Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލާމަރުކަޒީ ނިޒާމް

މަނިކުފާނެވެ! ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އުޅުއްވިޔަސް، ނިޒާމަށް މަނިކުފާނު ބީރައްޓިއްސެވެ!

ލާމަރުކަޒީ ނިޒާމަށް ބަދަލުތަކެއް ގެންނަވާ ވާހަކަ ރައީސް ދަނީ ތަކުރާރުކުރައްވަމުންނެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 ޖުލައި 2024 | ހޮނިހިރު 14:19
ރައީސުލްޖުމްހޫރިއްޔާ މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ މުއިއްޒު

ޕީޕީއެމް، ޕީއެންސީ، މި ވެރިން ލާމަރުކަޒީ ނިޒާމާއި ބީރައްޓެހި ވާހަަކައަކީ އިއްޔެއަކު މިއަދަކު ދައްކާ ވާހަކައެއް ނޫނެވެ. އެއީ އަބަދުވެސް ދައްކާ ވާހަކައެކެވެ. ސަބަބެއް ވެސް ނެތި އެއް ނޫނެވެ. މިވެރިން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ކައުންސިލްތަކުން ދައްކަނީ މިވެރިން މި ނިޒާމަށް ނުފަރިތަ ވާހަކައެވެ. އަޑު ނާހާ ވާހަކައެވެ. ބޯހަރު ވާހަކައެވެ. ކަންކަން ނިންމުމުގައި ކައުންސިލްގެ ބަސް ނުހޯދާ ވާހަކައެވެ.

މި ވެރިކަމުގައި އެކަން ތަފާތުވާނެ ކަމަށް ބުނެ ދެއްކި ހުއްޖަތަކަށް ދެއްކި ވާހަކަ އަކީ އެ މަނިކުފާނުގެ ތަޖުރިބާއެވެ. ތެދެކެވެ. ސިޓީ ކައުންސިލްގެ މޭޔަރެއްގެ ގޮތުގައި އެ މަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަންދެން މަޤާމު ފުރިހަމަކުރެއްވިއެވެ. އެހެންވެގެން އެ ނިޒާމަށް ލީބި ޖެހެންޏާ އެކަން އޮންނަންވާނީ އެހެންނެވެ. އެކަމަކު ކަން އޮތީ އެހެންތޯ މިއީ ކޮށްލުން މުހިންމު ސުވާލެކެވެ. މި ނިޒާމުގެ ތެރޭގައި ރައީސް މަނިކުފާނު އުޅުއްވުމުގެ ރާހަތެއް ވާނީ އެ ކައުންސިލަރުންގެ އިހުސާސްތައް ދަންނަ ނަމަތާއެވެ. މާލެ ސިޓީގެ މޭޔަރކަމަށް މަނިކުފާނުގެ ބަދަލުގައި ހޮވިވަޑައިގަތް ބޭފުޅާ މަނިކުފާނާއި ބައްދަލުކުރައްވަން އެދިގެން 3 މަސް ދުވަސްވީއެވެ. އިޖާބައެއް ނުދެއްވައެވެ. މިއީ އިހަށް ދުވަހާއި ޖެހެންދެން ހުރި ކައުންސިލްގެ އާ މޭޔަރާއި މެދު މަނިކުފާނުގެ ޢަމަލުތައް ހުރި ގޮތެވެ. މިއީ ސީދާ ގޮތުން މަނިކުފާނާއި ގުޅިފައި އޮތް ކަމެކެވެ.

ދެން އޮތީ ނިންމާ ނިންމުންތަކުގެ ވާހަކައެވެ. އަތޮޅުތަކުގެ ބިމާއި، ކަނޑާއި ފަޅު ބޭނުންކުރުމުގައި ކައުންސިލާއި ރައްޔިތުން ނުރުހޭ ގޮތަށް ކަންކަން ކުރާތީ މުޒާހަރާކުރަނީ ކިތައް ރަށުގައި ތޯއެވެ؟ އަބަދުވެސް ބަލަނީ ރުހޭ ބަޔަކު ލައްވާ ކަންކަން ފަރުޖައްސާލެވޭތޯއެވެ. ގިނަ ބަޔަކު އެދޭ ގޮތަށް އިޚުތިރާމްކުރުމެއް ނެތެވެ. ބާރުތައް ދޫކޮށްލައްވަން ޖެހިލުން ވަނީއެވެ. ތިމަން މަނިކުފާނު ބޭނުންފުޅުވާ ގޮތް ނޫން ގޮތަކަށް ކަންކަން ދާ ނަމަ އެކަން ހަޖަމްކުރަން ވެސް އުނދަނގުލީއެވެ.

ދެން މިހާރު ދައްކަވާ ވާހަކައަކީ ކައުންސިލްތައް ކުޑަ ކުރާ ވާހަކައެވެ. އެއް ފަހަރު ދައްކަވާފައި ނިންމަވާލައްވަނީކީ ނޫނެވެ. މިހާރު ކޮންމެ ޕްލެޓްފޯމެއްގައި ތަކުރާރުކުރައްވަނީ އެއް ވާހަކައެކެވެ. ރައްޔިތުން ތަމްސީލްކުރަން ގިނަ މީހުން ކައުންސިލްގައި ތިބެން ނުޖެހޭ ވާހަކައެވެ. ކައުންސިލްގެ ސައިޒްކުޑަކުރަން ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމުގެ ވާހަކައެވެ. ގިނަ އަދަދެއްގެ ކައުންސިލަރުން ތިއްބެވުމުން ދައުލަތުގެ ބަޖެޓުން އެ ފަރާތްތަކަށް މުސާރަ ދިނުމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަަމަށް ވިދާޅުވެ ތަކުރާރުކޮށް އެ ޝަކުވާވެސް ކުރައްވަނީއެވެ. އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެއީ މަނިކުފާނުގެ ޚިޔާލެވެ. އެކަމަކު އެ ވާހަކަތައް އާއްމުންނަށް ތިލަކުރުމުގެ ކުރިން ކައުންސިލްތަކުގެ ރަސްމީ ބަހެއް ހޯއްދެވީމުތޯއެވެ. އެ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވީމުތޯއެވެ. ޖަވާބު އަޅުގަނޑަށް ވެސް މަނިކުފާނަށް ވެސް ސާފެވެ. މި ދަންނަވަނީކީ މަނިކުފާނު ރުހޭ ދެތިން ގާތް ކައުންސިލަރުންގެ ވާހަކައެއް ނޫނެވެ. ކައުންސިލްތައް ނުކަތާ މިންވަރަށް ބޮޑުވެފައިވާ ކަމަށާއި އެއީ ޚަރަދު ބޮޑު ނިޒާމެއް ކަމަށް ވިދާޅުވާ އިރު އެއްކޮޅުން ސިޔާސީފަތްކޮޅު ދެއްވާ މީހުން ގިނަ ކުރައްވާފައި ކައުންސިލަރުން ގިނަ ވާހަކަ ދެއްކީމައި މިއީ ދެން ބޮޑު ޖޯކެއް ނޫންތޯއެވެ. މީގެ އިތުރުން ރަށެއްގެ 300 މީހުން 500 މީހުންގެ ރަށެއްގައި 3 މީހުން 5 މީހުން ހޮވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވާ އިރު ސިވިލް ސަރވިސް މުވައްޒަފުންނާއި އެއްވަރަށް ސިޔާސީ ބޭފުޅުން ތިބި އިދާރާތައް ހުރުން މަނިކުފާނަށް ހަމައޯކޭއެވެ.

އެހެންވީމަ މިއީ އަދި ނިޒާމުގެ އެކަނި މައްސަލައަކަށް ވެގެން މަނިކުފާނު ދައްކަވާ ވާހަކައެއް ހެނެއް ހިއެއް ނުވެއެވެ. ނޫން ނަމަ ކައުންސިލްތަކުގެ ވާހަކަދައްކަވާނީ އެ ކައުންސިލްތަކުގެ ސީދާ ބަސް ބުނެވޭ ގޮތަށެވެ. އެކަން އެ ވެރިންނަށް ސަރޕްރައިޒްއަކަށް ނުވީހެވެ. ދެތިން އަހަރު މޭޔަރުކަން ކުރެއްވިއަަސް ލާމަރުކަޒީ ނިޒާމަށް ވުރެ ބޮޑަށް މަނިކުފާނުގެ އަދިވެސް ހުރީ މަރުކަޒީ ވިސްނުން ކަމަށް ވެދާނެއެވެ. ވެރިމީހާ ބުނާ ބަހަކީ ފަހު ބަސް ކަމަށް ދެކޭ ދެކުން އަދިވެސް ދޫކޮށްލަން އުނދަގުލީތޯއްޗެކެވެ. ބާރުތައް ދޫކޮށްލުމަކީ ވެސް ލާމަރުކަޒީ ނިޒާމުގެ އުކުޅެކެވެ. އެއީ ބާރުވެރިކަން ޖަމާކުރަން ބޭނުންވާ މީހުން ނިކަން ބިރު ގަންނާނެކަމެކެވެ.

ލާމަރުކަޒީ ނިޒާމުރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު

ބިލުގެ ސަބަބުން ކައުންސިލްގެ ދައުރު ހަތަރު އަހަރަށް ކުރު ވާނެ: ޒިޔާދު

06 އޯގަސްޓު 2025
ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

05 އޯގަސްޓު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު