Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަލްޓަން ޕާކުން ފެނުނު ފައިސާ ފޮތިތައް

ސަލްޓަން ޕާކުގެ ފަސްފުނި: ފުރަތަމަ ދުވަހު 96 ފައިސާ ފޮތި ހޯދުނު، ދެވަނަ ދުވަހު މަސައްކަތަށް ދިޔައިރު ފަސްފުނި ނެތް!

ޖުމްލަ 139 ފައިސާ ފޮތި ގައުމީ ދާރުލްއާސާރުގައި އެބައޮތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2023 | ހޯމަ 07:47
ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން

މާލެ ސަލްޓަން ޕާކުގެ ފަސްފުނި ފުރާނައިގެން އެއްދުވަހުން 96 ފައިސާ ފޮތި ހޯދި ކަމަށާއި، ދެވަނަ ދުވަހު އެމަސައްކަތް ކުރަން ދިޔައިރު ފަސްފުނި އެއްކޮށް ގެއްލިފައިވާ ކަމަށް ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޔުމްނާ މިނިސްޓަރުކަމުގައި ހުންނަވަނިކޮށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ލިޔުމުން ހުށަހެޅުއްވި ސުވާލުގެ ޖަވާބު މަޖިލީހުގެ އަމީންއާންމު މަޖިލީހުގައި އިއްވެވީ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައެވެ.

Advertisement - newsAdvertisement

ޔުމްނާ ވިދާޅުވީ ސަލްޓަންޕާކު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ޕާކުގެ ލިލީ މަގަށްވާ ފަޅިން ރިހި ފައިސާ ފޮތިތަކާއި މުށި ސީނުތަށިތަކަކާއި ގުޅިއެއްގެ ބައިތައް ފެނިފައިވާ ކަމަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން މައުލޫމާތު ހިއްސާކުރުމުން ޑިމާޓްމަންޓް އޮފް ހެރިޓޭޖުގެ ޓީމެއް ސަލްޓަންޕާކަށް ގޮސް ބަލައި، ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސްފުނި ފުރާނައިގެން، އެދުވަހުގެ އިރުއޮއްސުމާ ހަމައަށް 96 ފައިސާ ފޮތި ހޯދިފައިވާ ކަމަށެވެ. އަދި އެފަަސްފުނި ފުރާނައިގެން އިތުރު ފައިސާ ފޮތިތަކެއް ފެނިދާނެ ކަމަށް ބަލައި، ޖެހިގެން އައި ދުވަހު އެމަސައްކަތަށް ދިޔައިރު ފަސްފުނި އެއްކޮށް ގެއްލިފައިވާ ކަމަށް އެމަސައްކަތުގައި އުޅުނު މުވައްޒަފުން މައުލޫމާތުދީފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ ސަލްޓަންޕާކުގައި ކުރި މަސައްކަތުގެ ތެރެއިން ފެނިފައިވާ 43 ފައިސާ ފޮތި, 18 އޮކްޓޫބަރު 2017 ގައި މޯލްޑިވްސް ޑިފެންސް ފޯސްގެ ފަރާތުން ހެރިޓޭޖްއާއި ހަވާލުކޮށްފައިވާކަން ރިކޯޑުތަކުން ފެންނަން އޮތް ކަމަށެވެ. އެހެންކަމުން ޖުމްލަ 139 ފައިސާ ފޮތި ގައުމީ ދާރުލްއާސާރުގައި އެބައޮތް ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތުދޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކި ސައިޒުގެ 713 ސީނުތައްޓާއި، ތެޅިފައިވާ ސީނުތަށިތަކެއް ބައިތަކަކާއި، ގުޅިއެއްގެ ބައިތަކަކާއި ލޯ ތާހެއް 19 ޖުލައި 2017 ގައި ގައުމީ ދާރުލް އާސާރަށް ލިބިފައިވާ ކަމަށެވެ.

ޔުމްނާ ވިދާޅުވީ މިތަކެތި ގައުމީ ދާރުލްއާސާރަށް ލިބުމާއެކު އާސާރީތަކެތީގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށެވެ. މިތަކެތި މިވަގުތު ބެހެއްޓިފައިހުރީ އާސާރީތަކެތި ބެހެއްޓުމަށް ޚާއްސަކުރެވިފައިވާ ސްޓޯރޫމްގައި ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަގާފީތަރިކާގެ ގާނޫނު އެގާނޫނާ ގުޅިގެން އާއްމުކޮށްފައިވާ ގަވާއިދުތަކުގައިވާ ގޮތުގެ މަތީން މިތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަމަށް ސަގާފީތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ސަލްޓަން ޕާކު ޔުމްނާ މައުމޫން

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅާނުލާ ތިބެވޭކަށް ނެތް، މިއަދު ކުރިމަތީގައި މިއޮތީ މާސިންގާ ބޮޑު ސްކޭމް ސަރުކާރެއް: އަބްދުﷲ ޝާހިދު

އަޅާނުލާ ތިބެވޭކަށް ނެތް، މިއަދު ކުރިމަތީގައި މިއޮތީ މާސިންގާ ބޮޑު ސްކޭމް ސަރުކާރެއް: އަބްދުﷲ ޝާހިދު

23 ޖޫން 2025
އެމްޑީޕީއަކީ ގައުމެއް ބަދަލުކޮށްލާ، ރައްޔިތަކަށް ހެވެއް ހޯދައިދޭ މުޅި އޭޝީއާ ތެރޭގައި އޮތް ހަމައެކަނި ސިޔާސީ ޕާޓީ - ނަޝީދު

އެމްޑީޕީއަކީ ގައުމެއް ބަދަލުކޮށްލާ، ރައްޔިތަކަށް ހެވެއް ހޯދައިދޭ މުޅި އޭޝީއާ ތެރޭގައި އޮތް ހަމައެކަނި ސިޔާސީ ޕާޓީ - ނަޝީދު

23 ޖޫން 2025
އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

އާސާރީ ބިނާތައް ދަނީ ވީރާނާވަމުން، ޕްރެޒެންޓޭޝަނަކުން ގައުމިއްޔަތު ދިރުވައި އާލާ ނުކުރެވޭނެ: ޔުމްނާ

01 މެއި 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު