Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާގެ ޙާލަތު

ފަލަސްތީނުގެ ގިނަ މަގުތައް މިހާރު ސިފަވަނީ ގަބުރުސްތާނުތަކެއްގެ ގޮތުގައި

އިސްރާއީލްގެ ރަޙްމްކުޑަ ލާއިންސާނީ އުދުވާން ތަކުގައި ގާތްގަނޑަކަށް 2،700 އެއްހާ މީހުން މިހާތަނަށް ވަނީ ގެއްލިފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 18 ނޮވެމްބަރު 2023 | ހޮނިހިރު 07:13
ފަލަސްތީނުގެ އެތައްސަތޭކަ ބަޔަކުވަނީ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި

ފަލަސްތީނުގެ އެތައްސަތޭކަ ބަޔަކުވަނީ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި އަސްކަރީ ހަމަލާތަކަށް ފަސް ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ވަށާލާފައިވާ ފަލަސްތީނުގެ އެންކްލޭވްގެ ގިނަ މަގުތައް މިހާރު ސިފަވަނީ ގަބުރުސްތާނުތަކެއްގެ ގޮތުގައެވެ. އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި އެތައް ސަތޭކަ ބައެއްގެ ހަށިތައް ވަނީ ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުގައެވެ. އެހަށިތައް ނަގައި ވަޅުލެވޭނެ ފަދަ ހިތްވަރެއް މިހާރަކު ފަލަސްތީނުގެ ރައްޔިތުންގެ ނެތެވެ.

އިސްރާއީލްގެ ރަޙްމްކުޑަ ލާއިންސާނީ އުދުވާން ތަކުގައި ގާތްގަނޑަކަށް 2،700 އެއްހާ މީހުން މިހާތަނަށް ވަނީ ގެއްލިފައެވެ.  ހަލާކުވެފައިވާ އިމާރާތްތައް ކައިރީގައި އެ އާއިލާތަކުން، އެމީހުންގެ ގާތްތިމާގެ މީހުންގެ ހަށިތައް ހޯދުމުގެ އުއްމީދުގައި، އަތްފުނާއަޅަނީއެވެ. އިމާރާތުގެ ބައިތައް ނަގައި ގާކުނޑިތަކުގެ ތެރެއަށް ފީނޭނެ ފަދަ ވަސީލަތްތެއް ނެތެވެ. އެ ނިކަމެތި ރައްޔިތުން ތިބީ ހުސް އަތްތާއެވެ. ރޮއިއާދޭސްކުރަނީ ދީލަތި އެހީތެރިކަމަކަށެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ ޓީމްތައްވެސް އެ ސަރަޙައްދުގައި މަދުންނަމަވެސް ހަރަކާތްތެރިވާތަންވެސް ފެނެއެވެ. ނަމަވެސް ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހަލާކުވަމުންދާ އިމާރާތްތަކުގެ މިންވަރުގެ އިތުރުވުމުގެ ސަބަބުން މަރުވި މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ބުރޫ އަރާފައެވެ. އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން މުޅި އަވަށްތައް، ހާއްސަކޮށް ޣައްޒާގެ އުތުރުގެ އަވަށްތައް ވަނީ ފުނޑުފުނޑުވެ، ސުންނާފަތި ވެފައެވެ. ވަރަށް މަދު އިމާރާތްތެއް ނޫނީ މިހާރު ވަނީ ބިމާ ހަމަކޮށްލާފައެވެ.

އިސްރާއީލުގެ ލޮކްޑައުންގެ ސަބަބުން އެންމެ އަސާސީ ތަކެތި ވެސް ޣައްޒާއަށް އެތެރެކުރުން ވަނީ މަނާވެފައެވެ. ޚާއްޞަކޮށް ތެލުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން މަދަނީ ދިފާއީ އަދި އިމަޖެންސީ ކްރޫންނަށް ބުލްޑޯޒަރު ފަދަ މަސައްކަތް ކުރާ ހެވީ އިކުއިޕްމަންޓްތަކުގެ ބޭނުމެއް މިހާރަކު ނުހިފެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 12،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، މަރުވި މީހުންގެ ތެރޭގައި 1،500 އެއްހާ ކުޑަކުދިން ވެސް ހިމެނެ އެވެ. ނަމަވެސް މަރުވާ މީހުންގެ ހަގީގީ އަދަދު ކަށަވަރު ވެފައި ނުވަނީ ވެއްޓިފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުގައި ގިނައަދަދެއްގެ މީހުން ވަޅުލެވިފައި ވާތީ އެވެ.

އިސްރާއީލުން ޣައްޒާ ބޮޑު ގަބުރުސްތާނަކަށް ބަދަލުކޮށް، ނުހައްގުން ހަމަލާތައް ދީ، އިންސާނީ ވަސީލަތްތައް ހޯދުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅަމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތު ކުރެ އެވެ.

އދ.އާއި ބައިނަލް އަޤުވާމީ އެފަދަ ޖަމާޢަތްތަކުން ވަގުތުން ހަމަލާތައް ހުއްޓާލުމަށް އެތައްފަހަރުވަނީ ތަކުރާރުކޮށް ގޮވާލައިފައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
18 މާރިޗު 2017

ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި

18 މާރިޗު 2017
ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން އެންމެ ގިނައީ ކޮން ގައުމެއްގައި
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
14 ފެބުރުއަރީ 2017

ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް

14 ފެބުރުއަރީ 2017
ނިމިދިޔަ އަހަރު ސަތޭކައަށް ވުރެ ގިނަ ނޫސްވެރިން މަރާލި އަހަރެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު