Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މަސައްކަތް

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ޑަބަލްކޮށް ޤާނޫނަށް އިސްލާހުކުރަން ހުށަހެޅުމުގެ ނިޔަތަކީ ކޮބައިތޯ ސުވާލު އުފެދޭ - މީކާއިލް

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމިކަން އާދިއްތަ ދުވަހު ސަރުކާރުން ވަނީ އިޢުލާންކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 3 ޖޫން 2024 | ހޯމަ 10:56
މެމްބަރު، ޙުސައިން ރިޟާ އާދަމް

މެމްބަރު، ޙުސައިން ރިޟާ އާދަމް

އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ޑަބަލްކޮށް ޤާނޫނަށް އިސްލާހުކުރަން ހުށަހެޅުމުގެ ނިޔަތަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ނިންމިކަން އާދިއްތަ ދުވަހު ސަރުކާރުން ވަނީ އިޢުލާންކޮށްފައެވެ. ސަރުކާރުގެ މި ނިންމެވުން އިއުލާންކުރެއްވީ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާނެވެ. ސަރުކާރުން ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށް ބުނެފައިވާއިރު މީކާއިލް ވަނީ މީގެ ކުރިން އިމިގްރޭޝަން ޤާނޫނަށް އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިސްލާހު ހުށަހަޅުއްވާފައެވެ. އެކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ އެ ޤާނޫނަށް އޭނާ ހުށަހަޅާފައިވާ އިސްލާހަށް ބަދަލު ގެނައުމުގެ ބަދަލުގައި އަލުން ޤާނޫނަށް އިސްލާހު ހުށަހަޅަން ސަރުކާރުން ނިންމި ސަބަބާއި މެދު ސުވާލު އުފެދޭ ކަަމަށެވެ. އަދި ސަރުކާރުން ހޯމަ ދުވަހުގެ މަޖިލީހަށް އެ ބިލުގެ އިސްލާހު ހުށަހަޅާފައި ނުވަނީ ކީއްވެތޯ ވެސް މީކާއިލް ސުވާލު އުފެއްދެވިއެވެ. މީގެ އިތުރުން ޤާނޫނަށް އިސްލާހު ގެންނަން އުޅޭ ކަމަށް ބުނެ ސަރުކާރުން މަސައްކަތް ކުރަނީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާނުކޮށް ދިގުދަންމާލަން ކަމަށް ތުހުމުތަކު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ. މީކާއިލް ވިދާޅުވީ ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލުމަށް 19 ވަނަ މަޖިލީހުގައި ވެސް އެމްޑީޕީން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާކަން މީކާއިލް ފާހަގަކުރެއްވިއެވެ. މި މައްސަލަ އާއި މެދު އެއްވެސް ވަރަކަށް އެމްޑީޕީ އާއި މަޝްވަރާކޮށްފައި ނުވާކަން މީކާއިލް ވަނީ ފާހަގަކުރައްވާފައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ އެހެން މެމްބަރުން ވެސް ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ސަރުކާރުގެ ނިޔަތް ރަނގަޅުކަމާއި މެދު ސުވާލު އުފައްދަވާފައެވެ. ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމާފައިވާއިރު، އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ރައީސް އޮފީސް ކައިރީގައި އެއްވުމެއް ވަނީ ބާއްވާފައެވެ. ޕާސްޕޯޓު މަނާނުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނީ ނިމިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅުތަކެެއް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް މީކާއިލް ވިދާޅުވިއެވެ. ރާއްޖެއަށް އިޒްރޭލްގެ ރައްޔިތުން އެތެރެވުން މަނާކުރުމަކީ ވެސް އެ ބިލުގެ މަޤްސަދެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދިފައިނުވާތީ އެކަން ސާފުކުރުމަކީ ވެސް ބިލުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ހަމައެހެންމެ އިޒްރޭލް ޕާސްޕޯޓު މަނާކުރެވޭނެ ވަކި މުއްދަތެއްވެސް އެނގެން ނެތުމުން، ގާނޫނީ ފިޔަވަޅު އެޅުމަށް އަވަސްކުރުމަށްވެސް އެ އިސްލާހުގައި ގޮވާލާފައިވެއެވެެ.

އެ އިސްލާޙުގައި ބުނެފައި ވަނީ އިޒްރޭލްގެ ޕާސްޕޯޓު ހިމެނޭހެން އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ރާއްޖެ އެތެރެވުން މަނާ ކަމަށެވެ.

އިތުރަށް ކިޔާލަން

14 މެއި 2017

ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި

14 މެއި 2017
ފާރިސް މައުމޫނުގެ ޕާސްޕޯޓް ހިފަހައްޓައިފި
19 އެޕްރީލު 2017

ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ

19 އެޕްރީލު 2017
ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ
26 މާރިޗު 2017

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު