Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރުން ހާޒިރުކުރުން

މެންބަރުން ހާޒިރު ކުރަނީ އޮންނަ އުސޫލުން، އަސްލު އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ގޮވާލަން: ކަރެކްޝަންސް

3 އޯގަސްޓު 2017 | ބުރާސްފަތި 12:25

މުއައްސަސާއާއިމެދު، ނުތަނަވަސްކަން އުފެދޭގޮތަށް މީޑިއާއިންނާއި، ޤާނޫނީ ވަކީލުން ޚަބަރު ނުފެތުރުމަށް  ގޮވާލަން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 3 އޯގަސްޓު 2017 | ބުރާސްފަތި 12:25
 ފާރިސް މައުމޫނު ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުން

ފާރިސް މައުމޫނު ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހާޒިރު ކުރަނީ އޮންނަ އުސޫލުން ކަމަށާއި، އަސްލުއޮޅި އެ މުއައްސަސާ އާއިމެދު، ނުތަނަވަސްކަން އުފެދޭގޮތަށް މީޑިއާއިންނާއި، ޤާނޫނީ ވަކީލުން ޚަބަރު ނުފެތުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ގޮވާލައިފިއެވެ.

ކަރެކްޝަންސް އިން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރުކުރުމުގައި ޢަމަލުކުރަމުން ގެންދަނީ، ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން ގެޒެޓް ކޮށްފައިވާ، ގަވައިދު ނަންބަރު 2016/R-36 (ބަންދުގައި ތިބޭ މީހުންގެ ތެރެއިން ޤާނޫނުއަސާސީ ލާޒިމްކުރާ އެކިއެކި މަޤާމުތަކުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެފަދަ މީހަކު ވަކިތަނަކަށް ވަކި ގަޑިއަކަށް ހާޒިރުކުރުމާބެހޭ ގަވާއިދު) ގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/12 (28 ނޮވެމްބަރ 2013) ޤަޟިއްޔާއިން، ޤާނޫނު ނަންބަރު 2013/5 (ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) އާއި 13 ވަނަ މާއްދާގެ (ނ) އާއި 16 ވަނަ މާއްދާ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފު ބާޠިލު މާއްދާތަކެއް ކަމަށް ކަނޑައަޅާފައި ވާތީ، އެސަރވިސްއިން އެ މާއްދާތަކަށް ޢަމަލުކުރަން ނުޖެހޭނެ ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ކަންކަމުގެ އަޞްލު އޮޅޭގޮތަށާއި މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އެ މުއައްސަސާ އާއިމެދު ނުތަނަވަސްކަން އުފެދިދާނެ ގޮތަކަށް މީޑިއާއިންނާއި ވަކިން ޚާއްސަކޮށް ޤާނޫނީ ވަކީލުން މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާކަމަށް ކަރެކްޝަންސްގެ ބަޔާނުގައިވެއެވެ.

އަދި އެފަދަ އެއްވެސް ކަމެއްގައި އެ ސަރވިސް އާއި ބެހޭގޮތުން ރަނގަޅު ނޫން ތަޞައްވުރެއްދެވޭ، އަދި ޙަޤީޤަތް އޮޅޭފަދަ ވާހަކަ ތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހާޒިރު ކުރުމުގައި އެ ސަރވިސް އިން ޢަމަލުކުރަމުންދާ އުސޫލަކީ ކޮބައިކަން ސާފުކުރުމަށް އެ ސަރވިސްގެ ބަހެއް ހޯދުމަށް އެއްވެސް ފަރާތަކުން ފަހުގެތާރިޚެއްގައި މަސައްކަތެއް ކޮށްފައި ނުވާކަމަށް ވެސް ވަނީ ބުނެފައެވެ.

ކަރެކްޝަނުން މިހެން ބުނެފައިވީ ނަމަވެސް ފާރިސް އަހުމަދު މަޚްލޫފްގެ މަޖިލީހަށް ހާޒިރު ނުކުރާ މައްސަލައިގައި، މީގެކުރިން ރާއްޖެއެމްވީން އެކި ފަހަރުމަތީން ގުޅަން މަސައްކަތް ކޮށްފައިވާނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި

10 ޖެނުއަރީ 2017
ޔުމްނާ މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް