Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަމާނީ ގަޑިބުރު ހުޅުވުން

ގަޑިބުރުފަދައިން ކުރީގެ ހަނދާންތައް އާވާގޮތަށް ބަަދަލުކުރެވެން ހުރި އެހެންތަންތަން ބަދަލުކުރުމުގެ ވިސްނުން ސަރުކާރުގެ އެބަ ހުރި - ރައީސް މުއިއްޒު

ޒަމާނީ ގަޑިބުރަކީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ސީއެސްއާރް ޕްރޮޖެކްޓެއްގެ ދަށުން ޕައިނިއާ މޯލްޑިވްސް އިން ތަރައްގީ ކުރި ބިނާ އެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2023 | އާދީއްތަ 00:23
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

މާލޭގެ ގަޑިބުރު ފަދައިން ކުރީގެ ހަނދާންތައް އާވާގޮތަށް ބަަދަލުކުރެވެން ހުރި އެހެން ދިމާދިމާތައް ބަދަލުކޮށް ނުވަތަ ރީވައިޓަލައިޒްކުރުމާއި އެ ވާހަކަތަކަށް އާރޯކަން ގެނެސް، ހިތްފަސޭހަކަން ގެނައުމަކީ މި ސަރުކާރުގެވެސް ވިސްނުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ މާލޭގައި 1990 ވަނަ އަހަރު ހުރި ގަޑިބުރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްފަހު އަލުން ހުޅުއްވަވާ ދެއްވާ ވާހަކަދައްކަވަމުންނެވެ.

ޒަމާނީ ގަޑިބުރު ފަދަ މާލޭގައިވެސް މިގޮތަށް ހުރި ތަންތަނަށް އާރޯކަން ގެނެސް، ފެހިކަން ގެނެސް، ހިތްގައިމުކަން ގެނައުމަކީ، ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާނެ ކަންކަން ކަމަށާއި ރަށްރަށުގައިވެސް އެކަން ކުރިއަށް ގެންދާނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މެދުވެރިކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގަޑިބުރު ހުޅުވުމުގެ ހަފްލާ އަކީ ވަރަށްބޮޑު އުފަލެއް ލިބިގެންދާ ހަފްލާ އެއް ކަަމަށާއި އެއީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ފާސްކުރިއިރުގައި ކުރަން ނިންމި ކަމެއް ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެ ޕްލޭނުގައި ވާގޮތަށް އެ މަސައްކަތް ފުރިހަމަވެގެން ގޮސް ގަޑިބުރު ހުޅުވިގެން ދިއުމުން އުފާކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ އެ މަސައްކަތުގައި އުޅުއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޒަމާނީ ގަޑިބުރަކީ، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ސީއެސްއާރް ޕްރޮޖެކްޓެއްގެ ދަށުން ޕައިނިއާ މޯލްޑިވްސް އިން ތަރައްގީ ކުރި ބިނާ އެކެވެ. ރައީސް މުއިއްޒު ވިދާޅުވީ ކުރީގައި ގަޑި ބުރު ހުރި ތަނުގައި ހުރި ގަޑި ހުރި ކޮންސެޕްޓްގައި، އެ ޑިޒައިނާ އެއްގޮތްވާ ގޮތަށް އަދި އެހެން ނަމަވެސް، ޒަމާނީ ގޮތެއްވެސް އެއަށް ގެނެސް، ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން އެއަށް ގެނެސްގެން ގަޑިބުރު ހައްދަވައިދެއްވަން އެދިވަޑައިގަންނަވާފައިވާނެ ކަމަށެވެ އަދި ސީ.އެސް.އާރު. މަޝްރޫޢެއްގެ ގޮތުގައި، ކޮމްޕެނީއާއި ސިޓީ ކައުންސިލާ ދޭތެރޭގައި ވެވުނު އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދެވުނުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޒަމާނީ ގާޑިބުރު ތަރައްޤީކުރުމުގެ ބޭނުމަކީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުޑަކުދިންނަށްވެސް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް އެއަށް ގެންދިއުން ކަމަށެވެ.

ރައީސް ވިދާޅުވީ ތާރީޚާއި ޘަޤާފަތު އިޢާދަކުރަން ބަލާއިރުގައި، ކުރީގައި ކުރެވިފައި ހުރި މިފަދަ ކަންތައްތައް އަނބުރާ ގެނައުމަކީ، ދުނިޔޭގެ ތަހުޒީބު އެހެން ޤައުމުތަކުގައިވެސް އެކަން ކުރަމުންދާ ގޮތްކަމަށެެވެ. އެހެންކަމުން ގަޑިބުރުގެ ަމސައްކަތް ކުރީ އެ ވިސްނުމުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އާރޯކަމާއި ދިރުން އަންނަ ކަމަށާއި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް މިކަން ކުރުމަކީ ސަރުކާރުގެވެސް ވިސްނުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ރަށްރަށުގައި ޕާކްހަދައިދިނުމަށް ހިތްގައިމު ތަންތަން ޤާއިމްކޮށްދެއްވާނެ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަކި ކުރުމުގެ މަސައްކަތް ފަށާނަން: ރައީސް ޔާމީން ފެކްޝަން

25 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު