Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގާނާގެ ރައީސްގެ އިސްތިއުފާއަށް ގޮވާލުން

އިގުތިސާދީ ކާރިސާއާއެކު ގާނާގެ ރައީސްގެ އިސްތިއުފާއަށް ގޮވާލަނީ

ބޭނުންވަނީ ގައުމު ހިންގޭނެ ރަނގަޅު ލީޑަރެއް ކަމަށް ގާނާގެ އާންމު ރައްޔިތުން ދަނީ ބުނަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2022 | އާދީއްތަ 09:13
ގާނާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ރައީސްގެ އިސްތިއުފާއަށް ރައްޔިތުން ގޮވާލަން ފަށައިފި

ގާނާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ރައީސްގެ އިސްތިއުފާއަށް ރައްޔިތުން ގޮވާލަން ފަށައިފި

ގާނާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ރައީސްގެ އިސްތިއުފާއަށް ރައްޔިތުން ގޮވާލަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު، 1،000ށް ވުރެ ގިނަ މީހުން ވަނީ ގާނާގެ ވެރިރަށް އަކްރާގެ މަގުތަކަށް ނުކުމެ، އެގައުމުގެ ރައީސް ނާނާ އަކޫފޯ-އައްޑޯގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ގައުމަށް ދިމާވެފައިވާ އިގުތިސާދީ ގޮންޖެހުންތަކާ ދެކޮޅަށް ނުކުމެ އަޑުއުފުލި ރައްޔިތުން ވަނީ ރައީސް އިސްތިއުފާދެއްވާފައި ވަޑައިގަންނަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އާއެކު ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކަށް ވެސް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައެވެ.

ގާނާގެ ފައިސާގެ އަގު އިންތިހާއަށް ދައްވެ، އެގައުމުގައި ތެލާ ކާބޯތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

އިގުތިސާދު އަލުން އާރާސްތުކުރުމަށް ގާނާގެ ސަރުކާރުން ދަނީ އައިއެމްއެފް އިން އެތައް ބިލިއަން ޑޮލަރެއްގެ ފަންޑު ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އާންމުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން ފާށާފައި މިވަނީ އިގުތިސާދު ހަމައަކަށް އެޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް އެ ޤައުމުގެ ރައީސް ވިދާޅުވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ފާއިތުވި ސެޕްޓެމްބަރު މަހު ގާނާގެ އިންފްލޭޝަން ވަޏީ 37 އިންސައްތައަށް އުފުލިފައެވެ.

ގާނާގެ ވެރި ރަށުގެ މަގުމައްޗަށް ނުކުމެ އަޑުއުފުލި މީހުން ބުނަނީ ރައީސް ފެއިލްވެފައިވާ ކަމަށެވެ. އަދި ތެލުގެ އަގުތައް ގާނާގެ އާންމުން މަރަމުންދާކަމަށް ސިފަކޮށް ވެސް އަޑު އުފުލަމުންނެވެ.

ބައެއް ރައްޔިތުން ވަނީ ސަރުކާރަށް ލޯނު ނުނިދުމަށް އައިއެމްއެފް އަށް ގޮވާލާ މިހާރު ފުދިއްޖެ ކަމަށްވެސް ބުނަމުންނެވެ.

މީގެ އިތުރުން ގާނާގައި ތެޔޮ އެބަހުރިކަމަށާއި، ރަނާ، ޖަވާހިރު އަދި މެގްނީޒިއަމްވެސް ގައުމުގައި އެބަހުރި ކަމަށާއި ބޭނުންވަނީ ގައުމު ހިންގޭނެ ރަނގަޅު ލީޑަރެއް ކަމަށް ގާނާގެ އާންމު ރައްޔިތުން ދަނީ ބުނަމުންނެވެ.

ގާނާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މިއީ އަދި ތި ހީކުރާ ކަހަލަ ފަރުދާއެއް ނޫން!

މިއީ އަދި ތި ހީކުރާ ކަހަލަ ފަރުދާއެއް ނޫން!

11 އޮކްޓޯބަރު 2023
ޕާޓޭ ހިމާޔަތްކުރަން އާސެނަލްގެ ފިޒިއޯ ގާނާއަށް ފޮނުވައިފި

ޕާޓޭ ހިމާޔަތްކުރަން އާސެނަލްގެ ފިޒިއޯ ގާނާއަށް ފޮނުވައިފި

23 މާރިޗު 2023
ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

15 މާރިޗު 2023

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު