Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގަވާއިދު

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރުމަށް ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށް މަޖިލީހަށް ފޮނުވައިފި

ގަވާއިދަށް ބަދަލު ގެނައުމަކީ ސަރުކާރާއި މަޖިލިސް ގުޅިގެން ކުރެވެން އޮތް ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޖެނުއަރީ 2024 | އާދީއްތަ 04:54
ވިލިމާލެ

ވިލިމާލެ

ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އިމާރާތް ކުރުމުގެ ގަވައިދަށް ބަދަލު ގެނައުމަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރެވެން އޮތް ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ވިލިމާލޭގައި 10 ބުރިއަށް އިމަރާތްތައް ކުރެވޭ ގޮތްވުމަކީ ވިިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާކަމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތް ކުރުމަށް އެޅިފައިވާ ހުރަސް ނައްތާލައްވާނެ ކަމަށާއި، ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިކަން ކޮށްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު، ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރެވެން އަންނަނީ ޕްލޭނިންގެ ގަވާއިދު ބަދަލުކޮށް، ރައްޔިތުން މަޖިލީހުގެ ގަވައިދު ކޮމެޓީ އަށް ފޮނުވާއި، ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭން ގޯތި ދޫކުރުމަށް މީގެ ކުރިން ކުރި މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މިމަސައްކަތް ކުރެވޭނެ މަގުފަހިކޮށްދީ ސަރުކާރުގެ ތެރެއިން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ވިލިމާލޭގެ ތަރައްގީއަށް އަދި ކުރަން ހުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭ ފަޅުތެރެއިން ތެޔޮބޯޓުތައް ނަގައި، ފައިބަރު މަސައްކަތް ކުރުން ހުއްޓާލައި 6 މަސް ތެރޭ އެކަން ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށެވެ. އަދި ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ވިލިމާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުންތަކަށް ރައީސް މުއިއްޒު ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާއިރު، މި ކަންކަމަކީ ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމަށް ވަޑައިގެންނެވުމަށް ވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކެވެ.

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2017

ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަކަށް އަދި ނޭދެން: ކަރެކްޝަން

01 އޮކްޓޯބަރު 2017
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަކަށް އަދި ނޭދެން: ކަރެކްޝަން
20 ސެޕްޓެމްބަރު 2017

ފްލެޓް ލިބިފައިވާ މީހުންގެ މައުލޫމާތު ކޮމެޓީއަށް ގެންނަން ނިންމައިފި

20 ސެޕްޓެމްބަރު 2017
ފްލެޓް ލިބިފައިވާ މީހުންގެ މައުލޫމާތު ކޮމެޓީއަށް ގެންނަން ނިންމައިފި
26 އޯގަސްޓު 2017

ލަންދޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރަނީ: ފެނަކަ

26 އޯގަސްޓު 2017
ލަންދޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ގެންނަން މަސައްކަތް ކުރަނީ: ފެނަކަ
23 އެޕްރީލު 2017

ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު

23 އެޕްރީލު 2017
ޔާމީނު މަރާލި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ: ރައީސް މައުމޫނު
15 އެޕްރީލު 2017

ވިލިމާލޭގައި މިހާރު ނިހާނަށް ތާޢީދެއް ނެތް: ޙަމްނާ

15 އެޕްރީލު 2017
ވިލިމާލޭގައި މިހާރު ނިހާނަށް ތާޢީދެއް ނެތް: ޙަމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު