Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގު

ތަހުގީގާ މަތިކޮށް، ލީގު ފެށުން ފަސްކޮށްފި

އަލުން ފަށާނީ ނޮވެމްބަރު 7ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2023 | ހޮނިހިރު 08:09
ލީގުގައި ޓީސީއާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރި މެޗެއްގެ ތެރެއިން

ލީގުގައި ޓީސީއާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރި މެޗެއްގެ ތެރެއިން

ފުލުހުން އެފްއޭއެމަށް ވަދެ ހިންގާ ޖިނާއީ މައްސަލަތަކުގެ ތަހުގީގާ މަތިކޮށް, ދިވެހި ޕްރިމިއަރ ލީގު އަލުން ފެށިން ފަސްކޮށްފިއެވެ.

ގައުމީ ޓީމް ބަނގްލޭޝްއާ ދެކޮޅަށް ކުޅެން އޮތް ދެމެޗާއި, މާޒިޔާ އޭއެފްސީކަޕްގައި ކުޅެން އޮތް ދެ މެޗަކަށް ވަގުތު ދިނުމަށް މެދުކަނޑާލި ލީގު ފަށަން ތާވަލްކޮށްފައި އޮތީ މިއަދުއެވެ. ނަމަވެސް މިއަދު ލީގު ނުފަށާނެކަމަށް ކްލަބްތަކަށް އަންގާފައިވާކަމުގެ މައުލޫމާތު ލިބިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ދެންނެވުމުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ ލީގު ފެށުން ފަސްކޮށްފައިވާކަމަށެވެ. ލީގު އަލުން ފަށާނެ ތާރީޚެއް ވިދާޅުނުވެ، އިޝާރާތް ކުރެއްވީ އެއިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނަށެވެ. ފުލުހުން އެފްއޭއެމަށް ވަދެ ޖިނާއީ ތަހުގީގަކަށް އެއިދާރާއިން ބައެއް ސާމާނު ގެންގޮސްފައިވާތީ އެކަމަށް އިޝާރާތްކޮށް ނޫސްބަޔާނުގައި ބުނެފައިވަނީ އެފްއޭއެމް ދުވަހުން ދުވަހަށް ހިންގުމަށް ބޭނުންވާ ބައެއް ސާމާނު ގެންގޮސްފައިވާތީ ހިންގުން ހުއްޓިފައިވާ ކަމަށެވެ. އަދި އަލުން މުބާރާތްތައް ނުފެށޭނެކަމާއި, ކުރިއަށް ހުރި ހަރަކާތްތައްވެސް ނުފެށޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މިއަދު ޖަވާޒު ވިދާޅުވީ އެބަޔާނުގައި ފާހަގަކޮށްފައިވާ ސަބަބުތަކަށްޓަކައި ލީގުވެސް ފެށެން ނެތްކަމަށެވެ.

ފުލުހުން އެފްއޭއެމަށް ވަނީ އެއިދާރާއަށް އެކި ފަރާތްތަކުން ފޮނުވާ ފައިސާ އެ އިދާރާގެ އިސްވެރިންނާއި, އިސްވެރިންނާ ގުޅުން އޮންނަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކުރަމުން ދާކަމުގެ ތުހުމަތުގައެވެ. އަދި އެކަމުގެ ތެރޭގައި ޖިނާއީ ކުށް ކުރަމުން ދާކަމުގެ ތުހުމަތުގައެވެ. ފުލުހުން އެފްއޭއެމަށް ވަދެ ތަހުގީގު ފެށީ ޕީޖީގެ އަމުރަށެވެ.

ފުލުހުން އެފްއޭއެމްއަށް ވަނުމުގެ ކުރިންވެސް އެ އިދާރާއަކީ އެކަށީގެންވާ މިންވަރާ ގާތަށްވެސް ހިންގަމުންދާ އިދާރާއެއް ނޫނެވެ. މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވެއްޖެއެވެ. ގައުމީ ޓީމަށް ގެނައި ކޯޗުންނާއި, ޓެކްނިކަލް އޮފިޝަލުންނަށް މުސާރަ ނުދީގެން އެފައިސާ ދިނުމަށް ފީފާއިން ވަނީ އަންގާފައެވެ. އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމުން ކޯޓު ހުކުމްތައް އައިސްފައި އެބަހުއްޓެވެ. މުބާރާތްތައް ފެށުމަށް ކަނޑައެޅިފައިވާ ތާރީޚުތަކަށް ތަކުރާރުކޮށް ބަދަލު އައިސް، ލަސްވެއެވެ.

ދިވެހި ޕްރިމިއާ ލީގުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
 ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

ފަހު ވަގުތު ޖެހި ގޯލުން ބުރު އަތުން ޓީސީ ޕޮއިންޓެއް ހޯދައިފި

10 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

ވިކްޓްރީ ބަލިކޮށް ވެލެންސިއާ ލީގު ތާވަލުގެ ކުރިއަށް ޖެހިލައިފި

08 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު