Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބްރެޒިލްގެ ރިޔާސީ ގަނޑުވަރުން ތަކެތި މަދުވުން

ބްރެޒިލްގެ ރިޔާސީ ގަނޑުވަރުން މަދުވި ކަމަށް ބުނި ފަރުނީޗަރުތައް ފެނިއްޖެ

ކުރީގެ ފަރުނީޗަރުތައް ފެނުނީ ގަނޑުވަރުގެ ކޮންތަނެއްގަ ހުއްޓާތޯ ސަރުކާރުން ބުނެފައެއް ނުވެއެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 22 މާރިޗު 2024 | ހުކުރު 11:23
ބްރެޒިލް ގެ ކުރީގެ ރައީސް ޖައީރު ބޮލްސޮނާރޯ

ބްރެޒިލް ގެ ކުރީގެ ރައީސް ޖައީރު ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ ގަނޑުވަރުން ގެއްލިފައިވާކަމަށް ބުނި އެތައް ޑަޒަން ފަރުނީޗަރު އައިޓަމް ތައް ފެނިފައިވާ ކަމަށް ބްރެޒިލް ސަރުކާރުން ބުނެފިއެވެ. 261 ފަރުނީޗަރު އައިޓަމް މަދުކަމަށް ރިޕޯޓް ކޮށްފައިވަނީ މިހާރުގެ ރައީސް ލުއީސް އިނާސިއޯ ލޫލާ ޑަސިލްވާ 2023ގެ ޖަނަވަރީ މަހު އަލުން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހުއެވެ. އަދި ލޫލާ ޑަސިލްވާ ވަނީ އޭނާގެ ކުރިން ރައީސް ކަމުގައި ހުންނެވި ޖައީރު ބޮލްސޮނާރޯ އެތަކެތި ގެންދެވީކަމަށް ތުހުމަތު ކުރައްވާފައެވެ. އޭގެ ފަހުން ވަނީ ސަރުކާރު ފައިސާއިން 40 ހާސް ޑޮލަރު ހޭދަކުރައްވައިގެން ގަޑުވަރަށް އައު ލަގްޒަރީ ފަރުނީޗަރު ހޯއްދަވާފައެވެ.

ކުރީގެ ފަރުނީޗަރުތައް ފެނުނީ ގަނޑުވަރުގެ ކޮންތަނެއްގަ ހުއްޓާތޯ ސަރުކާރުން ބުނެފައެއް ނުވެއެވެ.

މިމައްސަލައިގައި ބޮލްސޮނާރޯވަނީ ދޮގުފެތުރުއްވީތީ ލޫލާ ޑަސިލްވާ ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޮލްސޮނާރޯގެ އަނބިކަނބަލުން މިޝޭލް ބޮލްސޮނާރޯ ވަނީ އެއީ ސަރުކާރުގެ ފައިސާއިން އަގުބޮޑު އައު ލަގްޒަރީ ފަރުނީޗަރު ހޯއްދެވުމަށް ލޫލާ ޑަސިލްވާ ޖެއްސެވި "ސްމޯކް ސްކްރީން" އެއް، ނުވަތަ ހެއްދެވި މަކަރެއް ކަމަށް ވިދާޅުވެފައެވެ.

އޮކްޓޯބަރު 2022 ގައި އޮތް ރިޔާސީ އިންތިޚާބްގައި ދެބޭފުޅުން ވާދަ ކުރައްވާފައިވަނީ ވަރަށް ގާތްގާތުންނެވެ. އަދި ލޫލާ ޑަސިލްވާ އަށް އިންތިޚާބް ކާމިޔާބް ވުމުން ބޮލްސޮނާރޯގެ ސަޕޯޓަރުން ހަމަނުޖެހުން އުފައްދާ ސަރުކާރުގެ އިދާރާތަކަށް ގެއްލުންދީ ހަދާފައި ވެއެވެ. އަދި މިއީ ބަޤާވާތެއް ގެންނަން ކުރެވުނު މަސައްކަތެއް ކަމަށް ލޫލާ ޑަސިލްވާ ވިދާޅުވެފައި ވެއެވެ.

އަނެއްކޮޅުން ބޮލްސޮނާރޯ ވަނީ މަގާމުން ވަކިވެ ވަޑައިގެންނެވިފަހުން އޭނާއަށް ވަރަށް ބޮޑަށް ސިޔާސީ ފިއްތުންތައް ކުރިމަތި ކުރަމުން ދާކަމަށް ވިދާޅުވެފައެވެ. އަދި 8 އަހަރުވަންދެން އޭނާއަށް އިންތިޚާބަށް ކުރިމަތި ނުލެއްވޭނެ ގޮތްވެސް ވަނީ ހަދާފައެވެ.  

ބްރެޒިލް

ކޮމެންޓް

އިތުރަށް ކިޔާލަން

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު