Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިޚާބު

ރައީސް ސާލިހު ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް: ހަބީބު

މިއީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ބިރުދެއްކުމެއް ނެތި، އަމާންކަމާއެކު ބޭއްވުނު އިންތިޚާބެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2023 | ބުދަ 16:33
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް، އިސްމާއީލް ހަބީބު

އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް، އިސްމާއީލް ހަބީބު

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއްކަމަށް، އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނުނަމަވެސް، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވައި، އެކަން އިއުލާން ކޮށްދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާފައެވެ. އަދި މިއީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ބިރުދެއްކުމެއް ނެތި، އަމާންކަމާއެކު ބޭއްވުނު އިންތިޚާބެއް ކަމަށްވެސް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، މީގެކުރިން ބޭއްވުނު ބައެއް އިންތިޚާބުތަކުގައި އެ އިންތިޚާބެއް ކާމިޔާބު ނުވުމުން ބައެއް ކަހަލަ ތުހުމަތުތައް އީސީއަށް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިފަހަރު އެފަދަ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށެވެ.

ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެކޭ އެއްފަދައިން، ދެވަނަ ބުރުގައި ބާތިލް ވޯޓް ގިނަކަމަށާއި، ބާތިލް ވޯޓް ގިނަވެފައިވާ ބައެއް ގޮތްތަކަށް ބަލާއިރު، ވޯޓް ކަރުދާހުގައި ބާތިލްވާ ސަބަބުތައް ގިނަކަމަށެވެ. އެގޮތުން ކުރެހުމާއި ލިޔުން ފަދަ ކަންތައްތައް ކޮށްފައި ވާކަމަށާއި، ފަވާފައި ހުރި ބައެއް ވޯޓްތައްވެސް ބާތިލްވެފައި ވާކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެކަންތައްތައް ދިރާސާ ކުރަންޖެހޭ ކަމަށާއި، ދިރާސާ ކުރައްވާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އަދި ވޯޓް ކަރުދާސްތައް ނައްތާލުމުގެ ކުރިން ދިރާސާއަށް ބާތިލް ވޯޓުގެ ކޮންމެވެސް މިންވަރެއް ބޭނުންކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ވަރަށް ގިނަ ބައެއްގެ ތެދުވެރި، އިޚްލާސްތެރި ބުރަ މަސައްކަތުން ނިންމާލެވުނު މަސައްކަތެއް ކަމަށާއި، މިއީ މިހާތަނަށް އީސީން ބޭއްވި އެންމެ ފުރިހަމަ އިންތިޚާބު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންއިސްމާއީލް ހަބީބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު