Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

ޑި މާރިއާ ޤައުމީ ކެރިއަރު ނިންމާލީ ބޭނުންވި ގޮތަށް!

16 ޖުލައި 2024 | އަންގާރަ 06:29

ތަށި އުފުލާލުމަށްފަހު ވާހަކަ ދައްކަމުން ޑި މާރިއާ ބުނީ މިފަދަ ގޮތަކަށް ޤައުމީ ޓީމުން ރިޓަޔާ ކުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނަކަށްވި ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2024 | އަންގާރަ 06:29
އާޖެންޓީނާ ޤައުމީ ޓީމަށް ކުޅުނު އެންހެލް ޑި މާރިއާ

އާޖެންޓީނާ ޤައުމީ ޓީމަށް ކުޅުނު އެންހެލް ޑި މާރިއާ

ޤައުމީ ކެރިއަރު ނިންމާލީ، ކުރިން ވެސް އުންމީދު ކޮށްފައިވާ ގޮތަށް ކަމަށް އާޖެންޓީނާގެ އެޓޭކިން މިޑްފީލްޑަރު އެންހެލް ޑި މާރިއާ ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ޑި މާރިއާ ނިންމާފައި އޮތީ މިއަހަރު އެމެރިކާގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) އަށް ފަހު އާޖެންޓީނާ ޤައުމީ ޓީމުން ރިޓަޔާ ކުރުމަށެވެ.

އެއާއެކު އާޖެންޓީނާ ޤައުމީ ޓީމާ އެކު ޑި މާރިއާ ކުޅޭނެ އެންމެ ފަހު މެޗަކަށްވެފައި އޮތީ، ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ޑި މާރިއާ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ޑި މާރިއާ ވަނީ ބަދަލުކޮށްފަ އެވެ.

ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އާޖެންޓީނާ އިން މުބާރާތުގެ ތަށި އުފުލާލުމަށްފަހު ވާހަކަ ދައްކަމުން ޑި މާރިއާ ބުނީ މިފަދަ ގޮތަކަށް ޤައުމީ ޓީމުން ރިޓަޔާ ކުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނަކަށްވި ކަމަށެވެ. އެކަން ޙާސިލު ކުރެވުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށް ވެސް ޑި މާރިއާ ބުންޏެވެ. ޑި މާރިއާ ފާހަގަ ކުރި ގޮތުގައި އާޖެންޓީނާ އަކީ އޭނާ އެންމެ ލޯބިވާ، އޭނާގެ ފަޚުރުވެރި ޤައުމެވެ. އަދި އާޖެންޓީނާގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ލިބުނު ސަޕޯޓާއި، ލޯތްބަށް ޝުކުރު އަދާ ކުރާ ކަމުގައި ވެސް ޑި މާރިއާ ބުންޏެވެ.

ޤައުމީ ޓީމުން ރިޓަޔާ ކުރަން ނިންމި ނަމަވެސް، ކުލަބު ފުޓުބޯޅަ އިން ޑި މާރިއާ ރިޓަޔާ ނުވާނެ އެވެ. މިހާރު އޭނާ ކުޅެމުން އަންނަ ބެންފީކާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު މި ހިނގާ ޖުލައި މަހުގެ ތެރޭގައި ހަމަ ވާނެ އެވެ. އެހެން ނަމަވެސް، އެ ކުލަބުގެ އެއްބަސްވުން އިތުރު އެއް އަހަރު ދުވަހަށް ޑި މާރިއާ އިތުރު ކުރާނެ އެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ކުޅޭނެ އެވެ.

ޑި މާރިއާ އަށް އާޖެންޓީނާ ޤައުމީ ޓީމުން ޖާގަ ލިބުނީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް 145 މެޗު ކުޅެދީ 31 ލަނޑު ޖަހައިފަ އެވެ. އާޖެންޓީނާގެ ސީނިއާ ޓީމާއެކު ޑި މާރިއާ ވަނީ ހަތަރު ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 2021 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ފައިނަލިސިމާ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އަދި މިއަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ

18 އޮކްޓޯބަރު 2017
މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ
15 އޮކްޓޯބަރު 2017

ކެރިއަރު ނިންމާލާނީ ޔުނައިޓެޑާއެކު އެއް ނޫން: މޮރީނިއޯ

15 އޮކްޓޯބަރު 2017
ކެރިއަރު ނިންމާލާނީ ޔުނައިޓެޑާއެކު އެއް ނޫން: މޮރީނިއޯ
29 ޖުލައި 2017

ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

29 ޖުލައި 2017
ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
27 ޖުލައި 2017

ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

27 ޖުލައި 2017
ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
25 މެއި 2017

މި ވަގުތު ބޭނުންވި ތިން ޕޮއިންޓް ލިބުމުގެ އިތުރުން ސްކޯރިން ރޭޓް ރަނގަޅުވީމަ ހިތްހަމަޖެހޭ:ނިޒާމްބެ

25 މެއި 2017
މި ވަގުތު ބޭނުންވި ތިން ޕޮއިންޓް ލިބުމުގެ އިތުރުން ސްކޯރިން ރޭޓް ރަނގަޅުވީމަ ހިތްހަމަޖެހޭ:ނިޒާމްބެ
13 އެޕްރީލު 2017

މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން

13 އެޕްރީލު 2017
މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް