Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

ޕެނަލްޓީގައި ވިސެލް ކޯބް އަތުން މިއާމީ ބަލިވެއްޖެ

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް މިއާމީން ވަނީ ހަތް މެޗު ކުޅެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2024 | ބުރާސްފަތި 01:41
އިންޓަ މިއާމީން ވިސެލް ކޯބާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ

އިންޓަ މިއާމީން ވިސެލް ކޯބާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އިންޓަ މިއާމީން، ޖަޕާންގެ ވިސެލް ކޯބާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

ޖަޕާންގެ ޤައުމީ ސްޓޭޑިއަމްގައި ބުދަ ދުވަހުގެ މެންދުރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. އެހެންވެ، ނަތީޖާ ނެރުމަށް ވަނީ ސީދާ ޕެނަލްޓީ ޖަހައިފަ އެވެ. ޕެނަލްޓީގައި ވިސެލް ކޯބް އަތުން މިއާމީ ބަލިވެފައި ވަނީ 4-3 ގެ ނަތީޖާ އަކުންނެވެ.

އިންޓަ މިއާމީން ވަނީ މެޗުގެ ފުރަތަމަ 11 ގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ހިމަނައިފަ އެވެ. އޭނާގެ އިތުރުން ޖޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެޓްސް އަށް ވެސް ވަނީ ފުރަތަމަ 11 އިން ޖާގަ ދީފަ އެވެ. މިއާމީން އެންމެ ފަހުން ހޮންގް ކޮންގް ގައި ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ނުކުޅުނު ނަމަވެސް، ވިސެލް ކޯބާ ދެކޮޅަށް އޭނާ ކުޅުނެވެ. މެސީ ކުޅެން ނިކުމެފައި ވަނީ މެޗުގެ 60 ވަނަ މިނެޓުގައި، ޑޭވިޑް އޮޗޯގެ ބަދަލުގަ އެވެ.

ނަތީޖާ ނެރުމަށް ޖުމުލަ ހަ ޕެނަލްޓީ ޖެހިއިރު، މިއާމީ އަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ ލިއޮނާޑޯ ކަމްޕަނާ، ހޫލިއަން ގްރެސެލް އަދި ޖޯޑީ އަލްބާގެ ޕެނަލްޓީ އެވެ، ނާކާމިޔާބު ވެފައި ވަނީ ރޮބާޓް ޓޭލާ، ނޯހް އަލެން އަދި ގްރެގޯގެ ޕެނަލްޓީ އެވެ. ހަ ޕެނަލްޓީގެ ތެރެއިން ވިސެލް ކޯބް އިން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އެއީ ޔުޔާ އޮސާކާ، ތައިސޭ މިޔަޝިރޯ، ކޯޔާ ޔުރްކީ އަދި ނަންސެއި ލިނޯގެ ޕެނަލްޓީ އެވެ. އެ ޓީމުން ނާކާމިޔާބުވީ ހޮތަރޫ ޔަމަގޫޗީ އަދި ރިޔޯ ހަތްސޫސްގެ ޕެނަލްޓީ އެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް މިއާމީން ވަނީ ހަތް މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންްނެވެ. ފަސް މެޗުން ބަލިވެފައިވާއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު