Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްހައްޖު 1438

ހައްޖު މޫސުމާ ގުޅިގެން 29000 މެޑިކަލް އޮފިސަރުން ހަރަކާތްތެރިވާނެ!

މިއަހަރު ހައްޖުވުމަށް ދެ މިލިއަން ހައްޖާޖީން ސައުދީއަށް ދަތުރުކުރާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 އޯގަސްޓު 2017 | ބުރާސްފަތި 06:29
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ހައްޖާޖީއަކަށް މަރުހަބާ ކިޔަނީ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔަ ހައްޖާޖީއަކަށް މަރުހަބާ ކިޔަނީ

މިއަހަރުގެ ހައްޖު މޫސުމާ ގުޅިގެން ސައުދީ އަރަބިއްޔާއަށް އަންނަ ހައްޖާޖީންގެ ހިދުމަތުގައި 29000 ސިއްހީ އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށް ސައުދީގެ ސިއްހީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެވުޒާރާއިން ހާމަކޮށްފާއިވާ ގޮތުގައި ހުރިހާ ހައްޖާޖީންނަށް މެނިންގައިޓިސްއާއި އިންފުލުއެންޒާ ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ. ކުރީއަހަރުތަކާވެސް އެއްގޮތަށް މިއަހަރުވެސް ހައްޖާޖީންނަށް އެންމެ ފުރިހަމަ ސިއްހީ އެހީތެރިކަން ދެވޭނެގޮތަކަށް ކަންކަން ރޭވިފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

ސައުދީއަށް ހައްޖަށްދާ ހުރިހާ ހައްޖާޖީންގެ ސިއްހީ ހާލަތު ޑަބްލިއު.އެޗް.އޯ އާއި އެޓްލާނަޓާ ބޭސްޑް ސެންޓާ ފޯ ޑިސީސް ކޮންޓްރޯލްގެ މިންގަޑުތަކާ އެއްގޮތަށް ހުރިތޯ މޮނީޓާ ކުރެވިގެންދާނެއެވެ.

ހައްޖުގެ އަޅުކަންތަށް ކުރިޔަށްދާ މައި ސިޓީތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރުގެ ހިދުމަތްދެމުން ގެންދާނެއެވެ. 5000 އެދުގެ ކެޕޭސިޓީއާއި އެއްކޮށް 25 ހޮސްޕިޓަލުން ހިދުމަތް ދެމުން ގެންދާނެއެވެ. މީގެއިތުރުންވެސް 100 އެމްބިއުލާންސް އަބަދުވެސް ހަރަކާތްތެރި ވަމުންދާނެއެވެ.

ސައުދީގެ ސިއްހީ ވުޒާރާއިން ވަނީ އެ ގައުމުގެ އެމްބަސީތައް މެދުވެރިކޮށް ހުރިހާ ހައްޖާޖީންނަށް ސިއްހީ ގައިޑްލައިންތަކެއް ފޯރުކޮށްދީފައެވެ.

ސައުދީގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ހައްޖުވުމަށް ދެ މިލިއަން ހައްޖާޖީން ސައުދީއަށް ދަތުރުކުރާނެއެވެ. ރާއްޖެއިން މިއަހަރު ހައްޖަށް ދިޔުމަށް ހަމަޖެހިފައިވަނީ 1000 ހައްޖާޖީންނެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އިންޑޮނީޝިއާ ހައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި މަދަހަ ކިޔާ ވީޑިއޯ އެއް ވައިރަލް ވެއްޖެ

23 އޯގަސްޓު 2017
އިންޑޮނީޝިއާ ހައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި މަދަހަ ކިޔާ ވީޑިއޯ އެއް ވައިރަލް ވެއްޖެ
21 އޯގަސްޓު 2017

މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 104 އަހަރު!

21 އޯގަސްޓު 2017
މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 104 އަހަރު!
18 އޯގަސްޓު 2017

ތާރީޚީ ގޮތުން ހައްޖު

18 އޯގަސްޓު 2017
ތާރީޚީ ގޮތުން ހައްޖު
15 އޯގަސްޓު 2017

ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 95،400 މީހުން އަތުލައިގަނެފި

15 އޯގަސްޓު 2017
ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 95،400 މީހުން އަތުލައިގަނެފި
14 އޯގަސްޓު 2017

ހައްޖު މޫސުމަށް މަދީނާއޮތީ ތައްޔާރަށް!

14 އޯގަސްޓު 2017
ހައްޖު މޫސުމަށް މަދީނާއޮތީ ތައްޔާރަށް!
12 އޯގަސްޓު 2017

ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން

12 އޯގަސްޓު 2017
ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން
11 އޯގަސްޓު 2017

ހައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ސައުދީ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފި

11 އޯގަސްޓު 2017
ހައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ސައުދީ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފި
11 އޯގަސްޓު 2017

ޖިއްދާގެ ހައްޖު ޓާމިނަލްއިން އެއްފަހަރާ 175000 މީހުންނަށް ޚިދުމަތްދެވޭނެ!

11 އޯގަސްޓު 2017
ޖިއްދާގެ ހައްޖު ޓާމިނަލްއިން އެއްފަހަރާ 175000 މީހުންނަށް ޚިދުމަތްދެވޭނެ!
10 އޯގަސްޓު 2017

މަސްޖިދުއް ނަބަވީގެ 100 ށް ވުރެ ގިނަ ދޮރުކޮޅު ހައްޖުވެރިންނަށް ހުޅުވާލައިފި

10 އޯގަސްޓު 2017
މަސްޖިދުއް ނަބަވީގެ 100 ށް ވުރެ ގިނަ ދޮރުކޮޅު ހައްޖުވެރިންނަށް ހުޅުވާލައިފި
09 އޯގަސްޓު 2017

އިންޑިއާގެ 391 ހައްޖުވެރިން ތިބި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

09 އޯގަސްޓު 2017
އިންޑިއާގެ 391 ހައްޖުވެރިން ތިބި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު