Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއީލް ހަނގުރާމަ

"ބައިޑަންއަށް މިތަނުން ކިޔާނެ މަރުޙަބާއެއް ނެތް... ހުރިހާވެސް ބޭނުމަކީ ހާވާ ހަޑި ފިލުވަން، ޢަރަބި ލީޑަރުންގެ ބޭނުން ހިފާލުން"

19 އޮކްޓޯބަރު 2023 | ބުރާސްފަތި 05:47

ހުޅަނގު އައްސޭރީގެ ރަށްވެހިން ބުނި ގޮތުގައި، އެމީހުންގެ ސިޓީތަކުން ބައިޑަންއަށް ކިޔާނެ މަރުޙަބާއެއް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 އޮކްޓޯބަރު 2023 | ބުރާސްފަތި 05:47
ހަމާސްއާއި އިސްރާއިލްގެ ހަނގުރާމައިގެ ތެރެއިން

ހަމާސްއާއި އިސްރާއިލްގެ ހަނގުރާމައިގެ ތެރެއިން

އިންސާނިއްޔަތުކަމުގެ ރޫޙާ ޚިލާފު ޖަރީމާތައް ހިންގުމުގައި، އިޒްރޭލުގެ ޔަހޫދީންނަށް ވުރެ ކުރީގައި ތިބި ބަޔަކު ނެތެވެ. ފަލަސްޠީނުގެ ބިންތަކަށް ގަދަ ބާރުން ވެރިވެގަނެ، މުސްލިމުންގެ ބިންތައް ފޭރެމުން ދާ ދިއުމަކަށް ނިމުމެއް ނެތެވެ. ވަކިން ޚާއްޞަކޮށް، ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ގެންގުޅޭ ރަޙުމެއް ނެތް ސިޔާސަތުތަކަކީ، ޣައިރު މުސްލިމަކުވެސް އެ މަންޒަރު ފެނި ކަރުނަ އަޅާނެ ފަދަ ސިޔާސަތުތަކެކެވެ. އިޒްރޭލުން މި ހުރިހާ ކަމެއް ކުރަމުން ދަނީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމުގެ ގޮތުގައި މުޅި ދުނިޔެއަށް އަތްގަދަ ކުރަމުން ދާ، އެމެރިކާ އައްޑަނައަކަށް ހަދައި، އެ އައްޑަނައިގެ ނިވަލުގައި އޮވެގެންނެވެ. އިޒްރޭލުގެ ވެރިކަމާ ކޮންމެ މީހަކު ޙަވާލުވި ކަމުގައި ވީ ނަމަވެސް، އެކަން އޮންނަނީ އެހެންނެވެ. އެމެރިކާގެ ވެރިކަމާ ކޮންމެ މީހަކު ޙަވާލުވިއަސް، ބަދަލު ނުވާ ކަމަކީ، އިޒްރޭލާއި އެމެރިކާގެ "ބަދަހި" ގުޅުމެވެ.

މި ދުވަސްވަރަކީ ފާއިތުވީ ބައި ޤަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ޣައްޒާ ތަޙައްމަލު ކޮށްފައި ނުވާހާ ގަދައަކަށް، ޔަހޫދީންގެ ޙަމަލާތައް ވަރުގަދަ ކޮށްފައި ވާ ދުވަސްވަރެކެވެ. ޣައްޒާއާ ދެކޮޅަށް ޔަހޫދީން ކުރަމުން ދާ ހަނގުރާމައިގެ ތެރޭގައި މި ދުނިޔެ ދޫކުރި މީހުންގެ ޢަދަދު މިހާރު ވަނީ 4000 އަށް ވުރެ މައްޗަށް އަރާފައެވެ. އޭގެ 4 ބައިކުޅަ 1 ބައި ހިއްސާ ކުރަނީ ކުޑަ ކުދިންނެވެ. އެއީވެސް އިޒްރޭލުން އެ ބުނާ، ޙަމާސް ޖަމާޢަތުގެ ޓެރަރިސްޓުންތޯއެވެ؟ އިންސާނީ ޙައްޤުތަކާއި ކުޑަ ކުދިންގެ ޙައްޤުތަކަށް، އަޑުން އަޑު ނަގައި ހަޅޭއްލަވަމުން ދާ އެމެރިކާއަށް އެ މަންޒަރުތައް ނުފެނިގެން އުޅޭތީ ހައިރާނެއް ނުވެއެވެ. ނަމަވެސް އެއީ ބަދަލު ވާން ޖެހޭ ކަމެކެވެ.

ހޫނު ވެފައި ވާ މަސްރަޙަށް ފިނި ކަމެއް ގެނެސް ދިނުމަކީ މަޤްޞަދު ކަމުގައި ހަދައި ދުނިޔެއަށް ދަޅަ ދެއްކުމަކީ އެމެރިކާގެ ކަށީގައި ހިފާފައިވާ ކަމަކީތާއޭވެސް ބައެއް ފަހަރު ހިތާހިތާ ސުވާލުކޮށްލެވެއެވެ. މިފަހަރުވެސް ވެގެން އުޅެނީ ހަމަ އެފަދަ ގޮތެކެވެ. މަސްރަޙު އިންތިހާއަށް ގޯސްވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހާރު ގެންދަ ވަނީ މެދުއިރުމައްޗަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. މުސްލިމުން އަތުން ފޭރިގަނެ، އިޒްރޭލުގެ ނަމުން ނަން ދީގެން އުޅޭ ތަނަށް ބައިޑެން ވަޑައިގެންފައި ވާ އިރު، ހުޅަނގު އައްސޭރީގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ މޫނު މަތިން ފެނިގެން ދިޔައީ ދެކޮޅުވެރިކަމާއި ހިތްހަމަ ނުޖެހުމުގެ ކުލަވަރުތަކެވެ.

ހުޅަނގު އައްސޭރީގެ ރަށްވެހިން ބުނި ގޮތުގައި، އެމީހުންގެ ސިޓީތަކުން ބައިޑަންއަށް ކިޔާނެ މަރުޙަބާއެއް ނެތެވެ.

2007 ވަނަ އަހަރު ފަލަސްޠީނުގައި ހިންގި ދާޚިލީ ހަމަނުޖެހުންތަކަށް ފަހު ޣައްޒާގެ ކޮންޓްރޯލް ނަގައިގެން އުޅޭ ހަމާސް ޖަމާޢަތުން، އަމިއްލަ ބިމުގެ ދިފާޢުގައި، ޔަހޫދީ ޙިޞާރީ ބާރުތަކާ ދެކޮޅަށް ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، އޮކްޓޯބަރު 7 ވަނަ ދުވަހުން ފަށައިގެން އިޒްރޭލުން ދެމުންދާ ޙަމަލާތައް، ދުވަހަކަށް ވުރެ ދުވަހެއް ދަނީ ވަރުގަދަ ކުރަމުންނެވެ.

ހަނގުރާމަ ދިގުލައި ދަމުން ގޮސް، އޮކްޓޯބަރު 18 ވަނަ ދުވަހަށް އިރު އެރިއިރު މުޅި ދުނިޔެ ސިއްސުވާލީ ގައްޒާގެ ހޮސްޕިޓަލަކަށް އިޒްރޭލުން ޙަމަލާ ދީ، އެތައް ސަތޭކަ ބަޔަކު މަރާލި ޚަބަރުންނެވެ. ހޮސްޕިޓަލުތަކުގެ ބަލި އެނދުގައިވެސް ތިބީ ޓެރަރިސްޓުންތޯއެވެ؟ އެ ޙަމަލާއާ ގުޅިގެން ފަލަސްޠީނުގައި ވަނީ ޤައުމީ ހިތާމައިގެ 3 ދުވަސް ޢިއުލާން ކޮށްފައެވެ. އަދި ޢުރުދުންއިން ވަނީ، ބައިޑަންއާއި، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަދި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އަލް ސީސީއާއެކު ކުރިއަށް ގެންދަން ހަމަޖައްސާފައި އޮތް ސަމިޓްވެސް ކެންސަލް ކޮށްފައެވެ.

ވަކި ޤައުމެއްގެ މަޞްލަޙަތު އޮތް ޤައުމެއްގައި، ވާދަވެރިއަކު ޖަރީމާއެއް ހިންގައިފިނަމަ އިންތިހާ ހަލުވި ދުވެލީގައި ފިޔަވަޅުތަކެއް އަޅައި، އެޅުނުހާ ކަސްތޮޅެއް އަޅުވާ މަންޒަރު މުޅި ދުނިޔެވެސް ދެކެފިއެވެ. ނަމަވެސް، އިންސާފެއް ނެތި ޣައްޒާއަށް އަމާޒު ކުރަމުން ދާ ޢުދުވާންތަކުގައި ދުނިޔޭގެ ބޮޑެތި އިދާރާތަކަށްވެސް ކުރެވުނު ކަމަކާ މެދު ސުވާލު އުފެދެއެވެ.

އިސްލާމީ އެކިއެކި ޤައުމުތަކުން ދަނީ ހޮސްޕިޓަލަށް ދިން ޙަމަލާ ކުށްވެރި ކުރަމުންނެވެ. ސުވާލަކީ، ކުށްވެރި ކުރުމަށް ބަޔާނެއް ނެރުން ފިޔަވާ، ކުރެވޭނެ އިތުރު ކަމެއް ނެތީތޯއެވެ؟ ދުނިޔޭގެ ބޮޑެތި ބާރުތައް، ނިވާފަތްގަނޑަކަށް ހަދައިގެން އެނޫން ޤައުމުތައް ލޫޓުވާ، ހަފުސް ކުރަމުން ދާއިރު ހަމަ ބަލަހައްޓައިގެން ތިބެންވީތޯއެވެ؟

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
12 އެޕްރީލު 2017

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
10 ފެބުރުއަރީ 2017

ނިމުމެއް ނެތް އަޅުވެތިކަން

10 ފެބުރުއަރީ 2017
ނިމުމެއް ނެތް އަޅުވެތިކަން
29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް