Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސަލާމަތީ ހިދުމަތްތަކުން މަޖިލީހަށާއި މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ހުށަހަޅައިފި

30 ޖުލައި 2017 | އާދީއްތަ 10:10

މަޖިލީހުން މެމްބަރުން ނެރުނީ ސިފައިންނާއި ފުލުހުން ގުޅިގެން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 ޖުލައި 2017 | އާދީއްތަ 10:10
ރައްޔިތުންގެ މަޖިލިސްއިން މެމްބަރުންތައް ނެރެނީ

ރައްޔިތުންގެ މަޖިލިސްއިން މެމްބަރުންތައް ނެރެނީ

ސަލާމަތީ ހިދުމަތްތަކުން ރައްޔިތުންގެ މަޖިލީހަށާއި މެމްބަރުންގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ މަޖިލީހަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ބަންދުކޮށްފައިވާއިރު، އެ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލީހުގެ އިދާރާއަށް މަޖިލީހުގެ މެމްބަރުން ވެންނެވުމުން، އެ މެމްބަރުން މަޖިލީހުގެ އިދާރާއިން ގަދަކަމުން ނެރުނު މައްސަލަ ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފެވެ.

Advertisement - newsAdvertisement

މައްސަލައިގެ ލިޔުމުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ޤަވާޢިދުގެ 153 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދޭނީ މުޅި މަޖިލީހުގެ ޙައްޤަށް ނުވަތަ އިމްތިޔާޒަކަށް ޖުމްލަގޮތުގައި އުނިކަން އަންނަ ކަންކަމަށްވުމާއި، އެފަދައިން މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައްކާތެރިކަމާއި، މަޖިލީހުގެ ޤަދަރާއި މަޖިލީހުގެ ޖަލްސާތަކުގެ ސައްޙަކަން ހިމެނޭ ކަންކަމަށެވެ. ދެވަނައަށް އެންމެ ބޮޑު އިސްކަމެއް ދޭނީ މަޖިލީހުގެ މެމްބަރެއްގެ ދާއިރާއެއް ތަމްސީލުކުރުމުގައި މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރާ ވާޖިބާ ގުޅޭގޮތުން މެމްބަރެއްގެ އަބުރަށް ނުވަތަ ޙައްޤަށް އުނިކަން އަންނަ ކަންކަމާ ގުޅިގެންކަމަށް ލިޔުމުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލައިގެ ވޯޓު ނަގަންޖެހޭ ދުވަސްކަމުގައިވާ 24 ޖުލައި 2017 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވުމުން، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ޙާޒިރުވުމަށް ދިޔައިރު ހިނގާދިއަ ޙާދިސާއަކީ މުޅި މަޖިލީހުގެ ޙައްޤަށް ނުވަތަ އިމްތިޔާޒަށް އުނިކަން އައި ކަމެއް ކަމަށް މަހްލޫފު ވިދާޅުވެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުން އެ މެންބަރުންގެ މަސައްކަތް ކުރުމަށް މަޖިލީހަށް ހާޒިރުވެ ތިއްބާ، ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަދެ، މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި އަނިޔާވެރިވެފައިވުމާއި، އެމްޑީޕީގެެ ޕާރލަމެންޓްރީ ގްރޫޕް ލީޑަރުގެ އޮފީސް ކޮޓަރިކޮޅުގެ ދޮރު ގަދަކަމުން ހުޅުވައި އެތަނުގެ ތެރެއަށް އެސް.އޯ ފުލުހުންނާއި ސިފައިން ވަދެފަައިވުމާއި އަދި މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި ދަމާ ކޫތާފައި މަޖިލީހުން ވާކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިެވ އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަޖިލީހަށް ވަނުމާއި ނުކުތުމަކީ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކުމެ ހުއްދަވެގެންވާ ކަމަކަށްވުމާއި، އަދި އެގޮތުގެ މަތިން އަބަދުވެސް މަޖިލީހުގެ ޤަވާއިދުން ޢަމަލުކުރެވެމުން ގޮސްފައިވުމާއި، ސިފައިންނާއި ފުލުހުންނަށް އެކަން މަނާކުރެވޭނޭ ޤާނޫނީ އެއްވެސް ހަމައެއް ނެތުމާއި، އަދި ބުނެވިދިއަ ދުވަހު ރައްޔިތުންގެ މަޖިލީހަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނުވަދެވޭނޭކަމަށް އެއްވެސް މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުން ވެސް އަންގާފައި ނުވުމާއި، އަދި އެގޮތަށް އެންގިދާނޭ އެއްވެސް ހަމައެއް އުސޫލެއްވެސް ނެތް" މައްސަލައިގެ ލިޔުމުގައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މަޖިލީހަށް ޖުލައި 24 ވަނަ ދުވަހު ވަނީ ފުލުހުންގެ އެހީތެރިކަމަށް ސިފައިން އެދުމުން ކަމަށެވެ. އެކަމަށް ސިފައިންގެ ފަރާތުން ބަހެއް ބުނެފައެއް ނެތެވެ

މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެފައިވަނީ ސިފައިން މަޖިލީހުގެ އިދާރާއަށް ވަދެފައިވަނީ، މަޖިލީހުގެ އިދާރާއިން އެދިގެން ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ

07 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމަކީ ރިޝްވަތު ދިނުމެއް ނޫން: އިބޫ
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
25 ފެބުރުއަރީ 2017

މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ބަލަނީ
25 ފެބުރުއަރީ 2017

ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި

25 ފެބުރުއަރީ 2017
ވަޅި ހަރައި މަރާލާނެ ކަމަށް ބުނެ މެމްބަރު އިމްތިޔާޒަށް އިންޒާރުދީފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް