Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދުގެ ސަރުކާރު

މިސަރުކާރުން ގައުމު ލޫޓުވަނީ، ރަސްމީ ދަތުރުތަކުގެ ފައިދާއެއް ނުފެނޭ: މެންބަރު ފަލާހު

20 މެއި 2024 | ހޯމަ 09:35

ގައުމުގެ މުސްތަގުބަލު ކުރިއަށް އޮތްތަނުގައި ރަނގަޅުވާ މަންޒަރެއް ނުފެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2024 | ހޯމަ 09:35
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު

މިސަރުކާރުގެ ބޭފުޅުން ބޭރުގެ ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ފައިދާއެއް މިގައުމަށް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މެންބަރު ފަލާހު ވިދާޅުވީ ސަރުކާރުގެ ބޭފުޅުންގެ އިތުރުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވެސް ބޭރުގެ ގައުމުތަކަށް ރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެދަތުރުފުޅުތަކުގެ ފައިދާއެއް ރާއްޖެއިން ނުފެންނަ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވައި މެންބަރު ފަލާހު ވިދާޅުވީ އެދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަނޑޫ، ހަކުރު، ފުށް ސަރުކާރުގެ ފަރާތުން ހަދިޔާ ކުރާނެ ކަމަށް އިއުލާން ކުރެއްވި ކަމަށެވެ. އެއީ ތުރުކީއިން ހަދިޔާ ކުރި އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް، އެންމެފަހުން އެ ވެސް ހަދިޔާ ކުރީ އިންޑިއާއިން ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރުގެ ބޭފުޅުން ވަރަށް ބޮޑަށް އިންޑިއާއަށް ފާޑުވިދާޅުވި ނަމަވެސް އަބަދުވެސް އެންމެ ކައިރިން އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ.

މެންބަރު ފަލާހު ވިދާޅުވީ މިސަރުކާރުގައި ގައުމުގެ މުސްތަގުބަލު ކުރިއަށް އޮތްތަނުގައި ރަނގަޅުވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގެ ބޭފުޅުންގެ މުސްތަގުބަލު ރަނގަޅުވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިސަރުކާރުން މިގައުމު ލޫޓުވަމުންދާ ކަމަށް މެންބަރު ފަލާހު ތުހުމަތު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު

އިތުރަށް ކިޔާލަން

20 މެއި 2024

ޤައުމިއްޔަތުގެ ނަމުގައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ފިތުނަފަސާދަ އުފައްދަވަން: މެންބަރު ފަލާހު

20 މެއި 2024
ޤައުމިއްޔަތުގެ ނަމުގައި ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ފިތުނަފަސާދަ އުފައްދަވަން: މެންބަރު ފަލާހު
20 މެއި 2024

މިއީ ޕްލޭން ކުރެވިގެން ހިންގާ ސަރުކާރެއް ނޫން، މިއީ ލާޗާރުބިޗާރަށް ހިންގާ ސަރުކާރެއް: މެންބަރު ފަލާހު

20 މެއި 2024
މިއީ ޕްލޭން ކުރެވިގެން ހިންގާ ސަރުކާރެއް ނޫން، މިއީ ލާޗާރުބިޗާރަށް ހިންގާ ސަރުކާރެއް: މެންބަރު ފަލާހު
04 ޖެނުއަރީ 2024

ދަރަނިވެރިއަކަށް މާލޭގެ މޭޔަރުކަން ދޭކަށް އާއްމުން ބޭނުމެއް ނުވާނެ - ފަލާހު

04 ޖެނުއަރީ 2024
ދަރަނިވެރިއަކަށް މާލޭގެ މޭޔަރުކަން ދޭކަށް އާއްމުން ބޭނުމެއް ނުވާނެ - ފަލާހު
21 ޑިސެމްބަރު 2023

ރައީސް މުއިއްޒުއަކީ ދޮގާއި، މަކަރު ހައްދަވާ ބޭފުޅެއްކަން އެންމެންނަށް އެނގޭ - ފަލާހް

21 ޑިސެމްބަރު 2023
ރައީސް މުއިއްޒުއަކީ ދޮގާއި، މަކަރު ހައްދަވާ ބޭފުޅެއްކަން އެންމެންނަށް އެނގޭ - ފަލާހް
22 ފެބުރުއަރީ 2017

ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ވާދަވެރިން ޤަބޫލުކުރަން ބޭނުން ނުވަނީ މިސަރުކާރުން ގެންނަ ތަރައްޤީ: ރައީސް ޔާމީން
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
16 ފެބުރުއަރީ 2017

ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި

16 ފެބުރުއަރީ 2017
ރަސްމީ ދަތުރުފުޅެއްގައި ޖެނެރަލް ޝިޔާމް ޔޫއޭއީއަށް ވަޑައިގެންފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް