Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ - ނިޒާމު ނެތް ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލައިފި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2023 | ހޯމަ 06:20
މަޖިލިސް ޖަލްސާގެ ތެރެއިން

މަޖިލިސް ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު އެޖެންޑާ ކޮށްފައި އޮތް ޖަލްސާ ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި، އެ ޖަލްސާގެ ނިޒާމު ނެތްކަމަށް ވިދާޅުވެ ރިޔާސަތުން ޖަލްސާ މެދުކަނޑާލައްވައިފިއެވެ.

މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲއެވެ.

Advertisement - newsAdvertisement

ޖަލްސާގެ ނިޒާމް ގެއްލިފައިވާކަމަށް އީވާ ވިދާޅުވި ނަމަވެސް ނިޒާމް ގެއްލިފައިވާ ކަމަށް ޤަބޫލުކުރައްވާ ސަބަބު ހާމައެއް ނުކުރައްވައެވެ. އަދި ދެން ޖަލްސާ ފެށޭނެ ވަގުތެއް އަންގަވާނީ އީވާ ކަމަށް ވެސް އޭނާ ވަނީ ޖަލްސާ މެދުކަނޑާލުމުގެ ކުރިން ވިދާޅުވެފައެވެ. އީވާ ޖަލްސާ މެދުކަނޑާލެއްވީ މެންބަރުން އިހުތިޖާޖުކުރަމުން ދަނިކޮށެވެ. އީވާ ޖަލްސާ މެދުކަނޑާލެއްވުމުން ވެސް ތަޅުމުގައި މެންބަރުން ގެންދަވަނީ އިހުތިޖާޖުކުރައްވަމުންނެވެ.

ހޯމަ ދުވަހު ހެނދުނު 09:00 އަށް ތާވަލްކޮށްފައި ވަނީ 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓާއި، 2024 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތެވެ. އަދި މެންދުރު 11:00 އަށް އެޖެންޑާކޮށްފައިވާ ޖަލްސާ އަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ. ފުރަތަމަ ބޭއްވި ޖަލްސާ އަށް ކޯރަމް ހަމަނުވުމުންވެސް އީވާ ވަނީ އެ ޖަލްސާ ނިންމަވާ ނުލައްވާ 11:00 އާއި ހިސާބަށް ދިގުދަންމާލައްވާފައެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސް އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސް އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފި

03 ޑިސެމްބަރު 2023
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

28 ނޮވެމްބަރު 2023
މަޖިލީހުގެ ނާއިބުރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ޤަރާރެއް ހުށަހަޅައިފި

މަޖިލީހުގެ ނާއިބުރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ޤަރާރެއް ހުށަހަޅައިފި

13 ނޮވެމްބަރު 2023
"މަޖިލިސް ކުރިއަށްގެންދަން އީވާ ފުރުސަތެއް ނުދެއްވި، ރިޔާސަތުގައި އެހެން ބޭފުޅަކު އިންނަވަން ޖާގައެއް ވެސް ނުދެއްވާ"

"މަޖިލިސް ކުރިއަށްގެންދަން އީވާ ފުރުސަތެއް ނުދެއްވި، ރިޔާސަތުގައި އެހެން ބޭފުޅަކު އިންނަވަން ޖާގައެއް ވެސް ނުދެއްވާ"

13 ނޮވެމްބަރު 2023
މަޖިލީހުގެ ދެވަނަ ޖަލްސާގެ ވަގުތު ޖެހުނުއިރު ވެސް އީވާ ބައްލަވަނީ ކޯރަމް ހަމަވޭތޯ

މަޖިލީހުގެ ދެވަނަ ޖަލްސާގެ ވަގުތު ޖެހުނުއިރު ވެސް އީވާ ބައްލަވަނީ ކޯރަމް ހަމަވޭތޯ

13 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު