Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިތުރު ކަންކަމަށް އާސަންދަ ހަމަޖެއްސުން

މެޑިކަލް ޗެކަޕް ރާއްޖެއިން ބޭރު ހޮސްޕިޓަލަށް ބަދަލުވާއިރު ދާ ޚަރަދާއި، އައިވީއެފް ފަރުވާއަށް އާސަންދަ ދެނީ

5 ޑިސެމްބަރު 2023 | އަންގާރަ 17:34

ފަރޓިލިޓީ ކެއަރއަށް ޚާއްސަކޮށް މިހާރު އައިޖީއެމްއެޗުގައި ހުރި މަރުކަޒުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، މިފަދަ އިތުރު މަރުކަޒެއް ގާއިމުކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޑިސެމްބަރު 2023 | އަންގާރަ 17:34
އާސަންދަ އޮފީސް

އާސަންދަ އޮފީސް

ސަރުކާރުގެ ހޮސްޕިޓަލްތަކުންނާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް، އަދި އާސަންދަ ސްކީމުގައި ރަޖިސްޓަރީ ވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން މެޑިކަލް ޗެކަޕް ހެދުމަށާއި، ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާއިރު ހޮސްޕިޓަލް ބަދަލުކުރުމަށް އަތުން ކުރަންޖެހޭ ޚަރަދަށާއި، އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައިވީއެފް)ގެ ފަރުވާއަށް އާސަންދަ ދިނުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އާސަންދައާ ގުޅޭގޮތުން 3 ކަމަކަށް މިސަރުކާރުން ވައުދުވެފައިވެއެވެ. އެކަންކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމުން ހާމަކުރައްވައި، އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ބަލިޖެހުމުގެ ކުރިން އެ ބަލިން ރައްކާތެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭނެ މައިގަނޑު އެއް ސިޔާސަތުކަމަށެވެ. އެހެންކަމުން އާސަންދައިގެ ތެރޭގައި ހިމެނޭ ޚިދުމަތެއްގޮތުގައި މެޑިކަލް ޗެކަޕް ފޯރުކޮށްދީ، އެކަމަށް މީހުން އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، އާސަންދައިގެ ތެރެއިން ރާއްޖެއިން ބޭރު ގައުމެއްގައި ފަރުވާ ހޯދުމުގައި، ފެންވަރު ރަނގަޅު އެހެން ހޮސްޕިޓަލަކަށް ބަދަލުވާއިރު އަމިއްލައަށް އިތުރަށް ކުރަންޖެހޭ ޚަރަދުތައް އާސަންދައިގެ ތެރޭގައި ހިމެނުމަށް، ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެ ވައުދުފުޅު ފުއްދެވުމުގެ ގޮތުން މިކަން ކުރައްވާނެ ގޮތަކީ، އާސަންދައިގެ ޚިދުމަތް ދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހިމަނާފައިވާ ބޭރުގެ ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާނެ ގްރޭޑިންގ ނިޒާމެއް ކަނޑައެޅުއްވުން ކަމަށް ވިދާޅުވިއެވެ.

ތިންވަނަ ވައުދަކީ އައިވީއެފް ޚިދުމަތް އާސަންދައިގެ ދަށުން ހަމަޖެއްސުމެވެ. ރައީސް ވިދާޅުވީ އައިވީއެފް ޓްރީޓްމެންޓް ހިމެނޭހެން، ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތް އާސަންދައިން ހަމަޖައްސައިދޭނެ ކަމަށާއި، އަދި ދަރިމައިވުމުގެ ފަރުވާ ހިމެނޭ ގޮތަށް އާސަންދަ ސްކީމުގެ ގަވާއިދު އިސްލާހުކޮށް، ގެޒެޓްކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު، އެކަމަށް އުސޫލެއް އެކުލަވާލައި، އެކަންވެސް އިއުލާން ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރިމައިވުމުގެ ސިއްހަތަށް ޚާއްސަ ފަރޓިލިޓީ ކެއަރއަށް ޚާއްސަކޮށްގެން މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ހުރި މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މިފަދަ އިތުރު މަރުކަޒެއް ގާއިމުކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއާސަންދަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
16 އެޕްރީލު 2025

ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި

16 އެޕްރީލު 2025
ބޭހުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ދެއްވި ތާރީހު ފަހަނައަޅައި ގޮސްފި
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
02 ފެބުރުއަރީ 2025

ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ

02 ފެބުރުއަރީ 2025
ރައީސް މުއިއްޒު އުޅުއްވަނީ މުޅި ގައުމު އަޅުވެތި ކުރުމުގެ މަސައްކަތުގައި: މާރިޔާ
01 ފެބުރުއަރީ 2025

މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް

01 ފެބުރުއަރީ 2025
މި ސަރުކާރަށް ވަގުތުދޭ ކަމަށްވާނަމަ ރައްޔިތުން އިތުރަށް ބިކަވާނެ: ކުރީގެ ނައިބު ރައީސް ފައިސަލް
31 ޖެނުއަރީ 2025

ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު

31 ޖެނުއަރީ 2025
ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަން ޖެހޭ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް