Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަރަންސޭސި އާންމު އިންތިޚާބް

ފަރަންސޭސި އިންތިޚާބުގެ އަދަޔާ ޚިލާފް ނަތީޖާ އާ އެކު ބޮޑު ވަޒީރު އިސްތިއުފާ ދެއްވަނީ

ހޯމަ ދުވަހުގެ އާދަޔާ ޚިލާފް ނަތީޖާ އާ އެކު، އައު ބޮޑު ވަޒީރު ކަމަށް ބޭފުޅަކު ކަނޑައަޅާނީ އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ނިއު ޕޮޕިއުލަރ ފްރަންޓް ކޯލިޝަން ގައި ހިމެނޭ ޕާޓީތަކުންނެވެ.

ރާއްޖެ އެމްވީ | 8 ޖުލައި 2024 | ހޯމަ 08:47
ފަރަންސޭސި ވިލާތުގެ އާންމު އިންތިޚާބު 2024

ފަރަންސޭސި ވިލާތުގެ އާންމު އިންތިޚާބު 2024

ފަރަންސޭސި ވިލާތުގައި އާދިއްތަ ދުވަހު ބޭއްވުނު އާންމު އިންތިޚާބުގައި އެއްވެސް ޕާޓީ އަކަށް ގާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުމާއެކު އައު ސަރުކާރު އެކުލަވާލުމުގައި މަރުތަޅު އެޅިއްޖެއެވެ.

އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ބުނަމުން ދިޔަ، ވަތަނީ ފިކުރުގެ ނޭޝަނަލް ރެލީ ޕާޓީ ދިޔައީ ތިން ވަނަ އަށެވެ.

557 ގޮނޑީގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ފަރަންސޭސި ރައީސް އެމެނުއެލް މެކްރޮންގެ ޕާޓީ ހިމެނިގެން އެންމެ ފަހު ވަގުތު އެކުލަވާލެވުނު އިއްތިހާދު ދިޔައީ ދެވަނަ އަށެވެ.

މި ނަތީޖާ އާ އެކު ރައީސް މެކޮރޮންގެ އިއްތިހާދުގައި ހިމެނިވަޑައިގަންނަވާ މިހާރުގެ ބޮޑު ވަޒީރު ގެބްރިއެލް އަޓާލް ހޯމަ ދުވަހުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައެވެ.

ފްރާންސްގެ ރައީސް، ގާނޫނު ހަދާ މަޖިލީހާ ގުޅިގެން މަސައްކަތް ކުރައްވަން ޖެހުނު ކަމުގައި ވިޔަސް އާންމު އިންތިޚާބުގެ ނަތީޖާ ނުކުންން ގޮތަކުން ރައީސް ކަމުގެ މަގާމަށް ސީދާ ގޮތުން ކުރާނެ އަސަރެއް ނެތުމާއެކު މެކްރޮން އަށް މަގާމު ދޫކޮށްލައްވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. މެކްރޮންގެ ރިޔާސީ ދައުރު ގައި އަދި ބާކީ 3 އަހަރު އެބައޮތެވެ.

ހޯމަ ދުވަހުގެ ނަތީޖާ އާ އެކު، އައު ބޮޑު ވަޒީރު ކަމަށް ބޭފުޅަކު ކަނޑައަޅާނީ އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދި ނިއު ޕޮޕިއުލަރ ފްރަންޓް ކޯލިޝަން ގައި ހިމެނޭ ޕާޓީތަކުންނެވެ.

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2017

ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

24 ސެޕްޓެމްބަރު 2017
ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
01 ސެޕްޓެމްބަރު 2017

ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

01 ސެޕްޓެމްބަރު 2017
ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
29 ޖުލައި 2017

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ
25 ޖޫން 2017

ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް

25 ޖޫން 2017
ގަތަރަށް ކުރިމަތި ކުރި ޝަރުތުތައް ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފް: ތުރުކީގެ ރައީސް
13 ޖޫން 2017

ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ

13 ޖޫން 2017
ގަތަރާމެދު އަޅާފައިވާ ފިޔަވަޅަކީ އިސްލާމީ އުސޫލުތަކާވެސް ޚިލާފް ކަމެއް:ތުރުކީ
12 ޖޫން 2017

ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު

12 ޖޫން 2017
ގަލްފުގައި އަޅާފައިވާ ރެނދުގެ ނަތީޖާ ވަރަށް ގޯސްވެދާނެ: ކުވޭތުގެ އަމީރު
07 ޖޫން 2017

އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!

07 ޖޫން 2017
އިނގިރޭސިވިލާތުގެ އާއްމު އިންތިޚާބުގެ ވޯޓްލުން މާދަމާ!
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު