Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ - ބޫޓާން

ބޫޓާންގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 ޖެނުއަރީ 2024 | ބުރާސްފަތި 03:19
ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭ

ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭ

ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބޫޓާންގެ ބޮޑުވަޒީރުގެ އައު ޒައާމަތުގައި، ބޫޓާން ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އައު ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތުން މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އެ މެސެޖުގައި ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވެސް ވިދާޅުވިއެވެ.

ބޫޓާން

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2025

މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

24 އޮކްޓޯބަރު 2025
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
18 ސެޕްޓެމްބަރު 2025

2026 ވަނަ އަހަރު ބާއްވާ 42 ވަނަ އޭޝިއަން ބޭންކަރސް ކޮންފަރެންސް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވަން ހަމަޖެހިއްޖެ

18 ސެޕްޓެމްބަރު 2025
2026 ވަނަ އަހަރު ބާއްވާ 42 ވަނަ އޭޝިއަން ބޭންކަރސް ކޮންފަރެންސް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވަން ހަމަޖެހިއްޖެ
27 ސެޕްޓެމްބަރު 2022

ޗެމްޕިއަން ލަންކާއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

27 ސެޕްޓެމްބަރު 2022
ޗެމްޕިއަން ލަންކާއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
09 މެއި 2022

ރާއްޖެއިން ކޮވިޑް-19 މެނޭޖް ކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބޫޓާން ސަފީރުގެ ތައުރީފު

09 މެއި 2022
ރާއްޖެއިން ކޮވިޑް-19 މެނޭޖް ކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަށް ބޫޓާން ސަފީރުގެ ތައުރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު