Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮމެއިން ވިއްކުން

ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކާ މައްސަލަ ޙައްލުނުވެ އޮއްވައި، ޑޮމެއިންގެ ޚިދުމަތް އަލުން ފަަށަނީ

މިނިސްޓްރީއާ ޙަވާލުވެވަޑައިގެންނެވިއިރުވެސް 200 ވަރަކަށް ޑޮމެއިންގެ ޚިދުމަތަށް އެދިފައި އޮތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖެނުއަރީ 2024 | ބުދަ 09:00
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން

ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުމުގެ ކަންކަން ކުރިއަށްގެންދާތީ، ކުރީ ސަރުކާރުން ޑޮމެއިން ވިއްކުން ހުއްޓާލާފައި އޮއްވައި މި ސަރުކާރުން އަނެއްކާވެސް އެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮމެއިންގެ މައްސަލައަށް އަލިއަޅުވާލައްވާ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވީ، އެ މައްސަލައިގައި މިހާރު މިނިސްޓްރީން ގޮތްތަކެއް ނިންމާފައިވާކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީއާ ޙަވާލުވެވަޑައިގެންނެވިއިރުވެސް 200 ވަރަކަށް ޑޮމެއިންގެ ޚިދުމަތަށް އެދިފައި އޮތްކަން ފާހަަގަ ކުރައްވައި އަމީން ވިދާޅުވީ، ސައްޙަ ގޮތުގައި ހުރި ޑޮމެއިން ނަގާފައިވާ މީހުންނަށް އެ ޚިދުމަތް ލިބެންޖެހޭކަމަށެވެ.

ވެރިފިކޭޝަން ޕްރޮސެސްގެ ތެރެއިން ޑޮމެއިން ދޫކުރުމުގެ ޚިދުމަތް މި ސަރުކާރު އައިސް އަލުން ފަށާފައިވާކަންވެސް އަމީން ފާހަގަ ކުރެއްވިއެވެ.

އަމީން ވިދާޅުވީ، ޑޮމެއިންގެ ޚިދުމަތަކީ އަލުން ފަަށަންޖެހޭ ޚިދުމަތެއް ކަމަށާއި، ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެ ޚިދުމަތް އަލުން ފަށާނެ ކަމަށެވެ. އެކަން ކުރާނީ ޒަމާނަށް ފެތޭ ގޮތަށްކަމަށް އަމީން ވިދާޅުވިއެވެ.

އެއްގަމު އުޅަނދުގައި ރަޖިސްޓްރީ ނަންބަރުގެ ބަދަލުގައި ވަކި ނަންބަރެއް ނުވަތަ ނަމެއް (ޑޮމެއިން) ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ޑޮމެއިން ދޫކުރުމާއި، ވިއްކުމާއި، ބަދަލުކުރުމާއި، އަގު ކަނޑައެޅުމާއި، ބޭނުން ކުރުމުގެ ހަމަތައް ކަނޑައަޅާފައިވާ ޤަވާއިދެއް އޮވެއެވެ. އެއީ "އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ޤަވާއިދު" އެވެ.

އެ ޤަވާއިދުގެ 6 ވަނަ މާއްދާގައި ޑޮމެއިން ވިއްކުމާގުޅޭ މައްސަލަ ޙައްލުކުރުމަށް ކޮމިޓީއެއް ކަނޑައަޅާފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި ޤަވާއިދުގެ 7 ވަނަ މާއްދާގައި ޑޮމެއިން ވިއްކަންވާނީ ވިއްކުމުގެ ކުރިން އާންމުކޮށް އިއުލާނުކޮށް، އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށްކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ކޮމިޓީތައް މިނިސްޓްރީން އެކުލަވާލާފައިނުވާތީ ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކުމުގެ ކަންކަން ގެންދާކަން ފާހަގަވާކަމަށް ބަޔާންކޮށް މިދިޔަ ސަރުކާރުގައި ރައީސް އޮފީހުން ވަނީ ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭގޮތަށް ޑޮމެއިން ވިއްކާތީ އެކަން ހުއްޓުވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު