Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެސްއެމް ޖޫރިމަނާކުރުން

އުމަރުގެ އަބުރަށް އެރިކަމަށް ބުނެ ޕީއެސްއެމް ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

25 ޖުލައި 2017 | އަންގާރަ 10:22

ޕީއެސްއެމް ޖޫރިމަނާ ކުރީ ޕީޕީއެމްގެ މެންބަރު ފަލާހު ދެއްކެވި ވާހަކައެއް ޓީވީއެމުން ލައިވް ކުރިއިރު އަބުރަށް އެރިފައި ވާތީ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ޖުލައި 2017 | އަންގާރަ 10:22
އުމަރު ނަސީރު: ޕީއެސްއެމްއިން ވަނީ އުމަރުގެ އަބުރަށް އަރައިގަތް ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައި

އުމަރު ނަސީރު: ޕީއެސްއެމްއިން ވަނީ އުމަރުގެ އަބުރަށް އަރައިގަތް ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައި

ޕީޕީއެމުން ބޭއްވި ޖަލްސާއެއް ލައިވް ކުރިއިރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އަބުރާ ބެހުނު ކަމަށް ދައުލަތުގެ ޓީވީ ޗެނަލް ޓީވީ މޯލްޑިވްސް ދެލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އިން ބުނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖްލިސް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ތުހުމަތާ ގުޅިގެން، 4 އެޕްރީލް 2017ވަނަ ދުވަހުގެ ރޭ 21:00 ން 21:23އަށް ޓީ.ވީ.އެމް އިން ލައިވްކޮށް ގެނެސްދިނުމުގައި އުމަރު ނަސީރުގެ މައްޗަށް ތުހުމަތުތަކެއްކޮށް މީހަކު ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ. އެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައިވާކަން ޕަބްލިކް ސަރވިސް މީޑިއާއިންވެސް ބަޔާންކޮށްފައިވާ ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.

ބްރޯޑްކޮމް އިން ބުނީ ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު،4 އެޕްރީލް 2017ގައި ބޭއްވި ޕީޕީއެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، ހ. ދޮންޖޭމުގޭ އުމަރު ނަސީރުގެ އަބުރަށް އަރައިގެން ކަމަށް ބުނާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ޕަބްލިކް ސަރވިސް މީޑިއާއިން އިޢުތިރާފްވެފައިވާތީއާއި، އެކޮންޓެންޓްގެ ދިފާއުގައި ޤާނޫނީ އެއްވެސް ހުއްޖަތެއް އެމީޑިޔާއަށް ދެއްކިފައި ނުވާކަމަށެވެ. އެހެންކަމުން

އެ ކޮންޓެންޓްއަކީ އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ގެ 27 ވަނަ މާއްދާ އަދި ހަވަނަ ބާބު (މީޑިއާ ތަކުގެ ޒިންމާ) ގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ ހަމަތަކާ ޚިލާފުވާ ކޮންޓެންޓެއްކަމަށް ކަނޑައަޅައި، އަދި އެއީ އެ ޤާނޫނުގައި ހުއްދަކުރާ އިންތަކާ ޕަބްލިކް ސަރވިސް މީޑިއާ ޚިލާފްވާ ފުރަތަމަ ފަހަރުކަމަށްވާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް އެ އުސޫލުގެ 10ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ -/200,000ރ. (ދެ ލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ނިންމައި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ޕަބްލިކް ސަރވިސް މީޑިއާއަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމީ ކަމަށް ބްރޯޑްކޮމްއިން ބުންޏެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް