Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުޙައްމަދު އާރިފް (ބަކާ)

ބަކާގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް

ތައުޒިޔާގެ ދަފްތަރު ހުޅުވިފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖޫން 2024 | ހުކުރު 03:51
ބަކާގެ ތައުޒިޔާގެ ދަފްތަރުގައި ކުޅިވަރު ވަޒީރު ރާފިއު ސޮއި ކުރައްވަނީ

ބަކާގެ ތައުޒިޔާގެ ދަފްތަރުގައި ކުޅިވަރު ވަޒީރު ރާފިއު ސޮއި ކުރައްވަނީ

ދާދި ފަހުން ނިޔާވި ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑް، އަލްމަރުޙޫމް މުޙައްމަދު އާރިފް (ބަކާ)ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.

އުމުރުން 38 އަހަރުގެ ބަކާ ނިޔާވެފައި އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ. ބަކާ ނިޔާވެފައި ވަނީ ވަނީ ކުއްލި އަކަށް ހުންގަދަވެ އޭޑީކޭ ހޮސްޕިިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. ބަކާގެ ހަށިގަނޑު ވަޅުލާފައި ވަނީ ބުދަ ދުވަހުގެ ފަތިހު އެވެ. ބަކާގެ ޖަނާޒާގައި ކުޅިވަރު އާއިލާގެ ގިނަ ފަރާތްތަކާއި، އާންމުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ބަކާގެ ހަނދާނުގައި ބުރާސްފަތި ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ވަނީ ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފަ އެވެ. ތައުޒިޔާގެ އެ ދަފްތަރު ހުޅުވައި ދެއްވީ ކުޅިވަރާއި ހަށިހެޔޮަކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު އެވެ. އެ ދަފްތަރުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންގެ އިތުރުން، ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިންނާއި، ދިވެހި ފުޓުބޯޅައިގެ ޚިދުމަތްތެރިންގެ އިތުރުން، އެކި އެކި ކޯޗުން ވެސް ވަނީ ސޮއި ކޮށްފަ އެވެ.

ބަކާހެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބަކާގެ އާއިލާގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ހުޅުވިފައިވާ ބަކާގެ ތައުޒިޔާގެ ދަފްތަރުގައި ސޮއި ކުރުން، މިހާރު ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ބަކާ ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ އިތުރުން، ގިނަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ. ރާއްޖެ އިން 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބު ކުރި ޓީމުގައި ވެސް ބަކާ ހިމެނެ އެވެ. އެ މުބާރާތުގެ ތަށި ރާއްޖެ އަށް ހޯދައި ދިނުމުގައި ބަކާ ވަނީ މުހިންމު ދައުރެއް ވެސް އަދާ ކޮށްފަ އެވެ. ބަކާ އަކީ ރާއްޖޭގައި މިފަހުން އުފެދުނު އެންމެ މޮޅު އަދި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ.

ބަކާ ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އިތުރުން، ކުލަބު ވެލެންސިއާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު ވިކްޓަރީ، ކުލަބު އީގަލްސް، ކުލަބު ގްރީން ސްޓްރީޓްސް ފަދަ ކުލަބުތަކަށް ވެސް ކުޅެފަ އެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2025

ސާންތި ކޯޗުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ

26 މާރިޗު 2025
ސާންތި ކޯޗުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ
04 މާރިޗު 2025

ބަކާގެ ހަނދާނަށް ޚާއްސަކޮށްގެން ވެޓަރަންސް ލީގެއް ފަށައިފި

04 މާރިޗު 2025
ބަކާގެ ހަނދާނަށް ޚާއްސަކޮށްގެން ވެޓަރަންސް ލީގެއް ފަށައިފި
25 ޖޫން 2024

ރައީސް މުޢިއްޒު އާއި ނައިބު ރައީސް ޙުސެއިން ތައުޒިޔާ ބަކާގެ އާއިލާ އަށް

25 ޖޫން 2024
ރައީސް މުޢިއްޒު އާއި ނައިބު ރައީސް ޙުސެއިން ތައުޒިޔާ ބަކާގެ އާއިލާ އަށް
04 އޮކްޓޯބަރު 2022

އިންޑޮނޭޝިޔާ ސްޓޭޑިއަމް ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި، ޔުއެފާގެ މެޗުތައް ފެށުމުގެ ކުރިން ސުކޫތެއް

04 އޮކްޓޯބަރު 2022
އިންޑޮނޭޝިޔާ ސްޓޭޑިއަމް ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި، ޔުއެފާގެ މެޗުތައް ފެށުމުގެ ކުރިން ސުކޫތެއް
20 މާރިޗު 2018

ބުފޮން އިޓަލީއަށް ކުޅެނީ އަސްޓޯރީގެ ހަނދާނުގައި!

20 މާރިޗު 2018
ބުފޮން އިޓަލީއަށް ކުޅެނީ އަސްޓޯރީގެ ހަނދާނުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު