Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

މުޅި ގާޒާ އިން ފަލަސްތީން ރައްޔިތުން ނެރެ ހުސްކުރަނީ

މިސްރާއި އުރުދުންގެ ޚާރިޖީ ވަޒީރުން ވިދާޅުވީ މިއީ އިޒްރޭލުން ރަތް ރޮނގު ހުރަސް ކުރުން ކަމުގައި.

މިސްރާއި އުރުދުންގެ ޚާރިޖީ ވަޒީރުން ވިދާޅުވީ މިއީ އިޒްރޭލުން ރަތް ރޮނގު ހުރަސް ކުރުން ކަމުގައި

ރާއްޖެ އެމްވީ | 10 ޖުލައި 2024 | ބުދަ 20:19
ގަޒާގެ ރައްޔިތުން އެމީހުންގެ ގެދޮރާއި ވަޒަނުން ނުކުމެގެން ދާ މަންޒަރު

ގަޒާގެ ރައްޔިތުން އެމީހުންގެ ގެދޮރާއި ވަޒަނުން ނުކުމެގެން ދާ މަންޒަރު

ގަޒާގެ އެތައް ސަތޭކަ ހާސް ރައްޔިތުން އެމީހުންގެ ގެދޮރާއި ވަޒަނުން ނުކުމެގެން ދިއުމަށް ޔަހޫދީ ސިފައިން ބުދަ ދުވަހު އަމުރު ކޮށްފިއެވެ.

ހެލިކޮޕްޓަރުގައި ގާޒާގެ ތެރެއަށް ޔަހޫދީ ސިފައިން އަޅަމުން ދިޔަ ލީފްލެޓް ތަކުގައި ބުނެފައިވަނީ މިހާރުން މިހާރަށް އެންމެން އެ ސިޓީ ދޫކޮށް ދާރުލް ބަލާހް އާއި ޒަވައިދާ އާ ދިމާލަށް ދިއުމަށެވެ.

އދ ގެ ސެކިއުރިޓީ ކައުންސިލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލަށް އަމުރުކޮށް ފާސް ކޮށްފައިވާ ގަރާރާއި ބައިނަލް އަގްވާމީ މުޖްތަމައުން ހަނގުރާމަ ހުއްޓާލުމަށް ގޮވަމުންދާ ގޮވުމަށް އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތި އިޒްރޭލުން ގާޒާގެ ފަލަސްތީނު ރައްޔިތުންނާ މެދު ކަން ކުރަމުންދަނީ ހިތުހުރި ގޮތަކަށް އެމީހުން ތަބާވާންޖެހޭ އެއްވެސް ގާނޫނެއް ގަވާއިދެއް ނެތް ކަމުގައި ދެކިގެންނެވެ.

ޔަހޫދީ ދައުލަތުން ގާޒާގެ ރައްޔިތުންނަށް ދާރުލް ބަލާހް އާއި ޒަވައިދާ އަށް ދިއުމަށް އަމުރު ކުރަމުންދާއިރު އެ ސަރަހައްދު ތަކަށް ވެސް ޔަހޫދީ ސިފައިން ގެންދަނީ ހަމަލާ ދެމުންކަން ޚަބަރުތައް ބުނެއެވެ.

މި ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ޚާން ޔޫނިސްގެ ބަޔަކާއި، ޝުޖާޔާ ސަރަހައްދު ހުސްކުރަންވެސް ޔަހޫދީ ސިފައިން ވަނީ އަމުރެއް ނެރެފައެވެ. އެއާއެކު އެތައް ސަތޭކަ ހާސް ފަލަސްތީނު ރައްޔިތުން މަގުމަތިވެ ވަނީ ހާލުގައި ޖެހިފައެވެ.

ޔަހޫދީ ސިފައިން އެކި ސަރަހައްދުތައް ހުސްކުރަން ނެރެމުންދާ އަމުރު ތަކުގެ ސަބަބުން ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުންގެ އަދަދު 1.9 މިލިއަނަށް އަރާނެ ކަމަށް އދ އިން ވަނީ އަންދާޒާ ކޮށްފައެވެ.

ހުސްވި ހަފްތާގައި އދ އިން ބުނެފައިވަނީ އޮކްޓޯބަރު މަހު ހަނގުރާމަ ފެށި ފަހުން ގާޒާގައި ދިރިއުޅޭ އާބާދީގެ 90 އިން ސައްތަ މީހުން މަގުމަތިވެފައިވާ ކަމަށެވެ.

ގާޒާ އިން ފަލަސްތީން ރައްޔިތުން ހުސްކުރަން އިޒްރޭލުން ނެރުނު އަމުރާ ގުޅިގެން މިސްރާއި އުރުދުން އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފައެވެ. އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ އާއި މިސްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކުރީ އާ ދެބޭފުޅުން ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ގާޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ނެރެން އިޒްރޭލުން މަސައްކަތް ކުރުމަކީ ރަތް ރޮނގު ހުރަސް ކުރުން ކަމުގައެވެ. މި ކަމާ ދެކޮޅަށް މިސްރާއި އުރުދުން އިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު