Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ މަސައްކަތްތައް

މަޖިލީހުގެ ދެވަނަ ޖަލްސާގެ ވަގުތު ޖެހުނުއިރު ވެސް އީވާ ބައްލަވަނީ ކޯރަމް ހަމަވޭތޯ

ހޯމަ ދުވަހުގެ ފުރަތަމަ ޖަލްސާ 9:00 އަށް ތާވަލްކޮށްފައިވާއިރު ދެވަނަ ޖަލްސާ ތާވަލްކޮށްފައި ވަނީ 11:00 އަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2023 | ހޯމަ 06:04
އީވާ އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް

އީވާ އަބްދުﷲ - ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް

ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓްގެ މަސައްކަތް ތާވަލްކޮށްފައި އޮތް ޖަލްސާގެ ކޯރަމް ހަމަނުވާތީ ޖަލްސާ ކުރިއަށް ނުގެންދެވުނު ނަމަވެސް ޖަލްސާ ނިންމަވާ ނުލައްވާ, އެ ޖަލްސާގެ ކޯރަމް ހަމަވޭތޯ މަސައްކަތް ކުރައްވާނެ ކަަމަށް މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲއެވެ. ޖަލްސާ ފެށުމުގެ ވަގުތު ޖެހުނުއިރު ޖަލްސާގެ ކޯރަމް ހަމައެއްނުވެއެވެ. ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއް ކަމަށް ފާހަގަކުރައްވާ އީވާ ވަނީ ކޯރަމް ހަމަވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ތަފާތު ތިން ފަހަރެއްގެ މަތިން ޖަލްސާގެ ކޯރަމް ހަމަވޭތޯ އީވާ ވަނީ މަސައްކަތްކުރައްވާފައެވެ.

Advertisement - newsAdvertisement

10:45 އާއި ހަމައަށް ވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ނިންމަވާލެއްވުމުގެ ބަދަލުގައި އީވާ ވަނީ އަނެއްކާ ވެސް ކޯރަމް ހަމަވޭތޯ ބައްލަވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެން ޖަލްސާ ބާއްވާނެ ވަގުތެއް ހާމައެއް ނުކުރައްވައެވެ. އީވާ މިގޮތަށް އަމަލުކުރައްވަނީ މަޖިލީހުގައި ބާއްވަން ހަމަޖެހިފައިވާ ދެ ވަނަ ޖަލްސާ އަށް ހުރަސް އަޅުއްވަން ކަަމަށާއި ކޯރަމް ހަމަވޭތޯ ބެއްލެވުމުގައި އަމަލުކުރައްވަނީ ވެސް އާއްމުކޮށް ޢަަމަލުކުރާ އުސޫލާއި ޚިލާފަށް ކަަމަށް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ހޯމަ ދުވަހުގެ ފުރަތަމަ ޖަލްސާ 9:00 އަށް ތާވަލްކޮށްފައިވާއިރު ދެވަނަ ޖަލްސާ ތާވަލްކޮށްފައި ވަނީ 11:00 އަށެވެ. އަދި ދެވަނަ ޖަލްސާއަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައެވެ.

ދެ ބަޖެޓެއް ހުށަހަޅަން ހޯމަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ. އެއީ 2023 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓާއި 2024 ވަނަ އަހަރުގެ ބަޖެޓެވެ. އެހެންނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ވަޑައިގެންނެވެން ނެތްކަން ފިނޭންސް މިނިސްޓަރު ވަނީ މަޖިލީހަށް އަންގަވާފައެވެ. މަޖިލީހަށް ބަޖެޓު ހުށަހަޅާ ޖަލްސާގައި ޤައުމުގެ އިގްތިސާދީ ހާލަތާއި ބަޖެޓުގެ ހުލާސާ ބަޔާނެއް ފިނޭންސް މިނިސްޓްރީން ދެއެވެ.

2024 ވަނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން ސަރުކާރުން މިއަހަރުގެ ބާކީ އޮތް ދުވަސްތަކަށް ޚަރަދުކުރުމަށް ބޭނުންވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓް ހަމަޖެއްސުމަށް މަޖިލީހަށް ފޮނުވާފައިވެއެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކުރައްވާ ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. މީގެ ކުރިން ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް މަޖިލީހުގައި އެޖެންޑާ ކުރީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހަށެވެ. ނަމަވެސް އޭރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވާތީ، އެ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު އަމީރު ވަޑައެއްނުގަންނަވައެވެ. އެ ޖަލްސާ އަށް ވަޑައިނުގަންނަވަން އަމީރު ނިންމެވީ އެޓަރނީ ޖެނެރަލް (އޭޖީ) ގެ ލަފާފުޅާއެކުގައެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސް އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބްރައީސް އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފި

03 ޑިސެމްބަރު 2023
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

28 ނޮވެމްބަރު 2023
މަޖިލީހުގެ ނާއިބުރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ޤަރާރެއް ހުށަހަޅައިފި

މަޖިލީހުގެ ނާއިބުރައީސްގެ މަގާމުން އީވާ ވަކިކުރަން އެމްޑީޕީން ޤަރާރެއް ހުށަހަޅައިފި

13 ނޮވެމްބަރު 2023
"މަޖިލިސް ކުރިއަށްގެންދަން އީވާ ފުރުސަތެއް ނުދެއްވި، ރިޔާސަތުގައި އެހެން ބޭފުޅަކު އިންނަވަން ޖާގައެއް ވެސް ނުދެއްވާ"

"މަޖިލިސް ކުރިއަށްގެންދަން އީވާ ފުރުސަތެއް ނުދެއްވި، ރިޔާސަތުގައި އެހެން ބޭފުޅަކު އިންނަވަން ޖާގައެއް ވެސް ނުދެއްވާ"

13 ނޮވެމްބަރު 2023
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ - ނިޒާމު ނެތް ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލައިފި

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ - ނިޒާމު ނެތް ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލައިފި

13 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު