Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލްތަކުގެ އިދާރީ މުވައްޒަފުން

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅު އަމީރު ދޮގޮކުރައްވައިފި

އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވެފައިވޭ

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު | 13 މާރިޗު 2024 | ބުދަ 04:06
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅު ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދޮގުކުރައްވައިފިއެވެ.

ކައުންސިލްތަކުގެ އިދާރީ މުސާރައާ ބެހޭގޮތުން ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އިދާރީ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ގެނައުމުގެ ވިސްނުންފުޅު އެމަނިކުފާނު ގެންގުޅުއްވާ ކަމަށެވެ. އަދި މަޖިލީހުގެ ކަމާ ގުޅުންހުރި ގާނޫނުގެ ތެރެއިން ކައުންސިލްތައް ގިންތިކޮށްފައިވަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރާއި މާލީ ވުޒާރާއިން މަސައްކަތް ކުރާކަމަށާއި ނަމަވެސް ކައުންސިލްތައް ގިންތިކޮށްފައި ހުންނަ ގޮތުން އެކަން ކުރުމަށް ދަތިވާކަަަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މިކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ އަންގާރަ ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވެފައިވަނީ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށާއި، ސިވިލް ސާވިސްގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށެވެ. އެގޮތުން ޕޭ ކޮމިޝަނުން މިހާރު ވާނީ ޕޭ މެޓްރިކްސް ހަދައި ފްރޭމްވޯކް ހަދާފައި ކަމަށާއި މިއީ ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއް ނޫން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، 2024 ގެ ބަޖެޓް ފާސްކޮށްފައިވާނީ ސިވިލް ސާވިސްގެ މުސާރަ ވެސް ބޮޑުކުރާގޮތަށް ކަމަށެވެ. އަދި މުއައްސަސާތައް ގިންތި ކޮށްފައިވާނީ، ޕޭ ކޮމިޝަނުން ކަމަށާއި އެއީ މަޤާމުގެ އެލަވަންސްތަކާއި ހާޒިރީ އިނާޔަތްތައް ކަނޑައެޅުމަށް އެކަނި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ޑރ. މުހައްމަދު މުއިއްޒުކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުކައުންސިލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު