Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްރީޓްރޭޑް އެގްރީމެންޓްތައް އެކުލަވާލުން

ފްރީޓްރޭޑް އެގްރީމެންޓްއަށް އެދުނީ އިންޑިއާއިން ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރ އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެ

31 މެއި 2024 | ހުކުރު 10:39

ސަފްޓާގެ އިތުރުން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފްރީޓްރޭޑް އެއްބަސްވުމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އިންޑިއާއިން އެދޭ ކަަމަށް މިނިސްޓަރ ސައީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 މެއި 2024 | ހުކުރު 10:39
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފްރީޓްރޭޑް އެގްރީމެންޓެއް ޤާއިމްކުރުމަށް އެދުނީ އިންޑިއާއިން ކަމަށް ބުނެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިތުރުފުޅުހެއްދެވިކަން ހާމަވެއްޖެއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން އެދިފައި ވަނީ އިންޑިއާގެ ފަރާތުން ކަމަށާއި ސަފްޓާގެ އިތުރުން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ފްރީޓްރޭޑް އެއްބަސްވުމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އިންޑިއާއިން އެދޭ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އެފަދައިން ވިދާޅުވި ނަމަވެސް އެ އެގްރީމެންޓްގެ ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ. އަދި އެފަދަ އެއްބަސްވުމެއް އެކުލަވާލުމަށްޓަކާ ކުރަމުންދާ މަޝްވަރާތައް މިހާރު އޮތީ ކޮން މަރުހަލާއެއްގައިކަން ވެސް ހާމައެއް ނުކުރައްވައެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު އިންޑިއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދިރް ޖައިސްވާލް އާއި އެކަމާއި ގުޅޭގޮތުން ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އެފްޓީއޭ އަށް އިންޑިއާއިން އެދިފައިވާ ކަމަށް ބުނާ ރިޕޯޓްތައް ރާއްޖޭގެ މީޑިއާތަކުން ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް އިންޑިއާއިން އެފަކަމަކަށް އެދިފައި ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާގެ ވާހަކައިން ދޭހަވާ ގޮތުން މިހާތަނަށް އެފަދަ އެއްބަސްވުމެއް ހުށަހަޅާފައެއް ނެތެވެ. ރާއްޖެއިން މިހާތަނަށް ފްރީޓްރޭޑް އެއްބަސްވުމެއް އެކުލަވާލީ ޗައިނާ އާއި އެކު އެކަންޏެވެ. 20 ވަނަ މަޖިލީހުގެ މަސައްކަތްތައް ފެށުމާއި އެކު ޗައިނާ އާއި އެކުވެފައިވާ ފްރީޓްރޭޑް އެގްރިމެންޓް އެއްބަސްވުމަށް ޢަމަލުކުރަން ފާސްކުރަން ފޮނުވާނެކަން އިކޮނޮމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ގިނަ ފައިދާތަކެއއް ވާނެކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން 200 އަށް ވުރެ ގިނަ ސީފުޑްގެ ބާވަތްތައް ޓެރިފްއަކާއި ނުލާ ޗައިނާ އިން ރާއްޖެއަށް އެެތެރެކުރެވޭނެ ކަމަށާއި އެ ނޫން ގިނަ ފައިދާތައް ވެސް އެ އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ ކަަމަށް އެ މަނިކުފާނު ވިދާޅުވިއެވެ އެ އެއްބަސްވުމަށް ޢަމަލުކުރުމާއި މެދު ގޮތެއް ނިންމުމަށް 20 ވަނަ މަޖިލިސް ފެށުމާއި އެކު ފޮނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއަހަރުތެރޭގައި އެ އެއްބަސްވުމަށް އަމަލުކުރަން ފެށޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ތުރުކީ އާއި އެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓެއްގެ މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް