Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗު

ޕޯޗުގަލްގެ މައްޗަށް ކްރޮއޭޝިއާ އިންް ކުރި ހޯދައިފި

މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2024 | އާދީއްތަ 05:02
ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުގައި މޮޑްރިޗް ޕެނަލްޓީ ޖަހަނީ

ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުގައި މޮޑްރިޗް ޕެނަލްޓީ ޖަހަނީ

ބައިނަލްއަޤުވާމީ ރަހުމަތްތެރިކަމުގައި ޕޯޗުގަލާ ދެކޮޅަށް ކުޅުނު މެޗުން ކްރޮއޭޝިއާ މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ކްރޮއޭޝިއާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އެ ޓީމުން ލީޑު ނަގާފައި ވަނިކޮށް، ޕޯޗުގަލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ލަނޑެއް ޖަހައިގެން ކްރޮއޭޝިއާ އިން ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް ލީޑު ނަގައިދިނީ ކެޕްޓަން ލޫކާ މޮޑްރިޗް އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. ޕޯޗުގަލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑިއޯގޯ ޖޮޓާ އެވެ. އޭނާ އެ ލަނޑު ޖެހީ ނެލްސަން ސެމޭޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޕޯޗުގަލް އިން ނަތީޖާ ހަމަހަމަ ކުރިތާ އަށް މިނެޓުގެ ތެރޭގައި ކްރޮއޭޝިއާ އިން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް އެ ލަނޑު ޖަހައިދިނީ އަންޓޭ ބުޑިމިއޭ އެވެ.

އޭގެ ފަހުން ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕޯޗުގަލް އިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެ އެވެ. ނަމަވެސް ބެންޗުގައި ރޮނާލްޑޯ އިނެވެ. ޔޫރޯގެ ކުރިން ޕޯޗުގަލް އިން ރަޙުމަތްތެރިކަމުގެ އެއް މެޗު އަދި ކުޅޭނެ އެވެ. އަންގާރަ ދުވަހު އެ ޓީމު ނިކުންނާނީ އަޔަލެންޑާ ދެކޮޅަށެވެ.

ޔޫރޯ 2024 (ޖަރުމަނު)ކްރޮއޭޝިއާޕޯޗުގަލް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
15 ނޮވެމްބަރު 2025

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
13 އޮކްޓޯބަރު 2025

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް
20 ސެޕްޓެމްބަރު 2025

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު