Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެންޔާގައި މުޒާހަރާ ކުރުން

ރައީސް ރޫޓޯގެ އިސްތިއުފާ އަށް ގޮވާ ކެންޔާގައި ވަރުގަދަ މުޒާހަރާތަކެއް

ކެންޔާގެ މަސްރަހު ގޯސްވީ ހުސްވި މަހު ސަރުކާރުގެ ދަރަނި ދައްކަން ކަމަށް ބުނެ ޓެކްސް ބޮޑު ކުރަން ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހެޅި ހިސާބުންނެވެ. ސަރުކާރުން މިހާރު ބުނަނީ އެ ބިލް ކެންސަލް ކޮށްލައިފި ކަމުގައެވެ. އެހެން ނަމަވެސް ރައްޔިތުން މިހާރު ބޭނުންވަނީ ރައީސް އިސްތިއުފާ ދެއްވުމަށެވެ.

ރާއްޖެ އެމްވީ | 16 ޖުލައި 2024 | އަންގާރަ 19:03
ޖުލައި 16 ވަނަ ދުވަހު ނައިރޯބީގައި ކުރި މުޒާހަރާގައި ހައްޔަރުކުރިި މުޒާހަރާގެ ބައިވެރިއަކު ކެންޔާގެ ޕޮލިސް ޓްރަކަކަށް އަރުވަނީ

ޖުލައި 16 ވަނަ ދުވަހު ނައިރޯބީގައި ކުރި މުޒާހަރާގައި ހައްޔަރުކުރިި މުޒާހަރާގެ ބައިވެރިއަކު ކެންޔާގެ ޕޮލިސް ޓްރަކަކަށް އަރުވަނީ

ކެންޔާގެ ރައީސް ވިލިއަމް ރޫޓޯ ގެ އިސްތިއުފާ އަށް ގޮވާ ކެންޔާގެ މަގުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.

ދައުލަތުގެ ދަރަނިތައް ފޫބެއްދުމަށް ކަމަށް ބުނެ ޓެކްސް ބޮޑު ކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލްގެ ސަބަބުން ޖޫން މަހުގެ މެދުތެރެއިން ފެށިގެން ކެންޔާގެ މަސްރަހު ވަނީ ގޯސްވެފައެވެ.

އަންގާރަ ދުވަހު އެތައް ސަތޭކަ ބަޔަކު ސަރުކާރާ ދެކޮޅަށް ވެރިރަށް ނައިރޯބީގެ މަގުތަކަށް ނުކުތް އިރު، ކެންޔާގެ އެހެން ބޮޑެތި ސިޓީ ތަކުގައިވެސް އާންމު ވަނީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާ ކުރާ މީހުން ރޫޅާލުމަށް ވެރިރަށް ނައިރޯބީގައި ފުލުހުން ގެންދިޔައީ މުޅި ދުވަހު ކަހަލަ ގޮތަކަށް ޕެޕަރ ސްޕްރޭ ޖަހަމުންނެވެ. އޭގެ އިތުރުން މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ފެން ބަޑި ޖެހިކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ނިޓެންގަލާގައި މުޒާހަރާ ކުރި މީހުން ވަނީ މަގުމަތީގައި ޓަޔަރު ރޯކޮށް ރޫޓޯގެ އިސްތިއުފާ އަށް ގޮވާފައެވެ. ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި މި ޓައުންގައި އޮތް މުޒާހަރާގައި އެކަކު ވަނީ މަރުވެފައެވެ.

ކެންޔާގެ އާންމު ރައްޔިތުން ކެންޔާ ސަރުކާރުގެ 2.7 ބިލިއަން ޑޮލަރުގެ ޓެކްސް ޕްލޭނަށް ރުޅި ގަދަ ވުމުން އެ ޕްލޭން ކުރިއަށް ނުގެންދަވަން ކެންޔާގެ ރައީސް ނިންމެވި ނަމަވެސް އަންގާރަ ދުވަހު މުޒާހަރާ އަށް ނުކުތް މީހުން ބޭނުންވަނީ އޭނާ އިސްތިއުފާ ދެއްވުމަށެވެ.

ކެންޔާގެ އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު ބޮޑުވެ ސަރުކާރުގެ ކަރަޕްޝަނާ މެދު ރައްޔިތުން ތިބީ ފޫހިވެފައި ކަމަށް މުޒާހަރާ ކުރާ މީހުން ވަނީ ބުނެފައެވެ.

ސަރުކާރާ މެދު ހިތްހަމަ ނުޖެހި އާންމުން މުޒާހަރާ ކުރަން ފެށީ ހުސްވި މަހުގައެވެ. ސުލްހަވެރިކަމާ އެކު ފެށިގެން އައި މުޒާހަރާތައް ފަހުން ހޫނުވެ، ކެންޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް އާންމު ވަދެ އިމާރާތުގައި ވަނީ ހުޅު ޖަހާ، މުޒާހަރާ ކޮންޓްރޯލް ކުރަން ފުލުހުން ވަނީ އާންމުންގެ ގަޔަށް ބަޑި ޖަހާފައެވެ.

ޖޫން މަހުގެ މުޒާހަރާތަކުގައި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 50 މީހުން މަރުވި ކަމަށް ކެންޔާގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެ އިތުރުން 59 މީހުން ގެއްލި 628 މީހުން ފުލުހުން ހައްޔަރު ކުރި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މުޒާހަރާތައް މައިތިރި ކުރެވޭތޯ ކެންޔާގެ ރައީސް ވަނީ ޓެކްސް ޕްލޭން ކެންސަލް ކުރެއްވުމުގެ އިތުރުން އޭނާގެ ކެބިނެޓް ގައި ހިމެނޭ ގިނަ ވަޒީރުންވެސް މަގާމުން ވަކި ކުރައްވާފައެވެ. އަދި ފުޅާ ދާއިރާ އެއްގައި ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކާ މެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް، ވާހަކަ ދެއްކުމަށް ކެންޔާގެ ރައީސް ދެއްވި ދައުވަތު ގަބޫލު ނުކުރާނެ ކަމަށް މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު