Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަ ދާއިރާގެ ބައި-އިލެކްޝަން

ހަ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާފައިވަނީ 26.91 އިންސައްތަ މީހުން، ތަރުހީބު ކުޑަ: އީސީ

ވޯޓުލުން ކުރިއަށް ގެންދިޔައީ ހެނދުނު 8:00ން ހަވީރު 4:00ށް

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2024 | ހޮނިހިރު 13:48
ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ތެރެއިން ބިލެތްދޫ ސްކޫލްގެ ހޯލުގައި ގާއިމްކޮށްފައިވާ ވޯޓުލާމަރުކަޒުގައި ވޯޓުލުން ކުރިއަށްދަނީ

ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ތެރެއިން ބިލެތްދޫ ސްކޫލްގެ ހޯލުގައި ގާއިމްކޮށްފައިވާ ވޯޓުލާމަރުކަޒުގައި ވޯޓުލުން ކުރިއަށްދަނީ

ހަ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާފައިވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ 26.91 އިންސައްތަ މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ފެށިގެން ހަވީރު 4:00ށް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންތިޚާބު ބޭއްވި ދާއިރާތަކަކީ ހެންވޭރު ހުޅަނގު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، ހުޅުމާލެ ދާއިރާ، ކުޅުދުއްފުށި އުތުރު ދާއިރާ، ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި އަދި ބިލެތްދޫ ކައުންސިލްގެ ރައީސް އެވެ.

އީސީން ބުނީ ވޯޓުގެ ހުރިހާ ކަމެއް ވެސް ކުރިއަށްދިޔައީ ވަރަށް ފުރިހަމައަށް ކަމަށެވެ. ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށެވެ.

ވޯޓާސްގެ ޓާންއައުޓް ދަށްވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ކޮމިޝަނުން ފާޅުކޮށްފައިވެއެވެ.

އީސީން ބުނީ ހޮނިހިރު ދުވަހުގެ 4:00އާ ހަމައަށް ވޯޓުލާފައިވަނީ 3528 މީހުންނެވެ. އެއީ އަންހެން 1647 މީހުން، ފިރިހެން 1881 މީހުންނެވެ. މުޅި ޖުމްލަ ވޯޓުނުލާ މީހުންގެ އަދަދަކީ 9584 އެކެވެ. އެއީ 73.09 އިންސައްތައެވެ.

ވޯޓުލުމުގެ ހައްގު 13112 މީހުންނަށް ލިބިގެންވެއެވެ.

ހަ ދާއިރާއެއްގެ ބައި އިލެކްޝަން އީސީން ކުރިއަށް ގެންދިޔައިރު، ވޯޓުލާން އަންނަ މީހުންނަށް ފަސޭހައިން ވޯޓުލެވޭ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

އެސަރަހައްދުގައި އީސީގެ ގިނަ އޮފިޝަލުން ހަރަކާތްތެރިވެފައިވެއެވެ. އަދި ވޯޓުލުން ކުރިއަށް ދިޔަ ވަގުތު އެސަރަހައްދުތަކުގެ މަސްލަހަތު ބަލެހެއްޓުމަށް ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

އިލެކްޝަންސް ކޮމިޝަންވޯޓު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
18 އޮކްޓޯބަރު 2025

އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި

18 އޮކްޓޯބަރު 2025
އަންނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިހާބަށް ރައްތަކާއި ސިޓީތަކުގެ އާބާދީތަކުގެ މައުލޫމާތު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު