Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަޑެއް ކިޔައިފިއްޔާ ރެނދެއްލާނެއެވެ.

މިއަދު ޕީއެންސީން ޕީޕީއެމްގެ ވާހަކައެއް ނުދައްކާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 12:27
ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަހީމް، އަދި ކުރީގެ ރައީސް ޔާމީން

ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަހީމް، އަދި ކުރީގެ ރައީސް ޔާމީން

ޕީޕިއެމް/ޕީއެންސީގެ ވެރިކަމަށް ގިނަ ބަޔަކު އިންތިޒާރުކުރީ މިހާރު މި ފެންނަ މަންޒަރުތައް ފެނިދާނެކަމަށް އުއްމީދުކޮށްގެންނެއް ނޫނެވެ. އެއިރުވެސް ބަޔަކު ސިފަކުރަމުންދިޔައީ މިއީ 5 އަހަރުގެ ވެރިކަމަކަށްވުރެ، ވެރިކަމުގެ ބާރާހެދި ބަޔަކު ތޮޅޭނެ 5 އަހަރުގެ ގޮތުގައެވެ. ތެދެކެވެ. މިހާރު މި ފެންނަނީ އެ މަންޒަރެވެ. ޕީޕީއެމް ދެބައިވެއްޖެއެވެ. ޕީޕީއެމްގެ ހިޔާވަހިކަމުން ކުރިފަޅައި، ޕީއެންސީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެއްޖެއެވެ. ތެދުވިގޮތަށް ޕީޕީއެމް ފުނޑާލައިފިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކަން އޮތީވެސް މިހެންނެވެ. ވެރިކަމަކީ ފާޑެއްގެ އެއްޗެކެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަމަށް އިންތިޚާބު ވެވަޑައިގެންނެވުނީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފޮޓޯފުޅު ޖައްސަަވައިގެން ކަމަށާއި، އެ ކަން ހަނދުމަފުޅު ނައްތަވާލައްވައިގެން ނުވާނެކަމަށް ޕީޕީއެމްގެ އިސް ފަރާތްތަކުން މިއަދު އަންނަނީ ބުނަމުންނެވެ.

އެންމެ ބޮޑު ގުރުބާނީއެއް، އެންމެ ބޮޑު އަގެއް، އެންމެ ބުރަ ތަކުލީފު ހަތަރު އަަހަރު ޖަލުގައި ހޭދަކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރިޔާސީ ކެމްޕޭނަށް ނުކުންނެވީ ރައީސް ޔާމީންގެ ފޮޓޯފުޅު ޖައްސަވައިގެންނެވެ. ހެދޭނެ އެންމެ ބޮޑު ގޯހަކީ ޕީޕީއެމް/ޕީއެންސީއަށް ލިބުނު ކާމިޔާބީ ލިބުނު ގޮތް ހަނދާން ނައްތައިލުމެވެ.

ހަނދާންވެސް ނެތޭނެއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ފިިނިކޮޓަރީގައި ބަޔަކު ތިބީމައި ސިކުނޑި ގަނޑުވީކަމަށް ވެދާނެކަމަށް ޕީޕިއެމްގެ އިސް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ޔާމީން ބަންދުގައި އަބަދު ޖަލުގައި އޮންނަވާނެކަމަށް ބަޔަކު ދުއްޓެވެ. ނަމަވެސް އެންމެ ފަހުން ގޭބަންދުން ރަށުބަންދަށް ބަދަލުވެވަޑައިގަތީއެވެ. އޭގެ ފަހުން މި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން، ކުރިން އަޑެއް ކިޔައިފިކަމަށް ބުނި ބުނުމުގައި، މިއަދު ރެނދެއްލާފައި ހުއްޓައި ހަމަލޮލަަށް ފެނިއްޖެއެވެ.

ޕީޕީއެމުން ކެނޑިގެން ގިނަ ބަޔަކު ޕީއެންސީއަށް ދާ ދިއުން ޕީޕީއެމްގެ ލީޑަރަކަށް ހަމަގައިމުވެސް ތަހައްމަލެއް ނުކުރެއްވޭނެއެވެ. އެންމެ ފަހުން ކޯފާ އިސްކުރައްވައި، ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ކަމަށާއި, އެހެންކަމުން ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ސޮއިކުރަން ނުޖެހޭނެކަމަށާއި, ސަބަބަކީ ޕީޕީއެމާއި ޕީއެންސީއަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށް ވިދާޅުވެއްޖެއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ 2024ގެ އިންތިޚާބު ކާމިޔާބުކުރަން ވަރަށް މަސައްކަތްކުރަންޖެހޭ ކަމަށްވެސް ވިދާޅުވެއްޖެއެވެ.

ނަމަވެސް ޕީއެންސީން އޮތީ، ޔާމީން ބަންދުގައި ބާއްވައިގެން ޕީއެންސީގެ މެންބަރުން ނެރެ މަޖިލިސް އިންތިޚާބުވެސް ކާމިޔާބުކުރަން ތައްޔާރަށެވެ. ޔަގީންވާ އެއް ކަމަކީ، ޕީއެންސީން މަޖިލީހުގެ އިންތިޚާބުގައި ޔާމީންގެ ފޮޓޯފުޅު ބޭނުންނުކުރާނެ ކަމެވެ. ދެން ފެންނާނ ޕޯސްޓަރުތަކާއި ބިލްބޯޑުގައި މުއިއްޒުގެ ފޮޓޯއެވެ. ޔާމީނުގެ ސިޔާސީ ތަރި އޮއްސުވާލަން، މުއިއްޒުއާއި އަބްދުއްރަހީމާއި އަދި ޔާމީންގެ އަރިސް ބޭބޭފުޅުން މިހާރު ތިއްބެވީ ފައިންޕުޅު ވިއްދަވައިގެންނެވެ.

މިއަދު އެ މަންޒަރުވެސް ފެނެއެވެ. ޔާމީނަށް ލިބިވަޑައިގެންނެވި ކުޑަ މިނިވަންކަމާއެކު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމުގައި ވެސް، މި ނަންގަތް އެއްވެސް ބޭފުޅަކު ނެތެވެ. އަޅައިވެސް ނުލެއްވިއެވެ. އެތަނަށް ވަޑައިގަންނަވާނެ އިސް ބޭފުޅަކުވެސް ނުވިއެވެ. ކޮންމެއަކަސް، ކުދި ރެނދު ލަމުންގޮސް ބޮޑު ރެނދެއްލާ ދުވަހު ޕީޕިއެމް/ޕީއެންސީން އަރައި އޮތް ބިންގާ ފުނޑުފުނޑުވެ، ވެއްޓޭނެއެވެ.

މިއަދު ފެންނަން އޮތް ހަގީގަތަކީ، މި ގައުމު ދުށް އެންމެ ވަރުގަދަ އެއް ސިޔާސީ ޝަޚުސިއްޔަތަކީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމެވެ. ރައީސް ޔާމީނާ އެއްހަމައެއްގައި ފައިންޕުޅު ސާބިތުކުރައްވަން އަދި 50 އަހަރު ނަގާނެއެވެ. ނަމަވެސް ވެރިކަމުގެ ދަހިވެތިކަމުގައި 50 އަހަރު 50 ސިކުންތަށް ހައްދަވަން ބަޔަކު މިއަދު ތިބީ ފޫގަޅުއްވައިގެންނެވެ. މިއަދު ޕީޕީއެމްގެ ވާހަކައެއްވެސް ނުދައްކަވައެވެ. އެ ބޭބޭފުޅުން ދައްކަވަނީ ޕީއެންސީގެ ވާހަކައެވެ. ޕީއެންސީ ވަރުގަދަކުރާ ވާހަކައެވެ. މުއިއްޒު 10 އަހަރަށް ވެރިކަންކުރައްވާނެ ވާހަކައެވެ.

އެއްކަލަ ދުވަހު މި ވާހަކަ ދެއްކީމައި ޕީޕީއެމް މެންބަރުން ގޮވީ ފިތުނަ އުފައްދަން އުޅެނީކަމަށެވެ. ނަމަވެސް މިއަދު މި ފެންނަނީ އެކަމުގެ ކުލަވަރެވެ. ދެން ފެންނާނީ މަންޒަރެވެ. ވެރިކަމާހެދި މީހަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. މިއީ ދުނިޔަވީ ހަގީގަތެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޑރ. މުހައްމަދު މުއިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު