Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤައުމީ އެއްބައިވަންތަކަމުގެ ދުވަސް

ދިވެހިން އެކަކު އަނެކަކުގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭން އެބަޖެހޭ: ރައީސް

މުޖުތަމަޢުން އަލުން އެ ރިވެތި ސިފަތަކަށް ރުޖޫޢަވާން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ޑިސެމްބަރު 2023 | ބުދަ 00:44
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު

ދިވެހިންނަކީ އެކަކު އަނެކެއްގެ އަބުރަށާއި ޢިއްޒަތަށް ޙުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަންގާރަދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެތައްޒަމާނެއްގެ ކުރިން ފެށިގެން ދިވެހިންގެ ތެރޭގައި އޮތް އެއްބައެއްވަންތަ ސިފަތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން، މިއަދުގެ މުޖުތަމަޢުން އަލުން އެ ރިވެތި ސިފަތަކަށް ރުޖޫޢަވާން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން އާއިލީ ގުޅުންތައް ރަނގަޅުކުރުމާއި އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމާއި އަބުރާއި ޢިއްޒަތް ރައްކާތެރިކޮށްދިނުމާއި ރަޙުމާއި ކުލުނާއި އޯގާވެރިކަން އާލާކުރުން ފަދަ ކަންކަމާއެކު ދިވެހިންގެ މާޒީން ދެކެފައިވި އެކުވެރިކަމާއި ގުޅުންތެރިކަމުގެ ރިވެތި މާޒީ އަލުން އިޔާދަވާން ބޭނުންފުޅު ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމްދީނުގައި އެއްބައިވަންތަކަމާއެކު ތިބެވުމަކީ ދިވެހިންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއްކަން ހަނދާން އައު ކޮށްދެއްވަމުން ބައިބައިވުމާއި އިސްލާމީ އަޚްވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުޞަތު ނުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. 

އަދި ދިވެހިންނަކީ އެއްދީނެއްގެ، އެއް ބަހަކުން ވާހަކަދައްކާ އެތައް ނަޞީބެއްގެ ވެރި ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުސުނާމީޤައުމީ އެއްބައިވަންތަކަމުގެ ދުވަސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު