Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސުނިލް ޗެތްރީ

އިންޑިޔާގެ ކެޕްޓަން، ލީޑަރު އަދި ލެޖެންޑް ޗެތްރީ ކުޅުން ހުއްޓާލައިފި

އޭނާގެ ވަދާއީ މެޗަކަށްވާނީ އަންނަ މަހު 6 ވަނަ ދުވަހު ކުވޭތާއެކު ކުޅޭ މެޗު

ރާއްޖެ އެމްވީ | 16 މެއި 2024 | ބުރާސްފަތި 12:35
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ

އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ

އިންޑިޔާގެ ގައުމީ ފުޓްބޯޅަ ކެޕްޓަން ސުނިލް ޗެތްރީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ކާމިޔާބު 19 އަހަރަށް ފަހު 39 އަހަރުގެ ފޯވަޑް، އޭނާގެ ބޫޓު ބާލަން ނިންމައި، ސަޕޯޓަރުންނަށް އަލްވަދާއު ކިއުން އޮންނާނީ އަންނަ މަހު ވޯލްޑްކަޕް ކޮލިފައިންގައި ކުވޭތާއެކު އިންޑިޔާ މެޗަށް ފަހު އެވެ.

ކްރިކެޓަށް މޮޔަވާ އިންޑިޔާގެ މީހުންގެ މެދުގައި ޗެތްރީ އަކީ ކްރިކެޓް ލެޖެންޑުން ފަދަ ބަތަލެކެވެ. ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އޭނާ އަކީ އިންޑިޔާގައި ކްރިކެޓް ލެޖެންޑުން ފަދަ މަގުބޫލުކަމެއް ހޯދި ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ އަކީ އިންޑިޔާގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވަޑެވެ. 150 މެޗުން އޭނާ ވަނީ 94 ގޯލު ޖަހައިދީފަ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލަޔޮނަލް މެސީގެ ފަހަތުން ގައުމީ ޓީމަކަށް ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ކުޅުން ހުއްޓާލަން އިއުލާނުކުރުން 10 މިނެޓުގެ ވީޑިއޯއެއް މެދުވެރިކޮށް އިއުލާނު ކުރަމުން ޗެތްރީ ބުނީ ގައުމީ ޓީމު ތަމްސީލު ކުރުމަށްވުރެ ބޮޑު އުފަލެއް ކުޅުންތެރިއަކަށް ނުލިބޭނެ ކަމަށެވެ. ނަމަވެސް ކުޅެން ކިތަންމެ ބޭނުންވި ނަމަވެސް އުމުރު އެކަމަށް ތަންދޭންޖެހޭ ކަމަށެވެ.

ޗެތްރީ ކުޅުން ހުއްޓާލަން އިއުލާނު ކުރުމުން އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ދަނޑު ބޭރުގަ އާއި ދަނޑު މަތީގައި ވެސް އެނާގެ ހަނދާންތައް އަބަދުވެސް ދިރި ހުންނާނެ ކަމަށެވެ.

މިދިޔަ 18 އަހަރުގައި ޗެތްރީ ވަނީ އިންޑިޔާގެ ފުޓްބޯޅައިގެ ގިނަ މަގާމުތަކެއް ހޯދައިފަ އެވެ. މި ސަރަހައްދުގައި ވެސް އޭނާ ވަރުގެ ކުޅުންތެރިއެއް ނެތްކަން ހަމައެކަނި ސާފް ޗެމްޕިއަންޝިޕުން އެކަނި ވެސް އެނގެ އެވެ. މޮޅު ކުޅުންތެރިޔާގެ ހަތަރު ފަހަރު ހޯދައި ރަންބޫޓު ތިން ފަހަރު ހޯދި އެވެ. ހަ މުބާރާތުގައި ކުޅެ ހަތަރު ފަހަރު އިންޑިޔާ އަށް ޗެމްޕިއަންކަން ހޯދައިދިނެވެ. އިންޑިޔާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތް ފަހަރު ހޯދި އެވެ. އިންޑިޔާގެ ސުޕަ ލީގާއި އައި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަންބޫޓު ވެސް އެތައް ފަހަރަކު ހޯދި އެވެ. އިންޑިޔާގެ ކުޅިވަރު ޝަހުސިއްޔަތުންނަށް ދޭ ރަތްނާ އެވޯޑް ހާސިލްކުރި ފުޓްބޯޅަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ޗެތްރީ ކުޅުން ހުއްޓާލީ މައިގަނޑު ސަބަބަކީ ގައުމީ ޓީމުގެ ފުރަތަމަ 11އިން ޖާގަ ލިބުނު ނަމަވެސް އުމުރުން ދުވަސް އޭނާގެ ކުލަބު ބެންގަލޫރު އެފްސީގެ ފުރަތަމަ 11 އިން ޖާގަ ނުލިބެން ފެށުމުންނެވެ. ނަމަވެސް އޭނާ ވަނީ 211 މެޗުން 82 ގޯލު ޖަހައިދީފަ އެވެ. ބެންގަލޫރުގެ އިތުރުން އޭނާ ވަނީ މޯހަން ބަގާން އާއި އީސްޓް ބެންގާލް އަދި ޖޭސީޓީ، ޑެމްޕޯ، ޗާޗިލް ބްރަދާސް އާއި މުމްބާއީ ސިޓީ އަށް ވެސް ކުޅެދީފަ އެވެ. ކުލަބު ކެރިއަރުގައި 550 މެޗުން 253 ގޯލު ވަނީ ޖަހައިދީފަ އެވެ.

އޭނާ ބުނީ ކުވޭތާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ކަމަށެވެ.

ސުނިޗް ޗެތުރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެތުރީ ދުނިޔޭގެ ހަތަރަކަށް، އޭޝިޔާގެ ދެ ވަނަ

ޗެތުރީ ދުނިޔޭގެ ހަތަރަކަށް، އޭޝިޔާގެ ދެ ވަނަ

22 ޖޫން 2023
ކެޕްޓަން ޗެތުރީގެ ހެޓްރިކާއެކު ޗެމްޕިއަން އިންޑިއާ އަށް ވަރުގަަދަ ފެށުމެއް

ކެޕްޓަން ޗެތުރީގެ ހެޓްރިކާއެކު ޗެމްޕިއަން އިންޑިއާ އަށް ވަރުގަަދަ ފެށުމެއް

22 ޖޫން 2023
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

ބާރަ އަހަރަށް ފަހު ކެޕްޓަން ޖޯން ޓެރީ ޗެލްސީ ދޫކޮށްލަނީ

17 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު