Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުށިދިއްގަރު ފަޅުގެ މަޝްރޫއު

ފުށިދިއްގަރު ފަޅު ހިއްކަނީ 70 ހެކްޓަރުގެ ބިން 99 އަހަރަށް ސީއެމްސީސީއަށް ދޭގޮތަށް، ބިމުގެ އަގެއް ހާމައެއްނުކުރި

މި މަޝްރޫއަށް ސަރުކާރުންނާއި އާބަންކޯއިން އެއްވެސް ޚަރަދެއް ނުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޑިސެމްބަރު 2023 | ބުރާސްފަތި 13:34
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރަސްމާލެ ތަރައްގީކުރުމަށްޓަކައި ފުށިދިއްގަރު ފަޅު ހިއްކަނީ ހުޅުމާލެއިން 10 ހެކްޓަރު، އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ދޭގޮތަށް ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އާބަންކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ، މި މަޝްރޫއަކީ ކުންފުންޏަށް ފައިސާ ދައްކާގޮތަށް ހިންގާ މަޝްރޫއެއް ނޫންކަމަށެވެ. ފަޒުލް ވިދާޅުވީ މި މަޝްރޫއަށް ސަރުކާރުންނާއި އާބަންކޯއިން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށާއި، ބިން ހިއްކުމަށް ހުރިހާ ޚަރަދެއް ކުރާނީ ސީއެމްސީސީ ކުންފުނިން ކަމަށެވެ. އަދި މި މަޝްރޫއު ހިންގަނީ ސީއެމްސީސީއަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެން ކަމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މި މަޝްރޫއާއެކު ކުންފުނީގެ ކޭޝް ފްލޯއަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ޕްރޮޖެކްޓްގެ ސަބަބުން ކޭޝް ފްލޯއަށް އިތުރު ތިޔާގިކަން ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ހުޅުމާލެއާއި ރަސްމާލެއިން ދޫކުރި 70 ހެކްޓަރުގެ ބަދަލުގައި އާބަންކޯއަށް ރަސްމާލޭގެ 1093 ހެކްޓަރު ބިން ލިބޭނެކަމަށާއި، އެއީ ކުންފުންޏަށް އިތުރުވެގެންދާ ބޮޑު އެސެޓެއް ކަމަށެވެ.

ބިންތައް ދޫކުރާ މުއްދަތަށް އިޝާރާތް ކުރައްވައި ފަޒުލް ވިދާޅުވީ ބިން ދޫކުރަނީ "ޑިވެލޮޕްމަންޓް ޕީރިއަޑް"އަށް ކަމަށެވެ. އެއީ 49 އަހަރާއި 50 އަހަރު ކަމަށް ފަޒުލް ވިދާޅުވިއެވެ. އެހެންކަމުން މި ބިންތައް އެ ކުންފުނިތަކަށް 99 އަހަރަށް ލިބޭނެއެވެ.

ބިން ދޫކުރުމަށް ނިންމައި، މަޝްރޫއު ފަށާފައިވާއިރު، ހުޅުމާލެއިން ދޫކުރި 10 ހެކްޓަރުގެ ބިމުގެ އަަގާއި ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައިކަން، ނޫސްވެރިން ތަކުރާރުކޮށް ސުވާލު ދެންނެވިނަމަވެސް ފަޒުލް ވިދާޅުވެފައެއް ނުވެއެވެ.

މީގެ އިތުރުން ފަޒުލް ވިދާޅުވީ، ސީއެމްސީސީއަށް ދޫކުރި ބިންތައް އެ ކުންފުނިން ބޭނުންވާ އަގެއްގައި ވިއްކޭނެކަމަށާއި އެކަމުގެ ތެރެއަށް އާބަންކޯ ނުވަންނާނެ ކަމަށެވެ. ނަމަވެސް ބިން ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާނީ އާބަންކޯގެ އެކްސްކްރޯ އެކައުންޓަކަށް ކަމަށާއި، ސީއެމްސީސީއަށް ފައިސާ ދޫކުރާނީ އެ ކުންފުނީގެ ޕްރޮގްރެސިވް ޑިވެލޮޕްމެންޓަށް ބަލާފައި ކަމަށް ފަޒުލް ވިދާޅުވިއެވެ. ނަމަވެސް، ބިން ވިއްކަން ޖެހޭނީ ހުޅުމާލޭގެ މާސްޓަޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފަޒުލް ވިދާޅުވިއެވެ.

ބަޖެޓުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް އުނިކޮށްފައި ވަނިކޮށް، 18 ޑިސެންބަރު 2023ގައި މިމަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމުން އެތަން ވެގެންދާނީ ޒީރޯ ކާރބަން ސިޓީއަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކާނެކަމަށް މައުލޫމާތު ލިބެއެވެ.

ފުށިދިއްގަރު ފަޅުއިބްރާހީމް ފަޒުލް ރަޝީދު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
21 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން
11 ނޮވެމްބަރު 2025

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް
02 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!

02 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!
05 އޮކްޓޯބަރު 2025

ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ

05 އޮކްޓޯބަރު 2025
ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ
26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު
04 ފެބުރުއަރީ 2025

ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި

04 ފެބުރުއަރީ 2025
ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ދީފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
24 ޑިސެމްބަރު 2024

ފުލުހުން ފަޒުލް ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި

24 ޑިސެމްބަރު 2024
ފުލުހުން ފަޒުލް ދިރިއުޅުއްވާ ގެ ބަލައިފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު