Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޕަލީނިއާ ބަޔާނަށް ސޮއި ކޮށްފި

ބަޔާނާ އެކު ޕަލީނިއާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖުލައި 2024 | ހޮނިހިރު 06:36
ބަޔާނަށް ސޮއި ކުރުމަށްފަހު ޕަލީނިއާ

ބަޔާނަށް ސޮއި ކުރުމަށްފަހު ޕަލީނިއާ

ފުލަމް އަށް ކުޅެމުން އަައި ޕޯޗުގަލްގެ މިޑްފީލްޑަރު ޔާއޯ ޕަލީނިއާ، ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއި ކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ބަޔާނާ އެކު ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ބަޔާނާ އެކު ޕަލީނިއާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޕަލީނިއާ ހޯދުމަށް ބަޔާނުން ވަނީ ގާތް ގަނޑަކަށް 50 މިލިއަން ޔޫރޯ ފުލަމް އަށް ދީފަ އެވެ.

މީގެ ކުރިން ވެސް ޕަލީނިއާ ވަނީ ބަޔާނަށް ބަދަލުވުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް އެ ފަހަރު އެ މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ބަޔާނާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ޕަލީނިއާ ބުނީ، ބަޔާނަށް ސޮއި ކުރުން ވެގެން ދިޔައީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި އެކަމާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޕަލީނިއާ ބުނެފައި ވަނީ އޭނާ ބޭނުން ވަނީ ބަޔާންގެ ސަޕޯޓަރުން ބަލައި ގަންނަ ފަދަ ކުޅުންތެރިޔަކަށް ވާން ކަމަށާއި، ބޭނުން ވަނީ ބަޔާނާ އެކު ކާމިޔާބީތައް ހޯދަން ކަމަށް ވެސް އޭނާ ބުންޏެވެ. ޕަލީނިއާ ފާހަގަ ކޮށްފައިވާ ގޮތުގައި އެކަންކަން ޙާސިލު ކުރުމަށް އޭނާ ހުރިހާ މަސައްކަތެއް ކުރާނެ އެވެ. ބަޔާނަށް ސޮއި ކުރުން ވެގެން ދިޔައީ އޭނާގެ ޙަޔާތުގައި ވެސް ފުރިހަމަވި އެންމެ އުފާވެރި ކަންތައް ކަމުގައި އޭނާ ވަނީ ބުނެފަ އެވެ.

ފުލަމް އަށް ބަދަލުވެ ޕަލީނިއާ ވަނީ އެ ކުަލަބަށް ކުޅެދިން 79 މެޗުގައި އަށް ލަނޑު ޖަހައިފަ އެވެ. ޕަލީނިއާ އަންނަނީ 2021 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު