Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލާމަރުކަޒީ ނިޒާމް

ބާރުވެރިކަން ލިބޭ ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމް ބަދަލުކޮށްގެން ނުވާނެ، މި ސަރުކާރަށް ވެސް ލާމަރުކަޒީ ނިޒާމް ހަޖަމް ނުވޭ - ޢަފޫރު

ނިޒާމަށް ބަދަލު ގެންނަނީ ސަރުކާރުގެ ކޮންޓްރޯލް އިތުރުކުރުމަށް ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 އޯގަސްޓު 2024 | ބުރާސްފަތި 13:18
މެމްބަރު އަބްދުލްޢަފޫރު މޫސާ

މެމްބަރު އަބްދުލްޢަފޫރު މޫސާ

ބާރުވެރިކަން ލިބޭ ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމް ބަދަލުކުރުން ބަލައިނުގަނެވޭ ކަމަށާއި، މި ސަރުކާރަށް ވެސް ލާމަރުކަޒީ ނިޒާމް ހަޖަމް ނުވާކަމަށް މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޢަފޫރު ވަނީ ސަރުކާރު ހިންގާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ދައުލަތުގެ ޚަރަދުތައް 50 މިލިއަން ރުފިޔާ އަށް އަރާފައިވާ އިރު އޭގެ ތެރެއިން 42 ބިލިއަން ރުފިޔާ އަކީ ރިކަރަންޓް ޚަރަދުކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ މިނިސްޓްރީތައް ހިންގަންކުރާ ޚަރަދުތަކުން ނަތީޖާ ހާސިލްކުރެވެނީ މަދު ތަނަކުން ކަމަށް ވެސް ޢަފޫރު ވިދާޅުވިއެވެ. ދައުލަތުގައި އެތައް މުވައްޒަފުންނެއް ތިބި އިރު ގިނަ މުއައްސަސާތަކުގައި މެނޭޖްމެންޓް އޮޑިޓެއްް ވެސް ހެދިފައި ނެތް ކަމަށާއި، ރަނގަޅަށް ވުޒާރާތައް ހިންގުމަށް ބޭނުންވަނީ ކިހާއަދަދެއްގެ މުވައްޒަފުންކަން ސާފުކޮށް އެނގެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވުޒާރާތަކުގެ ބަޖެޓް އިތުރުކުރަން ފޮނުވާ އިރު ރައްޔިތުންގެ ފައިސާ ހޭދަކުރާ ގޮތް ބެލެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. މާލިއްޔަތު ކޮމިޓީގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަން ވަރަށް ރަނގަޅަށް ފެނިވަޑައިގެންފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ބައިއިލެކްޝަންތައް މަދުކުރުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ޢަފޫރު ވިދާޅުވީ 183 ދުވަހުގެ ތެރޭގައި ބައި އިލެކްޝަންތައް ބޭއްވުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. ދައުލަތުގެ ޚަރަދު ކުޑަ ކުރަން ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަ ގެނައުމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ ވެރިންގެ މުށުގައި އޮންނަ ބާރު ދޫކޮށްލުމަކީ އަބަދުވެސް އުދަނގޫ ކަމެއް ކަމަށެވެ. ލާމަރުކަޒީ ނިޒާމު ގެނެސްގެން މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވި ނަމަވެސް އެ ނިޒާމް ހަޖަމްކުރެވޭ ސަރުކާރެއް ނާންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރާއްޖެ އަށް އަންނަނީ އެ ނިޒާމް ރަނގަޅަށް ޤަބޫލު ނުކުރާ ސަރުކާރުތައް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލްތައް މަދުކުރުމާއި ކައުންސިލްތަކުގެ މުވައްޒަފުން މަދުކުރުމަކީ ހައްލެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނިޒާމަށް ބަދަލު ގެންނަނީ ސަރުކާރުގެ ކޮންޓްރޯލް އިތުރުކުރުމަށް ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު