Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަފްސީލީ އޮޑިޓެއް ހަދަނީ

3 ޖެނުއަރީ 2024 | ބުދަ 09:05

ވެހިކަލް ރަޖިސްޓްރީ މައްސަލަތަކާއި، ޑޮމެއިންގެ މައްސަލަތައް ފަދަ ކަންކަމާއި ގުޅިގެން ތަފްސީލީ އޮޑިޓެއް ހަދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖެނުއަރީ 2024 | ބުދަ 09:05
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަފްސީލީ އޮޑިޓެއް ހެދުމަށް ނިންމައިފިއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވީ، މިނިސްޓްރީއާމެދު ހުރި ތަފާތު އެކިއެކި ތުހުމަތުތަކާ ގުޅިގެން، މިނިސްޓްރީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

އަދި މިނިސްޓްރީގައި ބޭނުންކުރެވޭ "މެޓްރިކްސް ސިސްޓަމް" ގެ ޒަރިއްޔާއިން ގޯސްތައް ހެދުމަށް މަގުފަހިވާކަން ފާހަގަ ކުރެވިފައިވާކަން ބަޔާން ކުރައްވައި އަމީން ވިދާޅުވީ، އެ ނިޒާމު ރަނގަޅު ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ.

އެ ކަންކަމާއި ގުޅިގެން މިހާރު މިނިސްޓްރީގެ އޮޑިޓެއް ފަށާފައިވާކަމަށާއި، ވެހިކަލް ރަޖިސްޓްރީ މައްސަލަތަކާއި، ޑޮމެއިންގެ މައްސަލަތައް ފަދަ ކަންކަމާއި ގުޅިގެން ތަފްސީލީ އޮޑިޓެއް ހަދަން ނިންމާފައިވާކަމަށްވެސް އަމީން ވިދާޅުވިއެވެ.

އޭގެ އިތުރުން، މާލޭ ސަރަޙައްދަށް ރަޖިސްޓްރީ ވަމުންދާ ވެހިކަލްތަކުގެ އަދަދުތަކަށް ބަދަލު އަންނަންޖެހޭކަމަށްވެސް އަމީން ވިދާޅުވިއެވެ. އެގޮތުން ރަޖިސްޓްރީތައް ހަދަމުންދަނީ "ސިއްސައިގެންދާ މިންވަރަށް" ކަމަށް އަމީން ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް 69،000ށް ވުރެ ގިނަ އުޅަނދު ފާއިތުވި 5 އަހަރުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން 42،000ށް ވުރެ ގިނަ އުޅަނދަކީ މާލެ ސަރަޙައްދަށް ރަޖިސްޓްރީވެފައިވާ އަދަދުތައްކަމަށް އަމީން ވިދާޅުވިއެވެ. އެއީ ގިނަ އަދަދެއްކަންވެސް އަމީން ފާހަގަ ކުރެއްވިއެވެ.

އަމީން އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ ފަންޑިންގއާއެކު މާލެ ސަރަޙައްދުގެ ތޮއްޖެހުން ޙައްލު ކުރުމަށް ފަންނީ ލަފާ ހޯދުމަށް ބުރާސްފަތި ދުވަހު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައިވާކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް ބޭރުގެ ތަޖުރިބާކާރުން ގެނެސްގެން މި މައްސަލައިގައި ލަފާ ހޯދުމަށް ވިސްނަވާކަން އަމީން ފާހަގަ ކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް