި 27 މީހުންނަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާދިއްތަ ދުވަހުގެ ހަމަ ނުޖެހުންތަކުގައި ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާ އެތައް ހާސް މީހުންނާ ދެކޮޅަށް އެ ގައުމުގެ ފުލުހުން ވަނީ ސްޓަން ގްރެނޭޑްސް އާއި ކަރުނަ ގޭސް ޖަހާފައެވެ.

މުޒާހަރާގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާ ގެ އިތުރުން އެކި ޑިސްޓްރިކްޓް ތަކުން މީހުން މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ފުލުހުން ބުނެފައިވެއެވެ.

މުޒާހަރާ އިތުރަށް ހޫނު ވުމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ އާދިއްތަ ދުވަހުގެ 6:00ން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފައެވެ. އަދި މިއީ މި މުޒާހަރާ ތަކާއި ގުޅިގެން ބަންގްލަދޭޝް ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، މިހާރުވެސް މުވާސަލާތީ ޚިދުމަތްތައް ވަނީ ސަރުކާރުން ކަނޑާލާފައެވެ.

ނުރައްކާ މިންވަރަކަށް ބަންގްލަދޭޝްގެ ހާލަތު ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، މުޒާހަރާގައި ލީޑަރުން ބުނަމުންދަނީ ބޮޑުވަޒީރު ޝޭޚް ހަސީނާ އިސްތިއުފާ ނުދެއްވަނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށެވެ.

ހޮނިހިރު ދުވަހު މުޒާހަރާގެ ލީޑަރުން ވަނީ މުޅި ގައުމު މަދަނީ ބަސްނޭހުމަކަށް ދިއުމަށް ވެސް ގޮވާލާފައެވެ. އެގޮތުން ވަޒީފާ އަށް ނުނިކުތުމަށާއި، ޓެކްސް ނުދެއްކުމަށާއި، ކަރަންޓާ ފެނުގެ ބިލް ނުދެއްކުމަށް މުޒާހަރާ ރާވާ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އާދިއްތަ ދުވަހުގެ ހަމަ ނުޖެހުންތަކުގައި މުޒާހަރާ ކުރާ މީހުން ވަނީ ބަންގްލަދޭޝްގެ މައި ޔުނިވަރސިޓީއެއް ކަމަށްވާ ބަންގަބަންދު ޝެއިޚް މުޖީބް މެޑިކަލް ޔުނިވަރސިޓީ އަށް ހަމަލާ ދީފައެވެ.

މަގުތަކުގައި އެތައް ވެހިކަލެއްގައި ރޯކޮށްލާފައިވާ މަންޒަރުތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ބަންގްލަދޭޝްގައި ވަޒީފާ ދިނުމުގައި ގެންގުޅޭ ކޯޓާ ނިޒާމުގައި ހިމެނޭ ބޭއިންސާފާ ދެކޮޅަށް ޔުނިވަރސިޓީ ދަރިވަރުން ފެށި މުޒާހަރާ ފުޅާވެ މިހާރު ސަރުކާރާ ދެކޮޅު ގައުމީ ހަރަކާތަކަށް މުޒާހަރާ ބަދަލުވެފައިވާ ކަމަށެވެ.

ހަސީނާ ވަނީ ހޮނިހިރު ދުވަހު މުޒާހަރާގެ ލީޑަރުންނަށް އެކަމަނާގެ ރަސްމީ ގަނޑުވަރަށް އައުމަށް ދައުވަތު ދެއްވާފައެވެ. މުޒާހަރާގެ ލީޑަރުންނަށް "ދޮރު ހުރީ ހުޅުވިފައި" ކަމަށް ހަސީނާ ވިދާޅުވިއެވެ. ހަސީނާ ވިދާޅުވިކަމަށް ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފައިވަނީ، ކަންބޮޑުވެގެން އުޅޭ ދަރިވަރުންނާ އެކު އިށީންނަވާ އެމީހުންގެ އަޑުއައްސަވަން ބޭނުންފުޅު ކަމަށެވެ. އޭގެ އިތުރުން ބޮޑުވަޒީރު ވަނީ މުޒާހަރާ ލީޑަރުންނާ މަޝްވަރާ ކުރުމަށް ތިން މެމްބަރުންގެ ކޮމިޓީ އެއް ވެސް އުފައްދަވާފައެވެ. މިއިން އެއްވެސް ހުށަހެޅުމެއް މުޒާހަރާގެ ލީޑަރުން ގަބޫލުކޮށްފައި ނުވާކަމަށް ބަންގްލަދޭޝްގެ މީޑިއާ އިން ބުނެފައިވެއެވެ.

މުޒާހަރާގެ ލީޑަރުން ވަނީ ބޮޑު ވަޒީރުގެ ދައުވަތައް ނޫނެކޭ ބުނެފައެވެ. އެމީހުން ބުނެފައިވަނީ ބޮޑު ވަޒީރަށް ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވަން ކަމަށާއި އަދި އިންސާފުގެ ކުރިމައްޗަށް ވަޑައިގަންނަވަން ކަމަށެވެ.

ބަންގްލަދޭޝްގެ ދަރިވަރުން މުޒާހަރަ އަށް ނުކުތީ އެ ގައުމުގައި އަމަލު ކުރަމުން ދިޔަ ވަޒީފާގެ ކޯޓާ ނިޒާމް އާ މެދު ހިތްހަމަ ނުޖެހިގެންނެވެ. ސަރުކާރު ވަޒީފާތަކުގެ ދެ ބައިކުޅަ އެއްބަޔަކީ ވަކި ބަޔަކަށް ޚާއްސަ ކޮށްފައި އޮންނަ އެއްޗަކަށް ވާތީ އެކަމާ އިހްތިޖާޖު ކުރަން ދަރިވަރުން ފެށުމުން ބަންގްލަދޭޝްގެ ސްޕްރީމް ކޯޓުން ވަނީ ކޯޓާ ސިސްޓަމަށް އިސްލާހް ތަކެއް ގެނެސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 170 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ބަންގްލަދޭޝްގައި 18 މިލިއަނަށް ވުރެ ގިނަ ޒުވާނުން ވަޒީފާއެއް ނެތިފައި އެބަތިއްބެވެ. ޔުނިވަރސިޓީތަކުން ކިޔަވާ ނިމޭ ދަރިވަރުންނަށް ވަޒީފާ އެއް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނޯންނަ ކަމަށް މުޒާހަރާ އަށް ނުކުތް ދަރިވަރުން ވަނީ ބުނެފައެވެ.

ހަމަ ނުޖެހުންތަކުގައި، 11،000ށް ވުރެ ގިނަ މީހުން ބަންގްލަދޭޝްގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. މުޒާހަރާތަކުގައި 200 ށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 32 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޯކާ ޓާރކް ވަނީ ފުލުހުން މުޒާހަރާ އަށް ހުރަސް އެޅުމުގެ ތެރޭގައި މަރުވި މީހުންނާއި، އަނިޔާވި މީހުންގެ ތަފްސީލް ހާމަ ކުރުމަށް ހަސީނާގެ ސަރުކާރަށް ގޮވާލާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީގެ ވެރިޔާ ޖޯސެފް ބޮރެލް ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ސަރުކާރުން ހާލާތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ މައްސަލަ ބައިނަލްއަގްވާމީ ފެންވަރުގައި ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
03 މާރިޗު 2017

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

03 މާރިޗު 2017
އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
28 ޖެނުއަރީ 2017

ފާރު ނުރޭނުމަށް ބަރލިންގެ މޭޔަރު ގޮވާލައްވައިފި

28 ޖެނުއަރީ 2017
ފާރު ނުރޭނުމަށް ބަރލިންގެ މޭޔަރު ގޮވާލައްވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު