Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ޖަލްސާތައް

ޖަލްސާތައް ނުބޭއްވޭނަމަ ސަރުކާރުން ކަންކުރާނީ ބޭނުންގޮތަކަށް - ހަސަން ލަތީފް

މަޖިލީހަކީ ނެތް ތަނެއް ކަމަށް ބަލައިގެން ސަރުކާރުން މަސައްކަތް ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 12:04
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވޭނަމަ ސަރުކާރުން ކަންކުރާނީ ބޭނުންގޮތަކަށް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް ހަފްތާއަކު މަދުވެގެން 3 ދުވަހު މަޖިލީހުގެ އާންމު ޖަލްސާތައް ބޭއްވުމަށް ގޮވާލާ ހުށަހަޅާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވާން އޮންނަ މުއައްސަސާއަކީ، ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި މެންބަރުން އެއްކައިރިއަށް ޖެހިލައިފިއްޔާ، ސަރުކާރުން ކުރަމުންގެންދާ ކަންކަން ކުރަމުން ގެންދާނި މަޖިލިސް އެއީ ނެތްތަނެއް ކަމަށްބަލައިގެން ކަމަށެވެ. މެންބަރު ހަސަން ވިދާޅުވީ މަޖިލީހަކީ ނެތް ތަނެއް ކަމަށް ބަލައިގެން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، ދެން ފެނިގެންދާނީ ޖަވާބުދާރިވުން، އެ މަފްހޫމް ނެތް ގޮތެއްގައި ސަރުކާރެއް ހިންގާ މަންޒަރު ކަމަށެވެ.

މެންބަރު ވިދާޅުވީ އޭގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ. ސަރުކާރުން ފައިސާއާއި މުދާ ނަހަމަ ގޮތުގައި އެކި ތަންތަނުން އެކި މިންވަރަށް ބޭންކުރަމުން ގެންދާނެކަމަށާއި، އެއީ ދިވެހި ރައްޔިތުން އެދޭނެ ގޮތެއް ނޫން ކަމަށާއި، މަޖިލީހާ ހަވާލުކޮށްފައި ހުރި މަސައްކަތަށް ބަލާއިރު ވެސް އެއީ ދޫކޮށްލައިގެންވާނެ ކަމެއްނޫން ކަމަށެވެ.

މެންބަރު ހަސަން ވިދާޅުވީ މަޖިލީހުގައި މި ވަގުތުހުރި މަސައްކަތަށް ބަލާއިރު، އެތައް ބައިވަރު ބިލެއްގެ މަސައްކަތް ކޮމިޓީތަކުގައި އެބަހުރި ކަމަށެވެ. އަދި އެ މަސައްކަތް ވެސް ކުރަންޖެހޭ ކަމަށާއި، ކޮމިޓީތައް ވެސް ބާއްވަންޖެހޭ ކަމަށެވެ. މީގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ގޮތުން ކުރާ އެތައް ކަމެއްގެ ތެރޭގައި ވަޒީރުންނާއި ސުވާލުކުރުންވެސް ހިމެނޭ ކަމަށެވެ.

މެންބަރު ހަސަން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނަމަ ސަރުކާރުން އޭގެ ނާޖާއިޒް ފާއިދާ ނަގާނެ ކަމަށާއި، އެކަން ހުއްޓުވުން އެއީ ރައްޔިތުންގެ މަޖިލީހުގެ އަތްމަތީގައި އޮތްކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްދިވެހި ސަރުކާރުހަސަން ލަތީފް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު