Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑެންއާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް

ބައިޑެންއާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދުކޮށްފި

ތަޙުޤީޤު ކޮށްފިނަމަ ކުރިއަށް އޮތް ދައުރުގެ ރިޔާސީ އިންތިޚާބު ބައިޑެންއަށް ގެއްލުން ވަރަށް ކައިރި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 16 ޑިސެމްބަރު 2023 | ހޮނިހިރު 10:29
ބައިޑެން

ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިމްޕީޗްމަންޓް އިންކުއަރީއެއް ނުވަތަ ޖިނާއީ ތަޙުޤީޤެއް ކުރިއަށްގެންދިއުމަށް ހައުސްގެ ރިޕަބްލިކަން ޕާޓީގެ 221 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފިއެވެ.

މިމައްސަލާގައި ގިނަބޭފުޅުން ބައިޑެންއާ ދެކޮޅަށް ވޯޓު ދެއްވިއިރު، އޭގެތެރޭގައި 2020 ވަނަ އަހަރު ބައިޑަން ގެންގުޅުއްވި ސްވިންގ ޑިސްޓްރިކްޓްތަކުގެ 17 ކޮންގްރެސް މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ބައިޑެންއާއި އޭނާގެ ދަރިކަލުން ހަންޓަރގެ ބޭރުގެ ވިޔަފާރިތަކާ ދެމެދު ޤާނޫނާ ޚިލާފު އަމަލުތަކެއް ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ޙަޤީޤަތް ހޯދުމަށް ތަޙުޤީޤެއް ހިންގުމަށް މި ވޯޓުން ބާރު ލިބިގެންދެއެވެ. ހަންޓަރ ބައިޑަން ދާދި ފަހުން ޓެކްސްގެ ކުށްތަކަށް އިޢުތިރާފު ވެވަޑައިގަތްނަމަވެސް، ޖޯ ބައިޑަން ޤާނޫނާ ޚިލާފަށް ޢަމަލުކުރެއްވިކަން އެއްވެސް ހެތްކަކުން ކަށަވަރުވެފައެއް ނުވެއެވެ. އެހެންނަމަވެސް، ރިޕަބްލިކަން ޕާޓީން ބުނަނީ މި މައްސަލާގައި ވައިޓް ހައުސްގެ އެއްބާރުލުން ފުރިހަމައަށް ނުލިބުމަކީ މިކަމުގެ ޙަޤީޤަތް ހޯދުމުގެ ވިސްނުން އިސްކުރުމަށް ބާރުލިބޭ ކަމެއް ކަމަށެވެ. 

އަލުން އިންތިޚާބުގެ ރޭހުގައި ވާދަކުރާ ރިޕަބްލިކަން ޕާޓީއަށް މި ވޯޓުން މަޖުބޫރުވަނީ ހައުސްގެ ޖީއޯޕީގެ ލީޑަރުންނާއި މެދުތެރެއަށް ދަތުރުކުރާ ޑިސްޓްރިކްޓާއެކު އެއްބާރުލުން ދިނުމަށެވެ.

އިމްޕީޗްމަންޓް އިންކުއަރީއަށް އެމެރިކާގެ ތިންބައިކުޅަ އެއްބައި މީހުން ތާއީދުކުރާއިރު، ރިޕަބްލިކަން ޕާޓީގެ ތިންބައިކުޅަ ދެބައި މީހުން ގަބޫލުކުރާ ގޮތުގައި، ބައިޑަން ޤާނޫނާ ޚިލާފަށް ކަމެއް ކުރެއްވިނަމަ ކުރައްވާފައިވަނީ އޭނާގެ ދަރިކަލުންގެ ކަންކަން ހިމަނުއްވައިގެން، ދަރިކަލުންނަށް ޓަކައެވެ.

މި ވޯޓާއެކު ޑިމޮކްރެޓުން ވަނީ ރިޕަބްލިކަން ޕާޓީގެ ޑިސްޓްރިކްޓްތަކުގެ ޢަމަލީ ސިޔާސަތަށްވުރެ ބޮޑަށް ސިޔާސީ ކަންކަމަށް އިސްކަންދޭކަމަށް ބުނެ، ވަގުތުން ބަހުގެ ހަމަލާތައް ދީފައެވެ. އެނަލިސްޓުން އިންޒާރު ދޭގޮތުގައި، ތަޙުޤީޤަށް ތާއީދުކުރާނަމަ، 2024 ވަނަ އަހަރު ސްވިންގ ޑިސްޓްރިކްޓްތައް ހިފެހެއްޓުމަށް ބޭނުންވާ މުހިންމު މިނިވަން ތާއީދު ގެއްލޭނެއެވެ. 

ހައުސްގެ ކޮންޓްރޯލް ވަރަށް ބޮޑަށް ދެބައިވެފައި ވާއިރު، 2024 ވަނަ އަހަރަށްފަހު ރިޕަބްލިކަން ޕާޓީއަށް މެޖޯރިޓީ ކަނޑައެޅިދާނެ ކަމަށް ދެ ޕާޓީންވެސް ގަބޫލުކުރެއެވެ.

އުމުރުފުޅުން 80 އަހަރުގެ އެމެރިކާގެ ރައީސް ޖޯ ބައިޑަން 2024 ވަނަ އަހަރު ދެވަނަ ދައުރަކަށް ވާދަކުރެއްވުމާމެދު ގިނަ ބަޔަކު އުންމީދު ކުރާގޮތަށް މިހާރު ވަނީ އިޢުލާން ކުރައްވާފައެވެ. 2020 ވަނަ އަހަރުގެ ހަލަބޮލި އިންތިޚާބުގައި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކުރައްވައި، ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރު ކޮންގްރެސްގެ ޑިމޮކްރެޓިކް ކޮންޓްރޯލް ލިބިގެންނެވެ.

އޭނާގެ ފުރަތަމަ ދެ އަހަރަކީ ބޮޑެތި އިންފްރާސްޓްރަކްޗަރާއި ކްލައިމެޓް ބިލްތައްފަދަ ކާމިޔާބީތަކުގެ އިތުރުން، އިންފްލޭޝަނާއި ރިސެޝަން ބިރުފަދަ ގޮންޖެހުންތައްވެސް ކުރިމަތިވި ދެ އަހަރެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު