Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޗައިނާގެ ނައިޓް-ކުލާސްތައް

ޗައިނާގެ ނައިޓް-ކުލާސްތައް އެހާ މަގޫބޫލުވުމުގެ ސިއްރު އެނގޭތަ؟

މިދިޔަ 7 އަހަރުގެ ރެކޯޑަށް ބަލާއިރު، 450،000ށްވުރެ ގިނަ މީހުން ވަނީ ޝަންހާއީ މާސް އާރޓް ސެންޓަރުގެ ނައިޓް-ކުލާސްތަކުގައި ބައިވެރިވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 11:00
ޝަންހާއީ މާސް އާރޓް ސެންޓަރުން ނައިޓް-ކުލާސްތައް ހިންގަންފެށީ 2016 ވަނަ އަހަރު

ޝަންހާއީ މާސް އާރޓް ސެންޓަރުން ނައިޓް-ކުލާސްތައް ހިންގަންފެށީ 2016 ވަނަ އަހަރު

ގައުމެއް ކުރިއަރައި ދިއުމުގެ ފަހަތުގައި އެތައް ސަބަބެއް އޮވެއެވެ. އެއީ އެ ގައުމަކަށް ލިބިފައި އޮތް މާލީ ތަނަވަސްކަމާއި، ގައުމު ހިންގަމުންދާ ވެރިންނާ ހިސާބުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ. ބަވަނަވެފައި އޮތް އަދުގެ ދުނިޔޭގައި، ގައުމެއްގެ މަގާމާއި ހައިސިއްޔަތ ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް ހަގީގަތުގައި އުފުލާ ބަޔަކީ އެ ގައުމެއްގެ ޒުވާނުންނެވެ. ދާނެ ވަކި މިސްރާބެއް، މަންޒިލެއް ނޭނގި ވައިސޫރިއެއްހެން އެނބުރެމުން ދިއުމުގެ ބަދަލުގައި، މުސްތަގުބަލަށްޓަކައި ބިނާކުރަނިވި މަސައްކަތްތަކެއްކޮށް، ރައްކާތެރިކަމުގެ ކަމަރު ބަންނަމުންދާ ޒުވާނުންނެވެ.

އެންމެ ނުފޫޒުގަދަ ގައުމުގެގޮތުގައި މުޅި ދުނިޔެއަށް އަތްގަދަކުރަމުންދާ އެމެރިކާއަށް ސިހުމެއް ގެނެވޭނެ ގައުމަކަށް އޮތީ ޗައިނާއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ޗައިނާގެ ކޮންމެ ފިޔަވަޅަކަށް އެމެރިކާ ފާރަވެރިވެއެވެ. ނަމަވެސް، ތަރައްގީގެ ރޭހުގައި ޗައިނާއިން ހޯދަމުންދާ ކުރިއެރުންތަކާ ގާތަށްވެސް އެމެރިކާއަށް އާދެވިދާނެކަމާމެދު ސުވާލު އުފެދެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުޅިވަރާއި މަޖަލާއި ސަކަރާތުގެ ތެރޭގައި އެމެރިކާގެ ޒުވާން އާބާދީ، ރޭގަނޑުގެ ވަގުތުތައް ހުސްކޮށްލާއިރު، ޗައިނާގެ ޒުވާން އާބާދީ މިސްރާބުޖަހާފައި އޮތީ ދިރިއުޅުން އުޖާލާ ކުރުމަށްޓަކައި އައު ހުނަރުތަކާއި މަސައްކަތްތައް ދަސްކުރުމަށެވެ. ދުވާލުގެ ވަގުތުތައް، ވަޒީފާގެ ބުރަ މައިދާނުގައި ހޭދަކުރުމަށްފަހު، ރޭގަނޑު ހުސްކުރަނީ ޕާރޓްޓައިމް ކުލާސްތަކުގައެވެ.

ޝަންހާއީ މާސް އާރޓް ސެންޓަރުގައި ހިންގާ ނައިޓް-ކުލާސްތަކަކީ، ފެންނަ ފެނުމަށް ވަރަށް މަގުބޫލު ކުލާސްތަކަކަށް އޮތީ ވެފައެވެ. މި އަހަރުގެ ޚަރީފު މޫސުމާ ދިމާކޮށް، އެ ސްކޫލުން ވަނީ 380 ކޯހެއް ހިންގަން ފަށާފައެވެ. 9000ށްވުރެ ގިނަ މީހުން ވަނީ އެ ކޯސްތަކުން ޖާގަ ކަށަވަރުކޮށްފައެވެ. ނައިޓް-ކުލާސްތަކަށް ދާ ދަރިވަރުންގެ އާބާދީއަށް ބަލާއިރު 90 ޕަސެންޓް ހިއްސާކުރަނީ 1980އާ 1990ގެ އަހަރުތަކުގައި އުފަންވި މީހުންނެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ސްކޫލު ހިންގަން ފެށި މައިގަނޑު މަގުސަދަކީ، ތައުލީމީ ފެންވަރަށް ހެޔޮ ބަދަލެއް ގެނައުމެވެ. އެ ރޮނގު އިތުރަށް ފުޅާކުރަމުން ގޮސް، މިއަދު ޗައިނާގައި ހިންގާ ނައިޓް ކުލާސްތަކަކީ ޒުވާނުންނަށް އަމާޒުކޮށްގެން، ސަގާފަތާއި ފަންނުވެރިކަން ދަސްކޮށްދިނުމަށް ހިންގާ ކުލާސްތަކަކަށް ވަނީ ބަދަލުކޮށްފައެވެ.

މި ސެމިސްޓަރަކީ ސްކޫލުގައި ފުރަތަމަ ފަހަރަށް، ހޭންޑްޕޭން ކޯސް ހިންގަން ފެށި ސެމިސްޓަރެވެ. މި ކޯސް ހިމެނުނީ އެންމެ މަގުބޫލު ކޯސްތަކުގެ ތެރޭގައެވެ. ކޯހުގައި ބައިވެރިވާން ފުރުސަތު ހުޅުވާލިތާ އެންމެ 2 މިނެޓުގެ ތެރޭގައި ހުރިހާ ޖާގައެއް ފުރުނެވެ.

އާދަޔާ ޚިލާފު އިންސްޓްރޫމަންޓެއް ކުޅެން، އިންތިހާ ހެޔޮ އަގެއްގައި ދަސްކުރަން ލިބުމަކީ ބައެއް ޒުވާނުން އެ ކޯސް ޚިޔާރުކުރި އެއް ސަބަބެވެ. 12 ފިލާވަޅުގެ މައްޗަށް އެކުލެވޭ ކޯހުގެ ފީއަކީ އެންމެ 500 ޔުއާން ނުވަތަ 70 ވަރަކަށް އެމެރިކާ ޑޮލަރެވެ.

ކޯސްތަކުގެ އަގު ހެޔޮ ވުމަކީ ހަމަ އެކަނި ސަބަބެއް ނޫނެވެ. ނައިޓް-ކުލާހުގައި ހިންގާ ބައެއް ކޯސްތަކަކީ، ޗައިނާގެ އެހެން އެއްވެސް ހިސާބެއްގައި ހިންގާ ކޯސްތަކެއް ނޫނެވެ. ހަމަ އެހެންމެ، ކޯސް ހިންގާ މާހައުލަކީ، ރަހުމަތްތެރިންގެ ލިސްޓު ދިގުކޮށްލަން ބޭނުންވާ ޒުވާނުންނަށްވެސް އޮތް ރަނުގެ ފުރުސަތަކަށް ވުމީވެސް، ނައިޓް-ކުލާސްތައް މަގުބޫލުވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޝަންހާއީ މާސް އާރޓް ސެންޓަރުން ނައިޓް-ކުލާސްތައް ހިންގަންފެށީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މިދިޔަ 7 އަހަރުގެ ރެކޯޑަށް ބަލާއިރު، 450،000ށްވުރެ ގިނަ މީހުން ވަނީ ޝަންހާއީ މާސް އާރޓް ސެންޓަރުގެ ނައިޓް-ކުލާސްތަކުގައި ބައިވެރިވެފައެވެ. ސެންޓަރުގެ ބާނީ، ވޫ ޕެންގްހޮންގް ދަނީ އެހެން މުއައްސަސާތަކުންވެސް އެފަދަ ޕްރޮގްރާމްތައް ހިންގައި، އާންމުންނަށް ޚާއްސަކޮށްގެން ސަގާފަތާ ގުޅޭ ޚިދުމަތްތަކެއް ދިނުމަށް ގޮވާލަމުންނެވެ. އާންމު ގޮތެއްގައި ދުވާލުގެ ވަގުތުތައް، ވަޒީފާގެ މައިދާނުގައި ހޭދަކުރާ، އުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހުންނަށް ޚާއްސަކޮށްގެންނެވެ.

ޝަންހާއީ ސިޓީގެ 16 ޑިސްޓްރިކްޓްއެއްގެ 100އަށްވުރެ ގިނަ މަރުކަޒުގައި މިހާރު ނައިޓް-ކުލާސްތައް ހިންގައެވެ. ސަގާފީ ހުނަރުތަކާއި ފަރުމާކުރުމާއި، މޭކަޕްކުރުމާއި، ކެއްކުމުގެ ހުނަރުފަދަ ފަންނުވެރިކަން ދަސްކޮށްދޭ ކޯސްތައް ހިންގައެވެ.

ޗައިނާގެ ނައިޓް-ކުލާސްތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑަންގަލް: ޗައިނާގެ އެއްވަނަ

ޑަންގަލް: ޗައިނާގެ އެއްވަނަ

04 ޖެނުއަރީ 2018
ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި

ޗައިނާގެ މީހަކު 25 އައިފޯނުން ޕްރޮޕޯސް ކޮށްފި

13 ނޮވެމްބަރު 2017
އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި

އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި

28 އޮކްޓޯބަރު 2017
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

05 ސެޕްޓެމްބަރު 2017
ޗައިނާގެ ފެމިނިސްޓުން "ޑަންގަލް" އަށް ފާޑުކިޔައިފި

ޗައިނާގެ ފެމިނިސްޓުން "ޑަންގަލް" އަށް ފާޑުކިޔައިފި

21 މެއި 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު