Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ ދުވަސް 2023

ކަނޑު ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަފްތާއެއް ބާއްވަނީ

ޕްރޮގްރާމް ފެށުމަށްހަމަޖެހިފައިވަނީ މާލޭ ނޯތު ހާބަރުގައި 8 ސެޕްޓެމްބަރު 2023 ވަނަ ދުވަހު

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2023 | ހުކުރު 14:57
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ ދުވަސް 2023 ފާހަގަ ކުރުމަށް ޚާއްސަ ހަފްތާއެއް ބޭއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ދުނިޔޭގެ ބައިނަލްއަޤަވާމީ ކަނޑު ދަތުރުފަތުރާ ގުޅޭ ދުވަސް ދިވެހިރާއްޖޭގައި މިއަހަރު ފާހަގަ ކުރުމަށްޓަކައި ރާވާފައިވާ ޕްރޮގްރާމް މި ފެށޭ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ހަފްތާ ނިމެންދެން ކުރިޔަށް ގެންދާގޮތަށް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން މި އަހަރުގެ ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާގުޅޭ ޝިއާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ކަނޑައަޅާފައިވަނީ ' މާޕޯލް އެޓް 50 – އަވަރ ކޮމިޓްމެންޓް ގޯސް އޮން' އެވެ.

ދިވެހިރާއްޖޭގައި މިދުވަސް ފާހަގަ ކުރުމަށްޓަކައި ރާވާފައިވާ ޕްރޮގްރާމް ފެށުމަށްހަމަޖެހިފައިވަނީ މާލޭ ނޯތު ހާބަރުގައި 8 ސެޕްޓެމްބަރު 2023 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ތެރެއިން ކުރިޔަށް ގެންދާ ކަންކަމުގެ ތެރޭގައި މާލޭ ނޯތުހާބަރަށް އަންނަ މުދާ އުފުލާ އުޅަނދުފަހަރުގައި ހުރުން ލާޒިމްވާ ސަލާމަތާ ރައްކާތެރިކަމާއި ގުޅޭކަންކަން އުޅަނދުފަހަރުގައި ފުރިހަމަ ކުރެވިފައި ހުރިކަން ޔަގީންކޮށް ބެލުން ހިމެނެއެވެ. އަދި އުޅަނދުތައް ޗެކްކޮށް އެ އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދެވޭ މަޢުލޫމާތު ތަކުގެ ތެރޭގައި 19 މެއި 2023 ގައި އަމަލުކުރަން ފެށި "ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާއި ގުޅޭ ގަވާއިދު" ގައި ހިމެނޭ ކަންކަން ހިމެނޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މުދާ އުފުލާނަމަ އެ އުޅަނދަށް މުދާ އެރުވިކަމުގެ ލިޔުން ދޭންޖެހޭއިރު އެ އެ ލިޔުމުގެ ސާމްޕަލް ފޮތްތަކެއް އުޅަނދުފަހަރަށް ދޫކޮށް މި މައުލޫމާތު ދޭންޖެހޭކަން އަންގާ އެކަމަށް އުޅަނދުފަހަރުގެ ކެޕްޓަނުން އަހުލުވެރިކުރުވުމާއި، އުޅަނދުފަހަރަށް އަރުވާ މުދަލާއި އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި އިންޝޫރަންސް އިން އަދާކުރާ ދައުރު ބުނެދިނުމަށްޓަކައި އަމާނާ ތަކަފުލްއިން އިންޝޫރަންގެ ބޭނުންތެރިކަމާއި، އިންޝޫރަންސް ނެގުމުގައި ގެންގުޅެންޖެހޭ ގޮތްތައް ބުނެދީ މިކަމަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި ހަމައެހެންމެ ސަލާމަތާގުޅޭ މައުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ކަމާބެހޭ ބޭފުޅުން ނޯތުހާބަރުގައި ދެމުން ގެންދާނެއެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި އޮޕަރޭޓްކުރާ ދަގަނޑު އުޅަނދުފަހަރުން މުދާ އުފުލުމުގައި ގެންގުޅެން ލާޒިމްވެފައިވާ މާޕޯލް ކޮންވެންޝަންގެ 6ވަނަ އެނެކްސްގައި ހިމެނޭ ކަންތައްތަކަށް ބަލާލައިގެން އެ އުޅަނދުފަހަރުގެ ވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ތެޔޮ އުފުލާ އުޅަނދުފަހަރަށް ލާޒިމްވެފައިވާ ކަންކަން ބުނެދިނުން ހިމެނެއެވެ.

މެރިޓައިމް ހަފްތާ ނިންމުގެ ގޮތުން މާލޭ ނޯތު ހާބަރު އަދި ހުޅުމާލެ ހާބަރު ސަރަހައްދުގައި 14 އޮކްޓޫބަރު ވަނަ ދުވަހު ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދެވޭނެއެވެ. މި ޕްރޮގްރާމަކީ ކޯސްޓްގާޑާއި، އާބަންކޯއާއި، އަމާނާތަކަފުލްއާއި، މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަންއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ކަމާބެހޭ ބޭފުޅުން ގުޅިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގުރާމެކެވެ.

ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓުއިން ވަނީ މި ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރާކަން ހާމަކޮށް، މި ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށްޓަކައި ކޮންމެ އަހަރަކުވެސް އެ ކުންފުންޏެއްގެ ނުވަތަ އެ މުވައްސަސާއެއްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްތަކުން މެރިޓައިމް ހަފްތާގައި ޚާއްސަ ހަރަކާތްތަކެއް ހިންގަވައި ދެއްވައި މި ސިނާތުގައި ހިމެނޭ މަސައްކަތްތެރިން އެ ކުރައްވާ ބުރަ އަދި މިންނެތް މަސައްކަތް ބަލައިގަނެ ހިއްވަރު ދެއްވުމަށް އެ ކުންފުނިތަކާއި، މުއައްސަސާތަކުން ކަންކަންރާވައި ކުރިޔަށްގެންދިއުމަށް އެދިލައްވާކަން ހާމަކުރައްވާފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު