Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ޞަލާޙު އަށް ފުރައްސާރަކޮށް، ދިމާ ކުރި ސަޕޯޓަރަކު ސަސްޕެންޑުކޮށްފި

އޭނާ ސަސްޕެންޑު ކުރުމުގެ އަމުރާއެކު، އެ މުއްދަތުގެ ތެރޭގައި އިނގިރޭސިވިލާތުގެ އެއްވެސް ފުޓްބޯޅަ މެޗެއް ބެލުމަށް އޭނާ އަށް ދަނޑަށް ނުވަދެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ފެބުރުއަރީ 2024 | ބުރާސްފަތި 04:26
އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު، ޞަލާޙު އުފާ ފާޅު ކުރަނީ

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު، ޞަލާޙު އުފާ ފާޅު ކުރަނީ

ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވާޑް މުޙައްމަދު ޞަލާޙު އަށް ފުރައްސާރަކޮށް، ދިމާކޮށްލި ސަޕޯޓަރަކު ސަސްޕެންޑުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި، ޖޯލް ބާވައިޒް ނަމަކަށް ކިޔާ ސަޕޯޓަރަކު ވަނީ ޞަލާޙުއާ ދިމާކޮށްލައިފަ އެވެ. ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު އެ މެޗުގައި ޞަލާޙު ދެ ލަނޑު ޖެހިއިރު، އޭނާގެ ނަން ގޮވި ވަގުތުގައި ބާވައިޒް ވަނީ ޞަލާޙުއާ ދިމާކޮށް، އަޑުގަދަ ކޮށްފަ އެވެ.

އެވަޓަންގެ ސަޕޯޓަރު ބާވައިޒް ވަނީ 1985 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ފައިނަލުގެ ކުރިން، 39 ސަޕޯޓަރުން މަރުވި ހާދިސާއާ ބެހޭ ގޮތުން ވެސް ސަޕޯޓަރުންނާ ފުރައްސާރަ ކޮށްފައި ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ސެފްޓަން މެޖިސްްޓްރޭޓް ކޯޓުން ވަނީ ބާވައިޒް އަށް ތިން އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 500 ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) އިން ބުނީ އޭނާގެ ފަރާތުން ފެނުނީ މެޗުގައި ނަސްލީ ގޮތުން ފުރައްސާރަކޮށް، އެހެނިހެން އިޝާރާތްތައް ކުރި މަންޒަރު ކަމަށެވެ. މާސީސައިޑްގެ ފުލުހުން ވަނީ އޭނާ ދެނެގަތުމުން ސީސީޓީވީގެ ކެމެރާ ފުޓޭޖް ބެލުމަށްފަހު ހައްޔަރުކޮށްފަ އެވެ.

އޭނާ ސަސްޕެންޑު ކުރުމުގެ އަމުރާއެކު، އެ މުއްދަތުގެ ތެރޭގައި އިނގިރޭސިވިލާތުގެ އެއްވެސް ފުޓްބޯޅަ މެޗެއް ބެލުމަށް އޭނާ އަށް ދަނޑަށް ނުވަދެވޭނެ އެވެ. މީގެ އިތުރުން ވެސް އޭނާއާ ދެކޮޅަށް ވަނީ އެހެނިހެން ފިޔަވަޅުތައް އަޅައިފަ އެވެ.

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

ބޮޑު ތަފާތަކުން ގްރީން ބަލިކޮށް، ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް

06 ނޮވެމްބަރު 2017
ބޮޑު ތަފާތަކުން ގްރީން ބަލިކޮށް، ތިނަދޫ ގަދަ ހަތަރަކާ ދިމާލަށް
11 އޮކްޓޯބަރު 2017

ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި

11 އޮކްޓޯބަރު 2017
ފީފާއިން ޕާކިސްތާން ފުޓުބޯޅަ ފެޑެރޭޝަން ސަސްޕެންޑުކޮށްފި
02 ސެޕްޓެމްބަރު 2017

އަލްހާ އީދާ ދިމާކޮށް ކުރެންދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި

02 ސެޕްޓެމްބަރު 2017
އަލްހާ އީދާ ދިމާކޮށް ކުރެންދޫގައި ފުޓްސަލް މުބާރާތެއް ފަށައިފި
09 އޯގަސްޓު 2017

ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!

09 އޯގަސްޓު 2017
ސުޕަކަޕަށް ފަހު ޒިދާންގެ އަމާޒު އިތުރު ތަށިތަކާ ދިމާލަށް!
11 ޖުލައި 2017

ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ

11 ޖުލައި 2017
ފޯމުގައި ޓީސީ އޮއްވާ ދިގު ބްރޭކެއް އައުމުން މައްސަލަތައް ދިމާވި: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު