Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން

ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ރިވިއުކޮށް، މަޖިލީހުގެ އެހީތެރިކަމާއެކު ބަދަލުތައް ގެންނަން ޖެހޭ - އުއްތަމަ ފަނޑިޔާރު

ޖިނާއީ އަދުލުގެ ނިޒާމް ރަނގަޅުކުރުމާމެދު އުއްތަމަފަނޑިޔާރު ވާހަކަފުޅު ދެއްކެވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ޖެނުއަރީ 2024 | ހުކުރު 03:24
އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން

އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން

ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ރިވިއުކޮށް، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަޖިލީހުގެ އެހީތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާން ވިދާޅުވެއްޖެއެއެވެ.

ގަޟާއީ އައު އަހަރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ޖިނާއީ އަދުލުގެ ނިޒާމް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާމެދު ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހެއްގެ ވެސް މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި އާއި ޖިނާއީ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރިބިއުނަލްއެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީއަތްކުރެވުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަަމަށެވެ. ހަމައެހެންމެ އެ ޝަރީއަތްކުރިއަށް ދަނީ އަދުލުވެރިކަމާއި ހާމަކަމާއެކު ކަމަށް ވުމަކީ ވެސް ކޮންމެ މީހަކަށް ލިބިދީފައިވާ ހައްގެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

ހަމައެއާއެކު ހައްޔަރުކުރެވޭ ހިނދުން ފެށިގެން އެ މައްސަލަ ނިމެންދެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ އަސާސީ ހައްގެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދައުލަތުން ޤާނޫނީ ވަކީލަކު އައްޔަންކޮށްދިނުމަކީ ދައުލަތުގެ ޒިންމާ އެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަށީގެންވާ ގޮތުގައި އެ ހައްގު ކަށަވަރުކުރުމުގެ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބެން ޖެހޭ ފަރާތްތަކަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރު ޤާއިމްކޮށްފައިވާ ނިޒާމް ރިވިއުކުރަން ޖެހޭ ކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ އެހީތެރިކަމާއެކު އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ފަދަ ނިޒާމެއް ޤާއިމްކުރެވެން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މަދަނީ މައްސަލަތަކުގައި ވެސް ވަކީލަކު އައްޔަންކުރުމުގެ ޤާބިލްކަން ލިބިފައިނުވާ މީހުންނަށް އެ ފަރާތުގެ ހައްގު ގެއްލޭކަމަށާއި އެ މީހުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ލިބޭނެ ފަދަ ދެމެހެއްޓެނެވި ނިޒާމެއް އޮތުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު