Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބުޅާ ގިނަވުން

ބުޅާ "ގިނަވާ މައްސަލަ" އަށް އާޔާގެ ކެފޭއިން ޙައްލެއް!

4 މާރިޗު 2024 | ހޯމަ 06:13

އާޔާގެ އުންމީދަކީ އިންސާނުންގެ ހިތްތަކުގައި ޖަނަވާރުތަކަށް، ލޯބި ޖެއްސުން، ޖަނަވާރުންނަށްވެސް އޯގާތެރިވާން ހަނދާންކޮށްދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 މާރިޗު 2024 | ހޯމަ 06:13
ބުޅާ ދެކެ ބިރު ގަންނަ މީހުންނާއި، ބުޅަލާ މެދު ނޭދެވޭ ނަޒަރަކުން ބެލޭ މީހުންނަށްވެސް އާޔާގެ ކެފޭއިން ބަދަލުތަކެއް ގެނެސްދޭ

ބުޅާ ދެކެ ބިރު ގަންނަ މީހުންނާއި، ބުޅަލާ މެދު ނޭދެވޭ ނަޒަރަކުން ބެލޭ މީހުންނަށްވެސް އާޔާގެ ކެފޭއިން ބަދަލުތަކެއް ގެނެސްދޭ

ދައްކަން އޮތީ މާ ހިތަށް ފަސޭހަ ވާހަކައެއް ނޫނެވެ. ނަމަވެސް، ކަން އޮތް ގޮތަށް ވިޔަތީ ހިއްސާ ކުރަން މަޖުބޫރު ވީއެވެ. އަހަރެމެން އިންސާނުންނަކީ ފިސާރި ހުށިޔާރު ނުވެއްޖެނަމަ ދުނިޔޭގެ ދަޅަތަކަށް ފިސާރި ފަސޭހައިން ހެއްލޭ ބައެކެވެ. އެ ދުވަސްވަރެއްގައި އެންމެ ހިނގާ ކަމަށް މުޖުތަމަޢުން ކަނޑައަޅާ ކަމެއްގައި ހިފައެވެ. އެ މިޞްރާބަކުން ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތީހެވެ. މި ދެންނެވި ބީދައިން އަހަރެމެން ދިވެހިންގެ ތެރޭގައި ޢާންމު ވާން ފެށި އެއް ކަމަކީ ޅަ ބުޅާ ގެންގުޅުމުގެ އާދައެވެ.

މަންމަ ބުޅަލަށް އިންތިހާއަށް ބޭނުންވާހާ ޅަ ބުޅާތައް ގެއަށް ގެނެސް، އިންތިހާ "ލޯބިން" ގެންގުޅެއެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުން ޚާއްޞަ ޖާގައެއް ދެއެވެ. ނަމަވެސް އިސާހިތަކު އެ ބުޅާ ބޮޑުވެ، އިންސާނީ ލޯތްބަށް އާދަވާ ހިސާބުން ގެއިން ނެރެ، މަގުމަތި ކޮށްލައެވެ. ލޯ ހުޅުވާލީއްސުރެ ގެއެއްގެ ތެރޭގައި ގެންގުޅުނު ބުޅަލެއް، މަގުމައްޗަށް ދޫކޮށްލުމަށްފަހު އެޔަށް ވީ ކިހިނެއްތޯ ބަލައިލަނީވެސް މަދު ބައެކެވެ. އަނެއްކާވެސް އެހެން ދިމާއަކުން ޅަ ބުޅަލަކާ ދިމާއަށް ދުއްވައިގަނެއެވެ.

ކަން މިހެން އޮތް ނަމަވެސް، ބުޅާ ގެންގުޅުމަށް ލޯބިކުރާ މީހުން ނެތެކޭވެސް ނުދެންނެވޭނެއެވެ. އަމިއްލަ ޢާއިލާގެ މެންބަރުން ފަދައިން ބުޅާ ގެންގުޅޭ މީހުން މަދެއް ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިކަން ހިނގަނީ ދާދި މި ކަހަލަ ގޮތަކަށެވެ. ޢިރާޤުގެ އިރްބީލްއަށް ޖެހިލަމާ ހިނގާށެވެ. އިރްބީލްއިން ސަމާލުކަން ދަމައިގަތް އެއް ތަނަކަށް ވީ ބުޅަލުގެ ކެފޭއެކެވެ. އެ ކެފޭއަކީ ބުޅާތަކާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރަމުން، މީރު ރަހަތަކުގެ ކޮފީތަކަށް އިންސާފު ކުރުމުގެ ފުރުޞަތު، އިންސާނުންނަށް ހޯދައިދޭ ކެފޭއެކެވެ.

ކޮފީ ޝޮޕްގެ ވެރިޔަކީ އާޔާ އަލް-މަޙްމޫދުއެވެ. އާޔާ ބުނި ގޮތުގައި، އެ ކެފޭގައި ދިރިއުޅޭ ގިނަ ބުޅާތަކަކީ އޭނާ އެޑޮޕްޓް ކޮށްފައި ވާ ބުޅާތަކެކެވެ. އާޔާގެ އުންމީދަކީ އަހަރެމެން އިންސާނުންގެ ހިތްތަކުގައި ޖަނަވާރުތަކަށް، ވަކިން ޚާއްޞަކޮށް ބުޅަލަށް ލޯބި ޖެއްސުމެވެ. ޖަނަވާރުންނަށްވެސް އޯގާތެރިވާން ހަނދާންކޮށްދިނުމަކީ މަޤްޞަދެކެވެ.

ބުޅާ ދެކެ ބިރު ގަންނަ މީހުންނާއި، ބުޅަލާ މެދު ނޭދެވޭ ނަޒަރަކުން ބެލޭ މީހުންނަށްވެސް އާޔާގެ ކެފޭއިން ބަދަލުތަކެއް ގެނެސްދެއެވެ.

އާޔާގެ ކޮފީ ޝޮޕަށް އަންނަ ކަސްޓަމަރުންގެ ތެރޭގައި، ޢާއިލާގެ މެންބަރުން ޤަވައިދުން ގެންނަ މީހުން އުޅެއެވެ. އަމިއްލަ ގޭގައި ބުޅަލެއް ގެންގުޅުމަކީ ކިހާވަރެއްގެ ކަމެއްކަން ހެޔޮ ގޮތުގައި ދެނެގަތުމަށް މިކަމުގެ ސަބަބުން ފުރުޞަތު ލިބެއެވެ.

އަހަރެމެން ދިވެހިން އެ ދީނަކަށް ތަބާވާ އިސްލާމް ދީނުގައިވެސް ބުޅަލަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީފައި އޮންނަކަން، ބައެއް މީހުން ހަނދާން ނެތިކޮށްލައެވެ. އުއްމަތުގެ ނަބީއްޔާ، މުޙައްމަދު ރަސޫލު ﷲ ގެ ޙަދީޘްފުޅުތަކުންވެސް، އިސްލާމް ދީނުގައި ބުޅަލުގެ ޚާއްޞަ މަޤާމް އެނގެއެވެ. ބުޅަލަކީ ގޭތެރޭގެ  އެއްޗެހިތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށް އަނަސްގެފާނަށް ޙަދީޘް ކުރެއްވިއެވެ. އިސްލާމް ދީނުގައި ބުޅަލަކީ ސާފު ތާހިރު ޖަނަވާރެކެވެ. ޢިލްމީ ދިރާސާތައް ބުނާގޮތުގައި ބުޅަލަކީ އާދަކޮށް އޭތީގެ ގައި ސާފުކޮށްހަދާ ޙައިވާނެކެވެ.

މާލޭސިޓީގައި ބުޅާ ގިނަވުމުގެ މައްސަލަ އިންތިހާއަށް ބޮޑުވަމުން ދާ އިރު، ފަރުދީ ފެންވަރެއްގައި ޒިންމާ އުފުލަން ޖެހެއެވެ. އިޖުތިމާޢީ ފެންވަރުގައިވެސް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ބުޅާ ގެންގުޅެން ބޭނުންވެ، ނަމަވެސް އެކަށީގެންވާ ފުރުޞަތު ނެތް މީހުންނަށްވެސް، އާޔާގެ ކެފޭ ފަދަ ތަންތަނުގެ ފައިދާ، އަހަރެމެން ދިވެހިންނަށް ކުރާނެކަން ގައިމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

29 ޑިސެމްބަރު 2017

އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

29 ޑިސެމްބަރު 2017
އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ
30 ނޮވެމްބަރު 2017

ޕަދްމަވަތީގެ މައްސަލައިގައި ބަންސާލީ ޤާނޫނު ހަދާ މަޖިލީހަށް ހާޒިރުކޮށްފި

30 ނޮވެމްބަރު 2017
ޕަދްމަވަތީގެ މައްސަލައިގައި ބަންސާލީ ޤާނޫނު ހަދާ މަޖިލީހަށް ހާޒިރުކޮށްފި
30 ޖޫން 2017

އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!

30 ޖޫން 2017
އިންޑިއާގައި ޖިންނި މޮޔަވެގެން ކަމަށް ބުނެ ހޮސްޕިޓަލަށް ގެނައި އަންހެނަކަށް ޑރ. ދިން "ފަރުވާ" ގެ މައްސަލަ ހޫނުވެއްޖެ!
18 މެއި 2017

ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

18 މެއި 2017
ކަރަން ޖޯހަރަށް ބްލެކްމެއިލް ކުރި މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
12 މެއި 2017

ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ

12 މެއި 2017
ސައުދީ މީހަކު އަނބިމީހާ ރުއްސަން ކުރި ކަމަކުން މައްސަލަ ގޯސްވެއްޖެ
14 މާރިޗު 2017

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި

14 މާރިޗު 2017
ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ ކޯޓުން ބޭރު ކޮށްފި
10 މާރިޗު 2017

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް
02 މާރިޗު 2017

ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް

02 މާރިޗު 2017
ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް
28 ފެބުރުއަރީ 2017

އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި

28 ފެބުރުއަރީ 2017
އޯމް ޕޫރީގެ މައްސަލައިގައި ނަވާޒުއްދީން ސިއްދީގީ ހިތްހަަމަނުޖެހުން ފާޅުކޮށްފި
25 ފެބުރުއަރީ 2017

ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި

25 ފެބުރުއަރީ 2017
ސްކްރިޕްޓްގެ މައްސަލަގައި ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ޒަރީރަށް ރަވީ ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް