Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީނަށް ވެރިކަން ގެއްލުން

2018 ގައި ކެމްޕޭނަށް ލިބުނު 200 މިލިއަން ރުފިޔާ ހުރީ ރައީސް ޔާމީން އެކައުންޓުގައި - ފައިސަލް

ލާރި ނޫން އެހެން އެއްޗެއް ނޫންވީމަ ވެރިކަން ގެއްލި، މިއަދު ސިޔާސީ މައިދާނުން އެކަހެރިވެފައި އެއިނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖުލައި 2024 | ހުކުރު 07:35
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

2018 ގައި ކެމްޕޭނަށް ލިބުނު 200 މިލިއަން ރުފިޔާ ހުރީ ކުރީގެ ރައީސް ޔާމީންގެ އެކައުންޓުގައި ކަމަށާއި، ލާރި ނޫން އެއްޗެއް ނޫން ވީމާ ވެރިކަން ގެއްލިވަޑައިގެންނެވި ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ 2018 ވަނަ އަހަރު ވެރިކަން ގެއްލިގެން އުޅުނު ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ވިޔަފާރިވެރިއަކާއި ދިމާވި ކަމަށާއި، ސުވާލުކުރެއްވީ އިންތިހާބުން ބަލީވީ ކީއްވެގެންތޯއެވެ. އަދި އެވަރަށް ފައިސާ ދެއްވި ކަމަށާއި، 200 މިލިއަން ރުފިޔާ އިންތިހާބުގެ ކެމްޕޭނަށް ދެއްވި ކަމަށެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ ޖަމީލް އުޅުއްވަނީ މާމޮޅު ޑޮކްޓަރަކަށް ވެގެން ކަމަށް ދައުވާކޮށްގެން ކަމަށާއި، ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. ވަކީލެއް ކަމަށް ވިދާޅުވާއިރު ހަމައެކަނި ކާމިޔާބު ކުރެވުނީ އެޓަރނީ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު، ނުހައްގުން ބައެއްގެ ވިޔަފާރި ހަލާލުކޮށްލީ ޖަމީލްގެ އަނބިކަނބަލުންގެ އާއިލާއަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ އަތުންފައިން މަސައްކަތެއް ނުކޮށް، އެ ދުވަހުން ފެށިގެން މިއަދާ ހިސާބަށްވެސް އުޅެނީ އަބަދުވެސް އުފެދޭ ކޮންމެވެސް ސަރުކާރަކުން ސިޔާސީ މަގާމު ހޯދައިގެން ކަމަށެވެ.

ފައިސަލް ވަނީ ރައީސް މުއިއްޒުއަށް ލިބުނު ވޯޓުގެ އަދަދަށް ބަލާއިރު އެއީ ރެކޯޑްތަކެއް ކަމަށާއި، ރައީސް މުއިއްޒުއަށް ރައްޔިތުންގެ ތާއިދު އެބައޮތް ކަމަށެވެ. މަޖިލިސް އިންތިހާބަށް ނުކުންނެވީ ހުސް ގޮނޑިއެއް ހިއްޕަވައިގެން ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު