Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުހީ

ރައްޔިތުންގެ މަޖިލީހުގައި ބަހައްޓަންވީ ކަޅު ކުލަ ލާފައި ކަޅު ބޮކި ދިއްލާފައި:ޝާހިދު

މިދިޔަ 24 ވަނަ ދުވަހު ފެނުނު ފަދަ މަންޒަރެއް ދުވަހަކުވެސް މަޖިލީހުން ނުދެކެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 27 ޖުލައި 2017 | ބުރާސްފަތި 03:28
ޢަބްދުﷲ ޝާހިދު: މަޖިލީހުގެ ކުރީގެ ރައީސް

ޢަބްދުﷲ ޝާހިދު: މަޖިލީހުގެ ކުރީގެ ރައީސް

ރައްޔިތުންގެ މަޖިލސް ކުރާ ގޭގައި ބަހައްޓަންވީ ކަޅު ކުލަ ލާފައި ކަޅުބޮކި ދިއްލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ބުދަ ދުވަހުގެރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހާލަތާމެދު ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގައި ޤައުމީ ދިދަ ނަގާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޤައުމީ ދިދަ ނެގުމުގެ ބޭނުމެއް މިއަދު ނެތްކަމަށާއި އެތަނުގައި މިއަދު ނަގަންވީ ކަޅު ދިދަ ކަމަށެވެ. އަދި އެތަނުގައި ބަހައްޓަންވީ ކަޅު ބޮކި ދިއްލާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި 22 އަހަރު މެންބަރެއްގެ ގޮތުގައި ހޭދަކުރައްވާފައިވާ ޝާހިދު ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހު ހިނގާދިޔަ ފަދަ ކަމެއް މަޖިލީހުގެ ހަޔާތުގައިވެސް ފެނިފައި ނުވާ ކަމަށާއި އެއަށް ވުރެ ބޮޑަށް ރައްޔިތުންނަށް މަލާމާތް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"އެތަނުގައި މިރޭ ޖެހޭނީ (މިނިވަން ދުވަހުގެ ރޭ) ކަޅު ދިދަ ނަގާފައި ބާއްވަން. ކަޅު ބޮކި ދިއްލާފައި ކަޅު ދިދަ ނަގާފައި ކަޅު ދަވާދު ލާފައި ބަހައްޓަން ޖެހޭ ރެއެއް މީ އެތަނުގެ ފާރުގައި. އިމާރާތުގައި،"ޝާހިދު ވިދާޅުވިއެވެ.

މިނިވަން ދުވަހު ރައީސް ޔާމީން ދެއްވި ޚިތާބަށް އިޝާރާތް ކުރައްވާ ޢަބްދުﷲ ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހުރަސްއަޅާ އެއްވެސް ޑިމޮކްރެޓިކް ޤައުމެއް ނޯންނާނެ ކަމަށާއި ސަރުކާރުން ކަންކުރަމުންދަނީ ހިތުހުރިހާ ގޮތަކަށް ކަންކުރުމުގެ އުސޫލުގެ ދަށުން ކަމަށެވެ. ނަމަވެސް މިހާރު އޮތް ޤާނޫން އަސާސީއަކީ ހިތުހުރިހާ ގޮތަކަށް ކަންކުރުމުގެ އުސޫލު ފަހަނައަޅާ ގޮސްފައިވާ ޤާނޫން އަސާސީއެއް ކަމަށާއި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ރައްޔިތުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތައް ވެރިކަން ކުރައްވަން ރައީސް ޔާމީނަށް އެނގިވަޑައި ނުގަތުން ކަމަށެވެ.

"މިއީ ހިތުހުރިހާ ގޮތަކަށް ވެރިކަން ކުރުމުގެ ނިޒާމް ފަހަނައަޅައި ގޮސްފައިވާ ޤާނޫން އަސާސީއެއް. މިހާރު މި ދިމާމެވެގެން މިއުޅެނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސިކުނޑީގައި މިއޮންނަނީ ހިތު ހުރިހާ ގޮތަކަށް ކަންކުރުމުގެ ޒަމާން ފަހަނައަޅާ ހިނގައްޖެއޭ. މިހާރު މިއީ ރައްޔިތުން ކަނޑައަޅާފައިވާ އުސޫލުތަކާ އަސާސްތަކާ އެއްގޮތައް ވެރިކަން ކުރުމުގެ ނިޒާމޭ. އެއަށް މިއުޅެނީ ރައީސް ޔާމީނަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވައިގެން،" ޝާހިދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު